Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ފިޔަވަތީގެ ފުރާޅުގައި ކުދިންއެރުން

ފިޔަވަތީގެ ފުރާޅުގައި ކުދިން ދޮޅު ގަޑި އިރު - ނުބީހެންޏާ ކަނޑާ ހަމަ؟

މިދިޔަ ހަފްތާގައި ފިޔަވަތީގެ ކުދިން ފުރާޅަށް އެރި މައްސަލަ އެއް ފެންމަތިވި. މައްސަލަ ބަަލަމުންދާކަމަށް ޖެންޑަރ އިން ބުނި ނަމަވެސް އެކަމާއި ގުޅޭ ރަނގަޅު މައުލޫމާތު އެންމެ އެކަށީގެންވާ ގޮތުގައި ހާމަކުރަމުންނެއް ނުދޭ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 20 ޖޫން 2024 | ބުރާސްފަތި 14:00
ފިޔަވަތީގެ ކުދިން ފުރާޅުމަތީގައި

ފިޔަވަތީގެ ކުދިން ފުރާޅުމަތީގައި

ދިވެހި އަދަބީ ބަސްތަކުގެ ތެރެއިން ދިވެހިން ވަރަށް އާއްމުކޮށް ބޭނުންކޮށް އުޅޭ ބައެއް އޮވެއެވެ. އެއީ ނުބީހެންޏާ ކަނޑާ ހަމައޭ ބުނެ އުޅޭ ބަހެވެ. މި ބަހަކީ މުސްކުޅި ބަހެކެވެ. ތަފާތު އަދަބީ ލިޔުންތަކުން އެނގޭ ގޮތުން މިއީ އޭގައި މުސްކުޅި ދެ މާނަ އެކުލެވޭ ބަހެކެވެ. އެގޮތުން މި ބަހުގެ ބަހަވީ މާނައަށް ބަލާލާ ނަމަ މި ބަހުގައި މި ދައްކަނީ ދޯންޏެއްގެ ވާހަކައެވެ. އެ ދޯނި އެއްވެސް ތަނަކު ނުބީހެއްޏާ، އެ ދޯނި އެ އޮތީކަނޑުގައި އޮންނަ އިރު އޮންނާނޭ ގޮތަށް ކަމަށް މި ބަހުން ދޭހަކޮށްދެއެވެ. މިއީ ފަޅެއްގައި އޮތަސް ތޮށި މައްޗެއްގައި އޮތަސް ނުބީހޭ ކަމުގައި ވާނަމަ އެ ދޯނި ކަނޑުގައި އޮތުމެކޭ އޮޑިއަށް ވާނީ ހަމަ އެއްވަރެއްކަން ހާމަ ކޮށްދިނުމަށް ބުނެ އުޅޭ ބަހެކެވެ.

މި ބަހުގެ މުސްކުޅި މާނަ އަށް ބަލާ ނަމަ ފުރަތަމަ މާނައިގައި ބުނަނީ ކަމެއް ވުން ކިތަންމެ ގާތް ވިޔަސް އެކަމެއް ނުވެ ދިޔުމުން، އެކަމާ މެދު ފަރުވާލެއް ނެތްކަން ހާމަކޮށް ދިނުމަށްޓަކައެވެ. މިސާލަކަށް ކިތަންމެ ނުރައްކާތެރިކަމެއް ވެގެން ދިޔަނަމަވެސް މަރު ނުވެ ސަލާމަތްވެގެން ދިޔުމުން އެފަދަ ހާލަތްތަކުގައިވެސް މި ބަސް ބޭނުންކުރެވެއެވެ. ދެވަނަ މާނައަކީ ސިއްރުގައި ކުރާ ކަންކަން ފާޅު ނުވާހާ ހިނދަކު އެކަމެއް ނުކުރާ ފަދައޭ ބުނުމެވެ. މިބަހުގެ މިސާލަކަށް ބަލާލާނަމަ، ވައްކަމެއް ކޮށްގެން އުޅޭ ނަމަ އެކަން މީހުންނަށް ނޭނގި ހޭދަވާ ވަގުތު ތަކުގައި، އެހެން މީހުންނަށް ނޭނގޭ ހާ ހިނދަކު އެކަން ނުހިނގާ ފަދަ އޭ ބުނުމަށް ވެސް މިހެން ބުނެވިދާނެއެވެ. ދައްކަން މިއުޅެނީ މިޒާތުގެ ކަމެއްގެ ވާހަކައެވެ. އެއްވެސް ސިފައެއްގައި ވައްކަމެކޭ ނުބުނާނަމެވެ. މަކަރެކޭ ވެސް ނުބުނާނަމެވެ. އަދި އޮޅުވާލުމެކޭވެސް ނުބުނާނަމެވެ.

އެކަމަކު ނޭނގޭހާ ހިނދަކު މިކަން ވަރިހަމަކޮށްފިއޭ ބުނެވެން އެބައޮތެވެ. ވެގެން މިއުޅޭ ގޮތަކީ ނިމިދިޔަ ހަފްތާގެ ތެރޭގައި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބެލެހެއްޓުމަށް ހުޅުމާލޭގައި ޤާއިމުކޮށްފައިވާ މަރުކަޒު "ފިޔަވަތީ"ގައި ތިބޭ ކުދިން ބެލެހެއްޓުމަށް ގޮންޖެހުންތަކެއް ދިމާވެ، އެ ކުދިން އެ ތަނުގެ ފުރާޅަށް އެރި މައްސަލަ އެއް ފެންމަތިވީއެވެ. މިކަން އެނގުމާއި އެކު އަޅުގަނޑު ޖެންޑަރގެ މީޑިއާ އަށް ގުޅައިގެން ކަން ހިނގި ގޮތް ސާފުކުރަން މަސައްކަތް ކުރީމެވެ. ދެއްވި އެއްބާރުލުން ވެސް ވަރަށް ރަނގަޅެވެ. މިއީ ވެސް މިހާރު މަދަކުން ނޫނީ ނުވާކަމެއް ވީމަ އެކަން ވެސް ފާހަގަކޮށްލީއެވެ.

އާދިއްތަ ދުވަހުގެ ރޭ އެ ކުދިން ފުރާޅަށް އަރާފައި ވަނީ 10:00ގެ ފަހުން ކަމަށް ރާއްޖެ އެމްވީ އަށް ވަނީ އެނގިފައެވެ. މީގެ އިތުރުން ރާއްޖެ އެމްވީ އަށް ލިބިފައިވާ ފޮޓޯތަކާއި މަންޒަރުތަކުން އެ ކުދިން ނު ބެލެހެއްޓި، ފިޔަވަތީގެ ފުރާޅު މަތީގައި ގިނަ އިރުތަކެއް ވަންދެން ތިބިކަން އެނގެއެވެ. އެނގިފައިވާ ގޮތުން ކުދިން ފުރާޅުން ފޭބީ 12:00 ޖަހާކަށް ހާއިރެވެ. އެހެންވީމަ އެ ކުދިން ފުރާޅުގައި ދޮޅު ގަޑި އިރު ތިއްބެވެ. މި ހާދިސާ ހިނގީ އީދު ބަންދު ދުވަސްވަރާއި ދިމާކޮށް ކަމަށް ވުމުން މިކަން ލޮލުގައި އަޅައިގަތް މީހުން މަދެވެ. އަދި މީސްމީޑިއާގައި ޢީދުގެ ފޯރި ގަދަވެފައި އޮތުމުން އެ ވާހަކަ އަށް މާބޮޑު ސަމާލުކަމެއް ވެސް ނުލިބެއެވެ. އެހެންނަމަވެސް ސުވާލަކީ އާއްމުން އެއްވެ މުޒާހަރާކޮށް، ސިޔާސީ މީހުން އެ ސަރަހައްދަށް އެއްވެ ނޫނީ މިނިސްޓްރީ ދޮށަށް އެއް ނުވަންޏާ މިފަދަ ކަންކަން ނުވާކަމަކަށް ހަދަންވީތޯއެވެ؟

މިކަމާއި ގުޅޭ ގޮތުން މައުލޫމާތު ދެމުން އިތުބާރު ހުރި މަސްދަރަކުން ރާއްޖެ އެމްވީ އަށް ވިދާޅުވީ ފިޔަވަތީގައި ތިބި ކުދިން ބެލެހެއްޓުމުގައި ގޮންޖެހުންތަކެއް ދިމާވެ، އެކަން މިނިސްޓްރީގެ ސަމާލުކަމަށް ވެސް ގެނެސްފައިވާ ކަމަށެވެ. އަދި އެ ކަން ދިމާވެފައި ވަނީ މި ފަހުން ވިޔަވަތީގެ ހިންގުމަށް ގެނައި ބަދަލުތަކާއި އެކުގައި ކަމަށް ވެސް އެ ތަނުގައި މަސައްކަތް ކުރާ މީހުން ދަނީ ބުނަމުންނެވެ. އެގޮތުން މީގެ ކުރިން ކުދިން ބެލެހެއްޓުމަށް ކެއަރ ވޯކަރުން ތިބޭ ކަމަށާއި އެ ކެއަރ ވޯކަރުން މޮނިޓަރ ކުރުމަށް ސުޕަރވައިޒަރުން ތިބޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް މި ސަރުކާރު ވެރިކަމަށް އައުމަށް ފަހު ހިންގުމަށް ގެނައި ބަދަލުތަކުގެ ތެރޭގައި އެ ސުޕަރވައިޒަރުން ކޭސް ވޯކަރުންނަށް ބަދަލުކުރުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. މި ބަދަލު ގެނައީ މިހާރުގެ ޖެންޑަރ މިިނިސްޓަރ ޑރ.އައިޝަތު ޝިހާމްގެ އެންގެވުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެ ބަދަލުގެ ސަބަބުން ކެއަރ ވޯކަރުން މޮނިޓަރ ނުކުރެވި، ކެއަރ ވޯކަރުން މަސައްކަތަށް ފަރުވާ ކުޑަވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޖެންޑަރ މިނިސްޓްރީން ބުނާ ގޮތުން ކުދިން ފުރާޅަށް އެރި ނަމަވެސް އެކަމާއި ހިންގުމަށް ގެނައި ބަދަލާއި ގުޅުމެއް ނެތެވެ. މި ހާދިސާ ހިނގިކަން ރާއްޖެ އެމްވީ އަށް އެނގިގެން ސުވާލުކުރުމާއި ހަމައަށް ސަރުކާރުގެ ކަމާއި ބެހޭ އިދާރާއަކުން އެކަން ހިނގިކަން ހާމައެއް ނުކުރެއެވެ. އެކަން އެނގި ތިބެ އެ ވާހަކަ ނުދައްކާ ތިބީތޯ ސުވާލު އުފެދެއެވެ. އެހެނީ މިފަދަ ކަމެއް ހިނގުމުން ވަގުތުން ވަގުތަށް ރިޕޯޓް ކުރާނެ ނިޒާމެއް އެކުލެވިފައި އޮންނަ ކަމެވެ. ފިޔަވަތީގައި ތިބި ކުދިން ބެލެހެއްޓުމަށް ދަތިވެ މި ނޫން އެހެން ހާދިސާތައް ވެސް ހިނގާފައި އެބަހުއްޓެވެ. ކުދިން ކެއުމަށާއި، ނިދުމަށް ދެކޮޅު ހެދުމުގެ މައްސަލަ ވެސް ފެންމަތިވިއެވެ. މިއިން ކަމެއް ހިނގާ ކޮންމެ ފަހަރަކު މީޑިއާ އަށް އަންގާ ބަޔާން ނެރޭކަށް ނުޖެހެއެވެ. އެކަން ޤަބޫލު ކުރެވެއެވެ. އެހެންނަމަވެސް ކުދިން ބަލަހައްޓަން ތިބި މީހުންނަށް ޒިންމާ ނުނެގި ކުދިން ފުރާޅުގައި ދޮޅުގަޑި އިރު ތިބުމުން އެއީ ކުޑަ ކަމެއް ނޫނެވެ. އެއީ ނުރައްކާތެެރިކަމެކެވެ. އެ ކަން އެއަށް ވުރެ ނުރައްކާ ހާލަތަކަށް ނުދާތީ ނުބީހެންޏާ ކަނޑާ ހަމަ ކުރެވޭކަށް ނެތެވެ.

ދެން އޮތީ މިކަން ސިޔާސީ ކުރާ ކަމަށް ބުނާ ބުނުމެވެ. މި ސަރުކާރުގެ އިސް ވެރިންނަށް އެހެން ބުނެވޭކަށް ނެތެވެ. އެހެނީ 2021 ވަނަ އަހަރު ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. އަދި އެތަނުގައި ބަލަހައްޓާ ކުދިންތަކެއް ތަނުގެ ފުރާޅުމައްޗަށް އަރައިގެން އުޅޭ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އަދި ފިޔަވަތީގެ ކުޑަދޮރުތަކަށް އެކުދިން ގެއްލުންދޭ މަންޒަރު ފެންނަ ވީޑިއޯތަކެއްވެސް ވަނީ އާންމުވެފައެވެ. އޭރު އެކަން ހާމަ ނުކޮށްގެން އެންމެ ބޮޑަށް ފާޑު ކީ މި ސަރުކާރުގެ އިސްވެރިންނެވެ. އެކަމާއި ދެމި ހާސަރުގެ އަޑު އެތައް މަހެއް ވަންދެން ދެމިގެން ދިޔައެވެ. އެހެންވީމަ މިއަދު މިޒާތުގެ ކަންކަން ހިނގީމަ ވަގުޖަހައިގެން ތިބީމަ މިއީ ބަލައިގަންނަން ފަސޭހަ ކަމެއް ނޫނެވެ. މާދަމާ ވެސްމިފަދަ ވާހަކަތައް ދައްކާނީ ކަންކަން ބޮއްސުންލާ، އިތުރު ނުރައްކަލަކަށް ކަންކަން ވެއްޓުނީމަތޯއެވެ؟

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

 ސޮފިއްޔާގެ ދިރިއުޅުން: ދަތި ހާލުގައި އުޅެންވެސް މާލެއަށް ބަދަލުވީ ކުދިންގެ ހައްގުގައި

ސޮފިއްޔާގެ ދިރިއުޅުން: ދަތި ހާލުގައި އުޅެންވެސް މާލެއަށް ބަދަލުވީ ކުދިންގެ ހައްގުގައި

04 އޮކްޓޯބަރު 2017
ފުވައްމުލަކުގެ ތުއްތު ކުދިންނަށް އަންނަ އެންމެ ބޮޑު އީދަކީ ކިޑްސް ފިއެސްޓާ

ފުވައްމުލަކުގެ ތުއްތު ކުދިންނަށް އަންނަ އެންމެ ބޮޑު އީދަކީ ކިޑްސް ފިއެސްޓާ

01 އޮކްޓޯބަރު 2017
ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބުލަށް ހެދި ގޮތް އެނގޭތަ؟

ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބުލަށް ހެދި ގޮތް އެނގޭތަ؟

03 ސެޕްޓެމްބަރު 2017
ރައީސް ޔާމީނުގެ ސަރުކާރަށް ތިން އަހަރާއި ބައި: ކޮންމެ ދޮޅުމަހެއްގެ ތެރޭގައި މަރެއް!

ރައީސް ޔާމީނުގެ ސަރުކާރަށް ތިން އަހަރާއި ބައި: ކޮންމެ ދޮޅުމަހެއްގެ ތެރޭގައި މަރެއް!

05 އޯގަސްޓު 2017
އަލިފުށި ކަނު އަނދިރީގައި ހަތަރު ދުވަސް، ކުޑަކުދިންގެ ރުއިން ހިތްދަތި ވޭނަކަށް

އަލިފުށި ކަނު އަނދިރީގައި ހަތަރު ދުވަސް، ކުޑަކުދިންގެ ރުއިން ހިތްދަތި ވޭނަކަށް

30 ޖޫން 2017

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު