Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފިޔަވަތީގައި ތިބި ކުދިން ބެލެހެއްޓުން

ފިޔަވަތިީގެ ފުރާޅަށް ކުދިން އެރި މައްސަލަ އެއް - ހިންގުމަށް ގެނައި ބަދަލުތަކުގެ ސަބަބުން ކުދިން ބެލެހެއްޓުމަށް ގޮންޖެހުންތަކެއް؟

އެ ކަން ދިމާވެފައި ވަނީ މި ފަހުން ވިޔަވަތީގެ ހިންގުމަށް ގެނައި ބަދަލުތަކާއި އެކުގައި ކަމަށް ދަނީ ތުހުމަތުކުރަމުން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 17 ޖޫން 2024 | ހޯމަ 14:40
ފިޔަވަތީގައި ބައެއް ކުދިން ފުރާޅަށް އަރާ

ފިޔަވަތީގައި ބައެއް ކުދިން ފުރާޅަށް އަރާ

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބެލެހެއްޓުމަށް ހުޅުމާލޭގައި ޤާއިމުކޮށްފައިވާ މަރުކަޒު "ފިޔަވަތީ"ގައި ތިބޭ ކުދިން ބެލެހެއްޓުމަށް ގޮންޖެހުންތަކެއް ދިމާވެ، އެ ކުދިން އެ ތަނުގެ ފުރާޅަށް އެރި މައްސަލަ އެއް ދިމާވެއްޖެއެވެ.

އާދިއްތަ ދުވަހުގެ ރޭ އެ ކުދިން ފުރާޅަށް އަރާފައި ވަނީ 10:00ގެ ފަހުން ކަމަށް ރާއްޖެ އެމްވީ އަށް ވަނީ އެނގިފައެވެ. މީގެ އިތުރުން ރާއްޖެ އެމްވީ އަށް ލިބިފައިވާ ފޮޓޯތަކާއި މަންޒަރުތަކުން އެ ކުދިން ނު ބެލެހެއްޓި، ފިޔަވަތީގެ ފުރާޅު މަތީގައި ގިނަ އިރުތަކެއް ވަންދެން ތިބިކަން ވަނީ ހާމަވެފައެވެ.

Advertisement - newsAdvertisement

މިކަމާއި ގުޅޭ ގޮތުން މައުލޫމާތު ދެމުން އިތުބާރު ހުރި މަސްދަރަކުން ރާއްޖެ އެމްވީ އަށް ވިދާޅުވީ ފިޔަވަތީގައި ތިބި ކުދިން ބެލެހެއްޓުމުގައި ގޮންޖެހުންތަކެއް ދިމާވެފައިވާކަމަށެވެ. އަދި އެ ކަން ދިމާވެފައި ވަނީ މި ފަހުން ވިޔަވަތީގެ ހިންގުމަށް ގެނައި ބަދަލުތަކާއި އެކުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން މީގެ ކުރިން ކުދިން ބެލެހެއްޓުމަށް ކެއަރ ވޯކަރުން ތިބޭ ކަމަށާއި އެ ކެއަރ ވޯކަރުން މޮނިޓަރ ކުރުމަށް ސުޕަރވައިޒަރުން ތިބޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް މި ސަރުކާރު ވެރިކަމަށް އައުމަށް ފަހު ހިންގުމަށް ގެނައި ބަދަލުތަކުގެ ތެރޭގައި އެ ސުޕަރވައިޒަރުން ކޭސް ވޯކަރުންނަށް ބަދަލުކުރުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. މި ބަދަލު ގެނައީ މިހާރުގެ ޖެންޑަރ މިިނިސްޓަރ ޑރ.އައިޝަތު ޝިހާމްގެ އެންގެވުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެ ބަދަލުގެ ސަބަބުން ކެއަރ ވޯކަރުން މޮނިޓަރ ނުކުރެވި، ކެއަރ ވޯކަރުން މަސައްކަތަށް ފަރުވާ ކުޑަވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކުދިން ބެލެހެއްޓުމަށް ދިމާވި ދަތިކަމާއި އެކު، ކުދިން ނު ބެލެހެއްޓި ހިނގާފައިވާ ހާދިސާތަކުގެ ތެރޭގައި ކުދިން ފުރާޅަށް އެރުން ނޫން އެހެން ކަންކަން ވެސް ހުރިކަން އޭނާގެ ވާހަކައިން ވަނީ އެނގިފައެވެ. އެގޮތުން ހޮނިހިރު ދުވަހުގެ ރޭ އެއްކޮށް ކުދިން ތިބީ ނުނިދާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. މިކަމާއި ގުޅޭގޮތުން ރާއްޖެޓީވީން ސުވާލުކުރުން ޖެންޑަރ މިނިސްޓްރީގެ ޑެޕިއުޓީ މިިސްޓަރ އައިމިނަތު ނަމްޒާ ވިދާޅުވީ ފިޔަވަތީގައި ތިބި ކުދިން ފުރާޅަށް އަރާފައިވާ މައްސަލަ އެއް ފެންމަތިވިކަމަށާއި އެއީ ވަރަށް ހިތާމަކުރައްވާ ކަމެއް ކަމަށެވެ. އަދި އެކަން ހިނގައި ދިޔަ ގޮތް ބަލަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް އެ މައްސަލަ ދިމާވީ ހިންގުމަށް ގެނައި ބަދަލުގެ ސަބަބުން ނޫން ކަމަށް ނަމްޒާ ވިދާޅުވިއެވެ. ނަމްޒާ ވިދާޅުވީ އެއީ ދެ ކަމެއް ކަމަށް ޤަބޫލުކުރައްވާ ކަމަށާއި އެ ދެ ކަމަކީ އެއްކަމާއި އަނެއްކަމާއި ގުޅުވާލެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ފިޔަވައްޗަކީ ޖެންޑަރ މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގާތަކަށް ވުމުން އެ ތަނުގެ ހިންގުން ވަރަށް ކައިރިން މިނިސްޓަރ ބައްލަވާ ކަމަށާއި ކަންކަން ހަރުދަނާ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. އަދި ފިޔަވަތީގައި ތިބި ކުދިން ރައްކާތެރިކޮށް ކުދިން ބެލެހެއްޓުމުގެ ނިޒާމް ހަރުދަނާ ކުރުމަށް މަސައްކަތް ކުރާ ކަމަށް ވެސް ވިދާޅުވިއެވެ.

މި ހާދިސާ ހިނގިކަން ރާއްޖެ އެމްވީ އަށް އެނގިގެން ސުވާލުކުރުމާއި ހަމައަށް ސަރުކާރުގެ ކަމާއި ބެހޭ އިދާރާއަކުން އެކަން ހިނގިކަން ހާމައެއް ނުކުރެއެވެ. ނަމަވެސް ނިމިދިޔަ ސަރުކާރުގައި މިފަދަ ކަންކަން ހިނގުމުން އެކަން ސިޔާސީ ކޮށް، އެކަން ހާމަ ނުކުރާ ކަަމަށް ބުނެ މި ސަރުކާރުގެ އިސް ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު