Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ އެވޯޑު

ފީފާ އެވޯޑާއެކު މެސީ އަށް ޚާއްސަ ޝަރަފެއް!

އެވޯޑު ތިން ފަހަރު ހޯދި ހަމައެކަނި ކުޅުންތެރިޔާ، މެދު ކެނޑުމެެއް ނެތި ފިފްޕްރޯ ގައި ހިމެނުނުތާ 17 ވަނަ ފަހަރު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 ޖެނުއަރީ 2024 | ބުދަ 01:57
މިދިޔަ އަހަރުގެ ފީފާ ބެސްޓް އެވޯޑާއެކު މެސީ

މިދިޔަ އަހަރުގެ ފީފާ ބެސްޓް އެވޯޑާއެކު މެސީ

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން ހޮވާ އަހަރުގެ މޮޅު ކުޅުންތެރިޔާ އަށް ދޭ، "ދަ ބެސްޓް" އެވޯޑާއެކު އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އަށް ޚާއްސަ ޝަރަފެއް ލިބިއްޖެ އެވެ.

ހޯމަ ދުވަހުގެ ރޭޭ އޮތް އެވޯޑު ހަފުލާގައި މެސީ އެވޯޑު ހޯދީ، މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ ނޯވޭގެ ފޯވާޑް އާލިން ހާލަންޑް އަދި ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ ފްރާންސްގެ ކީލިއަން އެމްބާޕޭއާ ވާދަކޮށެވެ. މެސީ އާއި ހާލަންޑާ ޕޮއިންޓުގެ ގޮތުން އެއްވަރުވެފައިވާއިރު، މެސީ ކުރި ހޯދީ ޤައުމީ ޓީމުތަކުގެ ކެޕްޓަނުން އެވޯޑުގެ އެއް ވަނަ އަށް ދިން ވޯޓުންނެވެ.

މިއީ މެސީ މި އެވޯޑު ހޯދި ތިން ވަނަ ފަހަރެވެ. މީގެ ކުރިން އޭނާ ވަނީ 2019 ވަނަ އަހަރު އަދި 2022 ވަނަ އަހަރު ވެސް މި އެވޯޑު ހޯދައިފަ އެވެ. މެސީ އަކީ، ތިން ފަހަރު މި އެވޯޑު ހޯދި ހަމައެކަނި ކުޅުންތެރިޔާ އެވެ. ފޯމެޓަށް ބަދަލު ގެނެސް، މިހާރު އޮންނަ ފޯމެޓަށް ފީފާ އިން އެވޯޑު ދޭން ފެށީ 2016 ވަނަ އަހަރު އެވެ.

މީގެ އިތުރުން މެސީ ވަނީ، އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ވެސް ހިމެނިފަ އެވެ. މިއީ އެންމެ މޮޅު ކުޅުންތެރިން ހިމަނައިގެން ހޮވާ، ފިފްޕްރޯ ޓީމުގައި، މެދު ކެނޑުމެއް ނެތި މެސީ ހިމެނުނު 17 ވަނަ ފަހަރެވެ. މެސީ، އެންމެ ފުރަތަމަ އެ ޓީމުގައި ހިމެނުނީ 2007 ވަނަ އަހަރު އެވެ. އޭގެ ފަހުން، ކޮންމެ އަހަރަކު ވެސް މެސީ އަންނަނީ އެ ޓީމުގައި ހިމެނެމުންނެވެ.

އެމެރިކާގެ އިންޓަ މިއާމީ އަށް ކުޅެމުން އަންނަ މެސީ އަށް އެވޯޑު ލިބުނު ނަމަވެސް، އެވޯޑު ހަފުލާގައި އޭނާ ބައިވެރިވެފައެއް ނުވެ އެވެ. މިވަގުތު މެސީ އަންނަނީ އިންޓަ މިއާމީ އާއެކު އައު ސީޒަނަށް ތައްޔާރުވަމުންނެވެ.

އިތުރަށް ކިޔާލަން

18 އެޕްރީލު 2017

"ބީއެމްއެލް ވާއޮ ކިޑްސް ރަން" ގެ ނަމުގައި ކުޑަކުދިންނަށް ޚާއްސަ ދުވުމެއް ބާއްވަނީ

18 އެޕްރީލު 2017
"ބީއެމްއެލް ވާއޮ ކިޑްސް ރަން" ގެ ނަމުގައި ކުޑަކުދިންނަށް ޚާއްސަ ދުވުމެއް ބާއްވަނީ
06 އެޕްރީލު 2017

ފީފާ ވޯލްޑް ރޭންކިން:ރާއްޖެ އަށް ބޮޑު ވެއްޓުމެއް، އިންޑިއާ އަށް 31 ދަރަޖައިގެ ކުރިއެރުމެއް

06 އެޕްރީލު 2017
ފީފާ ވޯލްޑް ރޭންކިން:ރާއްޖެ އަށް ބޮޑު ވެއްޓުމެއް، އިންޑިއާ އަށް 31 ދަރަޖައިގެ ކުރިއެރުމެއް
05 އެޕްރީލު 2017

ފާޑުކިއުންތަކަށް ސަމާލުކަމެށް ނުދެން: މެސީ

05 އެޕްރީލު 2017
ފާޑުކިއުންތަކަށް ސަމާލުކަމެށް ނުދެން: މެސީ
03 އެޕްރީލު 2017

ސުނިލް ޗެތްރީއަކީ މެސީއެއް ނޫން، މޮޅުވެވޭނީ އެންމެން އެކުގައި ކުރާ މަސައްކަތުން: ރޯކާ

03 އެޕްރީލު 2017
ސުނިލް ޗެތްރީއަކީ މެސީއެއް ނޫން، މޮޅުވެވޭނީ އެންމެން އެކުގައި ކުރާ މަސައްކަތުން: ރޯކާ
29 މާރިޗު 2017

ލައިންސްމަނާ ބޭއަދަބީ ބަހުން މުހާތަބު ކުރުމުން މެސީ ސަސްޕެންޑްކޮށްފި

29 މާރިޗު 2017
ލައިންސްމަނާ ބޭއަދަބީ ބަހުން މުހާތަބު ކުރުމުން މެސީ ސަސްޕެންޑްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު