Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުދިން ފޮސްޓަރ ކުރަން ހުޅުވާލުން

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން ފޮސްޓާ ކުރުމުގެ ފުރުސަތު ހުޅުވާލައިފި

ދައުލަތުގެ ބެލުމުގެ ދަށުގައި މިހާރުވެސް 164 ކުދިން އެބަތިބި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 16 ޖެނުއަރީ 2024 | އަންގާރަ 00:36
ކުޑަކުދިންތައް  އާއިލާއާއި  އެކު  ވަގުތު  ހޭދަކޮށްލަނީ

ކުޑަކުދިންތައް އާއިލާއާއި އެކު ވަގުތު ހޭދަކޮށްލަނީ

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން ފޮސްޓަރ ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމަންޓް އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން ވަގުތީ ގޮތުން ފޯސްޓާ ކުރުމަށް ބޭނުންވާ މީހުންނަށް އެފުރުސަތު މިހާރު ހުޅުވާލާފައިވާކަމަށެވެ. އެކަމަށް ޝައުގުވެރިވާ މީހުން މިކަމަށް އެދި 1433 އަށް ގުޅައި، ނަން ނޯޓު ކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

Advertisement - newsAdvertisement

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން އާއިލާއެއްގެ ތެރޭގައި ބޮޑުކުރުމަށްޓަކައި އާއިލާއަކާ ހަވާލުކޮށްގެން ނުވަތަ ފޮސްޓާކޮށްގެން ބެލުމުގެ ޕްރޮގްރާމު "ކޮންމެ ކުއްޖަކަށް އާއިލާއެއް"ގެ ނަމުގައި ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ޕޮރަގްރާމް ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެންބަރު 10 ވަނަ ދުވަހު އެވެ. ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިންނަށް ”ކޮންމެ ކުއްޖަކަށް އާއިލާއެއް“ ޕްރޮގްރާމު އެކުލަވާލުމަކީ މިސަރުކާރުގެ ހަފްތާ 14ގައި ހިމެނޭ ކަމެކެވެ. ދައުލަތުގެ ބެލުމުގެ ދަށުގައި ހުޅުމާލެ އާއި އަތޮޅުތެރޭގައި މިހާރުވެސް 164 ކުދިން އެބަތިއްބެވެ.

"ކޮންމެ ކުއްޖަކަށް އާއިލާއެއް" މި ޕްރޮގްރާމުގެ މަގުސަދަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން ބަލަން ބޭނުންވާ އާއިލާތަކަށް ދިގު މުއްދަތަކަށް ނުވަތަ ދާއިމީ ގޮތުން އެކުއްޖާގެ ބެލެނިވެރިކަން ހަވާލުކުރުމެވެ. ވަގުތީގޮތުން ކުއްޖާ ބެލުމާ ހަވާލުވާނަމަ ހަވާލުވާނީ ދެ އަހަރަށެވެ. މިކަމާއި ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިޔަށް އޮތް ދުވަސްތަކުގައި މާލެ އާއި ވިލިމާލެ ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގައި ކުރިޔަށް ގެންދާނެކަމަށް މިނިސްޓްރީން ކުރިން ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
23 ޖެނުއަރީ 2017

ވެތިވެދިޔަ އަހަރު ޘާނަވީ އިމްތިހާނުން %79 ކުދިން ވަނީ ފާސްވެފައި

23 ޖެނުއަރީ 2017
ވެތިވެދިޔަ އަހަރު ޘާނަވީ އިމްތިހާނުން  %79 ކުދިން ވަނީ ފާސްވެފައި
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު