Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސިފައިންގެ ޚިދުމަތް

އަސްކަރީ ޑްރޯންތަކާއާއެކު، ޒަމާނީ އަސްކަރީ ވަސީލަތްތައް ހޯދުމުގެ މަސައްކަތް ސިފައިން ފަށައިފި

އެގޮތުން އަންގާރަ ދުވަހު އެ ވުޒާރާއިން ނެރުނު ބަޔާނުގައި، އެކަން ފާހަގަކޮށްފައިވަނީ އަސްކަރިއްޔާއަށް ހޯދާ ވަސީލަތްތަކުގެ މައުލޫމާތު ނުހިމަނާ

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ | 17 ޖެނުއަރީ 2024 | ބުދަ 02:01
ދިވެހި ސިފައިންގެ ޚިދުމަތް

ދިވެހި ސިފައިންގެ ޚިދުމަތް

ދިވެހި ސިފައިންގެ އަސްކަރީ އަދި މަދަނީ ދިފާއީ ދައުރު އަދާކުރުމަށް ބޭނުންވާ އަސްކަރީ ޒަމާނީ ވަސީލަތްތަކެއް ހޯދުމުގެ މަސައްކަތް، ދިފާއީ ވުޒާރާއިން ފަށައިފިއެވެ.

ދިފާއީ ވުޒާރާއިން އަންގާރަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ގާނޫނު އަސާސީ އާއި، ދިވެހި ދައުލަތް ހިމާޔަތްކުރުމުގެ އިތުރުން، ދިވެހި ރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދު ދިފާއުކޮށް ރައްކާތެރިކަމާއެކު ބަލަހައްޓައި، ދިވެހި ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމުގެ މަސްއޫލިއްޔަތު މަތިކޮށްފައިވަނީ ދިވެހި ސިފައިންނަށް ކަމަށެވެ.

އަދި ދިވެހި ދައުލަތުން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާއި އެއްބަސްވުންތަކުގެ ދަށުން ރާއްޖޭގެ މަސްކަނޑު ޙިމާޔަތްކޮށް ބެލެހެއްޓުމާއި، ރާއްޖޭގެ ސަރަހައްދުގައި ހިނގާފާނެ ޓްރެފިކިން އަދި މެރިޓައިމް ޓެރަރިޒަމް ފަދަ "ޓްރާންސްނޭޝަނަލަ އޯގަނައިޒްޑް ކްރައިމްސް" ތައް ހުއްޓުވުމަކީ ވެސް ސިފައިންގެ މަސްއޫލިއްޔަތެއް ކަމަށެވެ.

އެހެންކަމުން އެ ވާޖިބު އަދާކުރުމުގެ ގާބިލުކަން ހުރި، ޒަމާނީ އަސްކަރިއްޔާއަކަށް ދިވެހި ސިފައިންގެ ޚިދުމަތް ހެދުމުގެ ގޮތުން، ކަނޑާއި، ވައިގެ ޒަމާނީ ޕްލެޓްފޯމުތަކާއި އަދި ވަސީލަތްތައް ދިވެހި ސިފައިންނަށް ހޯދުމުގެ މަސައްކަތް ދިފާއީ ވުޒާރާއިން ކުރަމުންދާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

ދިފާއީ ވުޒާރައިން މިފަދަ ބަޔާނެއް ނެރެފައިވަނީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓައި، މީހުން ހޯދަން ހިންގާ އޮޕަރޭޝަންތަކުގައި ބޭނުން ކުރުމަށް ދެ ބާވަތެއްގެ ޑްރޯން ގެނައުމުގެ މަސައްކަތް އެ އިދާރާއިން ކުރަމުންދާ ކަމަށް ބުނެ، މީސްމީޑިޔާ އަދި ރާއްޖޭގެ ބައެއް ނޫސްތަކުގައި ޝާއިއުކުރި ޙަބަރުތަކާ ގުޅިގެންނެވެ. އެކަން ދިފާއީ ވުޒާރާއިން ދޮގުކޮށްފައިނުވާއިރު، އަންގާރަ ދުވަހު އެ ވުޒާރާއިން ނެރުނު ބަޔާނުގައި، އެކަން ފާހަގަކޮށްފައިވަނީ އަސްކަރިއްޔާއަށް ހޯދާ ވަސީލަތްތަކުގެ މައުލޫމާތު ނުހިމަނައެވެ.

އެހެން ނަމަވެސް މީސްމީޑިޔާގައި ދައުރުވާ ޚަބަރުތަކުން އިނގޭ ގޮތުން، ސިފައިންގެ ޚިދުމަތަށް ހޯދަމުންދާ ޑްރޯންތައް ގަތުމަށް، ތުރުކީއާއެކު ސަރުކާރުން ވަނީ 560 މިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވެފައެވެ. އެ އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ދެ ބާވަތެއްގެ ޑްރޯން ގެނައުމުގެ މަސައްކަތް ދިފާއީ ވުޒާރާއިން ކުރަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.

މިފަހުން ރައީސް ޑރ. މުޙައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ އެނބުރި ވަޑައިގެންނެވި ދުވަހު ވެސް ތަފްސީލީ މައޫލޫމާތެއް ނުދެއްވައި އެކަމަށް އިޝާރަތްކުރެއްވިއެވެ. އެގޮތުން ރައީސް އެދުވަހު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދީ ސަރަހައްދު އަދި ކަނޑުގެ ސަރަހައްދު އަބަދު ވެސް ބެލެހެއްޓުމުގެ ފެންވަރަށް، ސިފައިންގެ އަމިއްލަ ބާރުވެރިކަން އިތުރުކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށެވެ.

އެހެން ނަމަވެސް އެ ދުވަހު އޭގެ އިތުރު ތަފްސީލެއް ރައީސް މުއިއްޒު ދެއްވާފައި ނުވާއިރު، އެފަދަ ވާހަކަތަކެއް ދިފާއީ ވުޒާރާއިން ވެސް އޭރު ހާމަކޮށްފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

19 މެއި 2017

ކޮޅުވެއްޓި ހޯދުމުގެ އޮޕަރޭޝަންގައި، އޮޔާދާ ލަކުޑިތަކަކާއި ތެޔޮގަނޑެއް ފެނިއްޖެ: އެމްއެންޑީއެފް

19 މެއި 2017
ކޮޅުވެއްޓި ހޯދުމުގެ އޮޕަރޭޝަންގައި، އޮޔާދާ ލަކުޑިތަކަކާއި ތެޔޮގަނޑެއް ފެނިއްޖެ: އެމްއެންޑީއެފް
17 މެއި 2017

އިންޖީނުގެތައް ޒަމާނީ ފެންވަރަށް ބަދަލު ކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ތޯރިގް

17 މެއި 2017
އިންޖީނުގެތައް ޒަމާނީ ފެންވަރަށް ބަދަލު ކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ތޯރިގް
14 މެއި 2017

އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް އެއާރޕޯޓް ކުންފުންޏާއި ފުލުހުން އެއްބަސްވުމެއްގައި ސޮއިކޮށްފި

14 މެއި 2017
އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް އެއާރޕޯޓް ކުންފުންޏާއި ފުލުހުން އެއްބަސްވުމެއްގައި ސޮއިކޮށްފި
23 މާރިޗު 2017

އަލަށް ޓެކްސީ ހުއްދަ ހޯދުމުގެ ފުރުސަތު މުއްދަތެއް ނެތްގޮތަށް އިތުރުކޮށްފި

23 މާރިޗު 2017
އަލަށް ޓެކްސީ ހުއްދަ ހޯދުމުގެ ފުރުސަތު މުއްދަތެއް ނެތްގޮތަށް އިތުރުކޮށްފި
10 މާރިޗު 2017

ސައުދީ އަރަބިއްޔާގެ އަސްކަރީ މަނަވަރެއް މާލެ ކައިރީ!

10 މާރިޗު 2017
ސައުދީ އަރަބިއްޔާގެ އަސްކަރީ މަނަވަރެއް މާލެ ކައިރީ!
08 މާރިޗު 2017

ރައްޔިތުންގެ މަތިން ހަނދާންކުރާ މަޖިލީހެއް ހޯދުމުގެ ފުރުސަތު އެބަ އޮތް: ފާރިސް

08 މާރިޗު 2017
ރައްޔިތުންގެ މަތިން ހަނދާންކުރާ މަޖިލީހެއް ހޯދުމުގެ ފުރުސަތު އެބަ އޮތް: ފާރިސް
07 މާރިޗު 2017

ދީނީ އޮޅުންތައް ސާފުކުރެވޭނެ ވަސީލަތްތައް ރައީސް ޔާމީން ވަނީ ވަރުގަދަކޮށްދެއްވާފައި: ހޯމް މިނިސްޓަރު

07 މާރިޗު 2017
ދީނީ އޮޅުންތައް ސާފުކުރެވޭނެ ވަސީލަތްތައް ރައީސް ޔާމީން ވަނީ ވަރުގަދަކޮށްދެއްވާފައި: ހޯމް މިނިސްޓަރު
06 މާރިޗު 2017

ސައުދީން ބޭނުންވަނީ ރާއްޖޭގައި އަސްކަރީ މަރުކަޒެއް ގާއިމްކުރަން: ރައީސް ނަޝީދު

06 މާރިޗު 2017
ސައުދީން ބޭނުންވަނީ ރާއްޖޭގައި އަސްކަރީ މަރުކަޒެއް ގާއިމްކުރަން: ރައީސް ނަޝީދު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު