Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިންޓަ މިއާމީ

މެސީއާ އެއް ޓީމަކަށް އަލުން ކުޅެވޭނެކަމަށް ކުރިން އުންމީދު ނުކުރަން: ސުއަރޭޒް

އޭނާ ޤަބޫލު ކޮށްގެންހުރީ މެސީ ފުޓުބޯޅައިން ރިޓަޔާ ކުރާނީ ބާސެލޯނާގައި ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 16 ޖެނުއަރީ 2024 | އަންގާރަ 00:47
އިންޓަ މިއާމީގެ ފަރިތަކުރުންތަކުގައި މެސީ އަދި ސުއަރޭޒް

އިންޓަ މިއާމީގެ ފަރިތަކުރުންތަކުގައި މެސީ އަދި ސުއަރޭޒް

އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއާ އެއް ޓީމަކަށް ކުޅެވޭނެ ކަމަށް ކުރިން އުންމީދު ނުކުރާ ކަމަށް އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް ބުނެފި އެވެ.

ސުއަރޭޒް މިހެން ބުނީ މެސީ ކުޅެމުން އަންނަ، މޭޖާ ލީގު ސޮކާ (އެމެރިކާ ލީގު)ގެ އިންޓަ މިއާމީގެ ފުރަތަމަ ފަރިތަކުރުމުގައި ބައިވެރިވުމަށްފަހު ވާހަކަ ދައްކަމުންނެވެ. ސުއަރޭޒް މިއާމީ އަށް ބަދަލުވީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

ކުރިން މެސީ އާއެކު ސްޕެއިންގެ ބާސެލޯނާގައި ވެސް ކުޅެފައިވާ ސުއަރޭޒް ބުނީ، ބާސެލޯނާ އަށް ފަހު މެސީއާ އެއް ޓީމަކަށް ކުޅެވޭނެކަމަށް އުންމީދު ކޮށްފައި ނުވާނެ ކަމަށެވެ. ސަބަބަކީ، އޭނާ ޤަބޫލު ކޮށްގެން ހުރީ މެސީ ފުޓުބޯޅައިން ރިޓަޔާ ކުރާނީ ބާސެލޯނާގައި ކަމަށް ސުއަރޭޒް ބުންޏެވެ. ސުއަރޭޒް ބުނީ ބާސެލޯނާ އަކީ މެސީ އެންމެ ލޯބިވާ ކުލަބު ކަމަށާއި، މެސީ ބޭނުންވާނީ އެ ކުލަބުގައި ހުރިހާ ކަމެއް ހާސިލުކުރަން ކަމަށެވެ. މެސީގެ އިތުރުން، ސާޖިއޯ ބުސްކެޓްސް އަދި ޖޯޑީ އަލްބާ ވެސް އެގޮތުގައި ހުރި ކަމަށް ސުއަރޭޒް ވަނީ ފާހަގަކޮށްފަ އެވެ.

އެހެންކަމުން، އަލުން އެ ތިން ކުޅުންތެރިންނާއެކު އެއް ކުލަބަކަށް ކުޅެވޭނެ ކަމުގެ ކުޑަ ވެސް އުންމީދެއް ކުރިން ނެތް ކަމަށް އޭނާ ވަނީ ބުނެފަ އެވެ. ނަމަވެސް ފުޓުބޯޅަ އަކީ އަބަދުވެސް އެކި ގޮތްގޮތަށް ކަންކަން ބަދަލުވަމުން އަންނަ ކުޅިވަރެއްގެ ގޮތުގައި އޭނާ ވަނީ ސިފަކޮށްފަ އެވެ. އޭނާ ބުނީ އެންމެ ފުރަތަމަ އުންމީދު ކުރީ، ބާސެލޯނާ އާއެކު ހުރިހާ ކާމިޔާބެއް ހާސިލު ކުރުމަށް ކަމަށެވެ. ނަމަވެސް ފަހުން އޭނާ ކުލަބު ދޫކޮށްލަން ޖެހުނު ކަމަށާއި، އޭގެ ފަހުން އެ ތިން ކުޅުންތެރިން ވެސް ކުލަބު ދޫކޮށްލަން ޖެހުނުކަން އޭނާ ވަނީ ފާހަގަކޮށްފަ އެވެ.

މީގެ އިތުރުން އޭނާ ބުނީ، ހަތަރު ކުޅުންތެރިންގެ މެދުގައި އޮތީ ވަރަށް ގާތް ގުޅުމެއް ކަމަށާއި، ކުރިން ކުލަބު ދޫކޮށްލުމުގެ ފަހަތުގައި ރަނގަޅު ގޮތެއް އޮތްކަން އިޙުސާސް ކުރެވިއްޖެ ކަމަށެވެ. ސުއަރޭޒް ފާހަގަ ކުރި ގޮތުގައި ފުޓުބޯޅަ ދަނޑު މަތީގައި ވެސް އަދި ދަނޑުން ބޭރުގައި ވެސް، އެއް ކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަކު ވަރަށް ރަނގަޅަށް އެނގޭނެ އެވެ. އޭނާ ބުނީ ހަތަރު ކުޅުންތެރިން ވެސް ބޭނުންވަނީ މޮޅުވާން ކަމަށާއި، އެހެންކަމުން ދެން ވެސް ކުރިއަށް ދާނީ އެ އަމާޒުގައި ކަމަށެވެ.

މެސީ، ސުއަރޭޒް، ބުސްކެޓްސް އަދި އަލްބާ އާއެކު މިއާމީން އަންނަނީ އައު ސީޒަނަށް ތައްޔާރުވަމުންނެވެ. އައު ސީޒަންގެ ކުރިން އެ ޓީމުން ވަނީ ރަޙުމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ވެސް ތާވަލުކޮށްފަ އެވެ.

އިންޓަ މިއާމީލިއޮނެލް މެސީލުއިސް ސުއަރޭޒް

ކޮމެންޓް

އިތުރަށް ކިޔާލަން

ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް

ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް

15 ޑިސެމްބަރު 2025
މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

14 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

07 ޑިސެމްބަރު 2025
"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

18 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު