Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުގައްޒާގެ ހާލަތު

"އެކަކު އަނެކަކު ކުރިމަތީގަ ބޭޒާރުވަމުން ދަނީ، އަހަރެމެންނަށް މި ޙާލު ޖައްސަންވީ ކީއްވެ؟"

11 ޖެނުއަރީ 2024 | ބުރާސްފަތި 01:39

އެންމެ ކުލާހެއްގެ ތެރޭގައި އެކަނިވެސް 100 އެއްހާ މީހުން ޑިއުޓީ އުސޫލުން ދިރިއުޅެމުން ދޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 11 ޖެނުއަރީ 2024 | ބުރާސްފަތި 01:39
ޢަބްދުލް ޖާބިރު މުޙައްމަދު އަލް-ފައްރާ؛ ޣައްޒާއިން ގެދޮރު ގެއްލުނު ކުއްޖެއް

ޢަބްދުލް ޖާބިރު މުޙައްމަދު އަލް-ފައްރާ؛ ޣައްޒާއިން ގެދޮރު ގެއްލުނު ކުއްޖެއް

ހެދިބޮޑުވަމުން އަންނަ ކުއްޖެއްގެ ޢުމުރުން 8 އަހަރު ވާ އިރު ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. އެންމެ ކުޑަ އިރު ހުރި ޅަ ގޮތްގަނޑު ފިލަން ފަށާ، އަމިއްލަ ވަންތަ ކަމުގެ ސިފަތައް އަށަގަންނަން ފަށައެވެ.ޝަޚްސީ މިނިވަންކަން އަންނަން ފަށައެވެ. އެހެން މީހުންނާ މެދު ޙަމްދަރުދީ ވާން ދަސްވެ، މަޑުމަޑުން އެ ޖަޒުބާތުތައް ދައްކަން ފަށައެވެ. ކަންކަމާ މެދު ވިސްނާ ފިކުރު ކުރަން ފަށައެވެ. ނަފުސުގެ ސަލާމަތާއި ރައްކާތެރިކަމާ މެދު ވިސްނައެވެ. ބައެއް ފަހަރު ކަންބޮޑުވާ ގޮތްވެސް ވެއެވެ. އެފަދަ ޙައްސާސް ޢުމުރެއްގެ ކުއްޖަކު، މި ފަހުގެ ތާރީޚުގައި ދުނިޔު ނުދެކޭ ފަދަ ޤަތުލުޢާންމެއް ހިންގަމުންދާ ތަނެއްގައި އުޅެންވެއްޖެ ނަމަ، އެ މަޢުސޫމު ހިތާއި ސިކުނޑިއަށް ކުރާނެ އަސަރުތައް ނިކަން ވަޒަންކޮށް ބަލާށެވެ.

އިސްތިޢުމާރީ ނިރުބަވެރި ޔަހޫދީ އިޒްރޭލުން ފަލަސްޠީނުގެ ޣައްޒާގައި ޤަތުލުޢާންމު ހިންގަން ފެށި ފަހުން އަދާ ހަމައަށް 3 މަސްދުވަސް ފާއިތުވެ ދިޔައިރު، ޢުމުރުން 8 އަހަރުގެ ޢަބްދުލް ޖާބިރު މުޙައްމަދު އަލް-ފައްރާގެ މުޅި ދިރިއުޅުން އެ ފުށް މި ފުށަށް ޖެހިއްޖެއެވެ. ޢަބްދުލް ޖާބިރު ބުނި ގޮތުގައި އޭނާއަށް އެތައް އެއްޗެއް ގެއްލިއްޖެއެވެ. ގެދޮރު ގެއްލިއްޖެއެވެ. ދިރިއުޅުނު އަވަށެއް ނެތެވެ. ތަޢުލީމު ހޯދޭނެ ގޮތެއް ނެތެވެ.

ޢަބްދުލް ޖާބިރުއާއި އޭނާގެ ޢާއިލާއިން ދިރިއުޅެމުން ދިޔައީ ޚާން ޔޫނިސްގެ އިރުމަތީ އަވަށެއް ކަމަށް ވާ އަލް-މަނާރާގައި ހުންނަ އެމީހުންގެ ގޭގައެވެ. ނަމަވެސް އިޒްރޭލުގެ ނިރުބަވެރި ބާރުތަކުން އެ ޢިމާރާތަށް ބޮން އެޅުމާއެކު، އެ ތަން ދޫކޮށް، އަމިއްލަ ފަސްގަނޑުގައި ރެފިއުޖީންގެ ގޮތުގައި ނުކުންނަން މަޖުބޫރުވިއެވެ.

ޣައްޒާއިން ގެދޮރު ގެއްލޭ އެތައް ބަޔަކު އެންމެ ފުރަތަމަވެސް ބަލަނީ ސްކޫލު ޢިމާރާތަކުން ވަގުތީ ހިޔާވަހިކަމެއް ހޯދޭތޯއެވެ. ނަތީޖާއެއްގެ ގޮތުން، ސްކޫލުތައް އޮތީ ފިތި ބާރުވެފައެވެ. އެންމެ ކުލާހެއްގެ ތެރޭގައި އެކަނިވެސް 100 އެއްހާ މީހުން ޑިއުޓީ އުސޫލުން ދިރިއުޅެމުން ދެއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ސްކޫލު ތެރެއިން ޖާގަ ނުލިބި، ޢަބްދުލް ޖާބިރުއާއި އޭނާގެ ޢާއިލާއިން މިހާރު ދިރިއުޅެމުން ދަނީ ސްކޫލު ބޭރުގައި އޮތް ދުވާރު މަތީގައެވެ.

ޣައްޒާ ކޮންޓްރޯލް ކުރާ ޙަމާސް ޖަމާއަތުގެ ވަސް މި ބިންމަތިން ފޮހެލާން ކަމަށް ބުނެ ޔަހޫދީން ހިންގަން ފެށި ޤަތުލުޢާންމުގައި މަރާލި ފަލަސްޠީނު ރައްޔިތުންގެ ޢަދަދު 23000 އަށް ވުރެ މައްޗަށް އަރައެވެ. އެއީ އަދި މިހާތަނަށް ކޮން ބައެއްކަން ދެނެގަނެވުނު މީހުންގެ ޢަދަދުތަކެވެ. އެޔެއް މިޔެއް ބެލުމެއް ނެތި ދެމުން ގެންދާ ޢުދުވާނީ ޙަމަލާތަކުގައި ބިމާ ހަމަކުރާ ޢިމާރާތްތަކުގެ ދަށުވެ މަރުވެފައިވެސް އެތައް ހާސް ބަޔަކު އެބަ ތިބި ކަމަށް ޣައްޒާގެ ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ. އިޒްރޭލުގެ ޢުދުވާންތަކުގައި ފަލަސްޠީނުން މަރުވި މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނެވެ.

އިޒްރޭލާއި ބައިނަލްއަޤުވާމީ މުޖުތަމަޢުގައި އިޒްރޭލަށް ވާގިދޭ ޤައުމުތަކުން ޓެރަރިސްޓުންގެ ޓެގު އަޅުވާފައި އޮތް ޙަމާސް ޖަމާޢަތުގެ ހަނގުރާމަވެރިން ހުއްޓުވުމަށް ކަމަށް ބުނެ ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމުގައި ޢާންމުން މަރުވާ މައްސަލައަށް އަމާޒު ކުރާ ފާޑުކިއުންތަކަށް ނިރުބަވެރިން ދެމުން ދަނީ ލަދުކުޑަ ޖަވާބެކެވެ. ފަލަސްޠީނުން މަރުވާ މީހުންގެ ޢަދަދު އިތުރު ވަނީ، ހަނގުރާމަވެރި ބޭނުންތަކަށް، ޙަމާސް ޖަމާޢަތުން މަދަނީ ތަންތަން ބޭނުން ކުރަމުން ދާތީ ކަމަށް އިޒްރޭލުން ބުނެއެވެ. ނަމަވެސް ތަނެއް ހަފުސްކޮށް ނިމޭ އިރު، ހެކީގެ ގޮތުގައި ދައްކާނެ އެއްވެސް އެއްޗެއް ނޯވެއެވެ.

ޣައްޒާފަލަސްތީނުފަލަސްތީން - އިސްރާއީލް ހަމަނުޖެހުން

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
07 ޑިސެމްބަރު 2025

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
05 ޑިސެމްބަރު 2025

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި
30 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް
29 ނޮވެމްބަރު 2025

ފަލަސްތީނު ގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި

29 ނޮވެމްބަރު 2025
ފަލަސްތީނު ގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި
27 ނޮވެމްބަރު 2025

އިސްރާއީލްއާ ގުޅުން ބަދަހި ކުރުމަށް ޓްރަމްޕްގެ ހުށަހެޅުން ސައުދީގެ ވަލީ އަހުދު ބަލައި ނުގަތް

27 ނޮވެމްބަރު 2025
އިސްރާއީލްއާ ގުޅުން ބަދަހި ކުރުމަށް ޓްރަމްޕްގެ ހުށަހެޅުން ސައުދީގެ ވަލީ އަހުދު ބަލައި ނުގަތް
23 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށްފަހު، ފާއިތުވި 44 ދުވަހުގެ ތެރޭގައި އިޒްރޭލުން މަދުވެގެން 497 ފަހަރު އެ އެއްބަސްވުމާ ޚިލާފުވެއްޖެ

23 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށްފަހު، ފާއިތުވި 44 ދުވަހުގެ ތެރޭގައި އިޒްރޭލުން މަދުވެގެން 497 ފަހަރު އެ އެއްބަސްވުމާ ޚިލާފުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް