Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ގައްޒާ ބަނޑަށްޖެހެނީ

ޣައްޒާ ބަނޑަށްޖައްސާލި ޔަހޫދީ ޤަތުލުޢާންމު: 15 މީހުންނަށް 1 ތަށި ކޭން!

އުފަން ފަސްގަނޑެއް ކަމަކު ރަފަޙުގައި ރެފިއުޖީންގެ ގޮތުގައި ދިރިއުޅެމުން ދާ މީހުން، ކާއެތިކޮޅެއް ހޯދަން އެތައް އިރަކު ސަފުގައި މަޑުކުރަން ޖެހޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 11 ޖެނުއަރީ 2024 | ބުރާސްފަތި 01:28
ރަފަހް ކައިރިން ވޮލެންޓިއަރެއް ކާ އެއްޗެހި ބަހަނީ

ރަފަހް ކައިރިން ވޮލެންޓިއަރެއް ކާ އެއްޗެހި ބަހަނީ

އެއީ އަދުގެ 21 ވަނަ ޤަރުނުގެ ދުނިޔޭގައި ބަޔަކަށް އުޅެންޖެހިދާނެ ކަމަށް ހީކުރެވިފައި އޮތް ފަދަ ޙާލަތެއް ނޫނެވެ. ނަމަވެސް އެއީ ޤަބޫލު ކުރަން ޖެހިފައި އޮތް ޙަޤީޤަތެކެވެ. އިސްތިޢުމާރީ ނިރުބަވެރި ޔަހޫދީން ހިތުހުރި ގޮތަކަށް ހަފުސް ކުރަމުންދާ ފަލަސްޠީނުގެ ޣައްޒާގެ ރަށްވެހިން މިއަދު އުފުލަމުންދާ ވޭނާއި ތަކުލީފުތަކަކަކީ، މުޅި ދުނިޔެވެސް އެކަމުގެ ޒިންމާ އުފުލަން ޖެހޭ ކަމެކެވެ. އެ ޒިންމާއިން ބޯދަމައިގަނެވޭނެ ހަމަ އެންމެ ފަރުދެއްވެސް އަދުގެ ބައިނަލްއަޤުވާމީ މުޖުތަމަޢުގައި ނެތެވެ.

ޣައްޒާ ކޮންޓްރޯލް ކުރާ ޙަމާސް ޖަމާޢަތުގެ ވަސް، މި ބިންމަތިން ފޮހެލާން ކަމަށް ބުނެ އިޒްރޭލުގެ ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމަށް 3 މަސް ވީ އިރު، ޣައްޒާ ހަފުސްކޮށް ނިންމާފައިއެވެ. ފުރާނަ ހުއްޓެއް ކަމަކު، ދިރުމެއް ނެތެވެ. ހުވަފެންތައް ވިއްސިވިހާލިވެ، ހަތަރު އުދަރެސް ފެނުޖެހި މާޔޫސްވެފައި އޮތް ޣައްޒާގެ ވޭނީ އާދޭސްތައް، އެހެން މީހަކަށް ބަޔާންކޮށްދެވޭނީ ކިހިނަކުން ހެއްޔެވެ؟

ޣައްޒާގެ އެތައް ބަޔަކު މިއަދު ދިރިއުޅެމުން ދަނީ މިޞްރާ ހިއްސާ ކުރާ ރަފަޙު ބޯޑަރު ސަރަޙައްދުގައެވެ. ފަހަރެއްގައިވެސް، މިޞްރުން އެމީހުންނަށްޓަކައި ބޯޑަރު ހުޅުވާލާނެ ކަމަކަށް އުންމީދެއް ނުކުރެއެވެ. ޣައްޒާގެ ރަށްވެހިން ބުނާ ގޮތުގައި، އެމީހުންގެ ދިފާޢަށް ތެދުވަން މުޅި ދުނިޔެ މިއަދު ފެއިލްވެއްޖެއެވެ. އުފަން ފަސްގަނޑެއް ކަމަކު ރަފަޙުގައި ރެފިއުޖީންގެ ގޮތުގައި ދިރިއުޅެމުން ދާ މީހުން، ކާއެތިކޮޅެއް ހޯދަން އެތައް އިރަކު ސަފުގައި މަޑުކުރަން ޖެހެއެވެ. އެވަރުންވެސް ލިބެނީ ކިރިޔާ ބަނޑަށް އެނގުންވާ ވަރުގެ ތޮޅިކޮޅެކެވެ. އެވަރުންވެސް ހައިކަން ފިލުމުގެ ކޮންމެވެސް ހިތްހަމަޖެހުމެއް ލިބޭނެ ކަމަށް އެމީހުން އުންމީދު ކުރެއެވެ.

ގެދޮރު ގެއްލިފައި ވާ މީހުންނަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމުގައި ދަރުމައަށް މަސައްކަތް ކުރަމުންދާ މީހުންގެ މޫނުމަތިންވެސް މިއަދު ފެންނަނީ މާޔޫސް ކަމެވެ. ނުތަނަވަސްކަމެވެ. ގެދޮރު ގެއްލި، ވަގުތީ ހިޔާވަހިކަން ހޯދަން ރަފަޙަށް ބަދަލުވާ މީހުންގެ ޢަދަދު، ދުވަހަކަށް ވުރެ ދުވަހެއް ދަނީ އިތުރު ވަމުންނެވެ.

ކާބޯތަކެތީގެ ސަޕްލައިގައިވެސް އިޒްރޭލުން އަތް އަޅައިގެން އޮތް އިރު، ލިބޭ އެއްޗެއް ލިބެނީވެސް އެހާމެ ބޮޑު އަގުގައެވެ. ނަތީޖާއަކަށް ވަނީ ޑިމާންޑާ އެއްވަރަށް ސަޕްލައި ކޮށް ނުދެވުމެވެ. ޙާލުގައި ޖެހިފައި ވާ މީހަކު، އެތައް އިރަކު ކިއުގައި ހުރެ، ހުސް އަތާ ފޮނުވާލަން ޖެހުމަކީ ދަރުމަވެރިންގެ ހިތްތަކަށްވެސް ކުޅަދާނަ ކަމެއް ނޫނެވެ.

އިޒްރޭލުން ޤަތުލުޢާންމު ފެށުމުގެ ކުރިން، ރަފަޙު ފުޑް ޑިސްޓްރިބިއުޝަން ޗެރިޓީއިން ޢާންމުންނަށް ޚިދުމަތް ދެމުން ދިޔައީ ހަފުތާއަކު 2 ދުވަހުއެވެ. ނަމަވެސް މިއަދު އެ މީހުން ދަނީ ހަފުތާގެ ހުރިހާ ދުވަހަކުވެސް މަސައްކަތް ކުރަމުންނެވެ. ކޮންމެ ދުވަހަކުވެސް 15 ލޯގަނޑުގެ ޕާސްތާ ނުވަތަ ތޮޅީގެ ބާވަތެއް ތައްޔާރު ކުރެވޭތޯ ބަލައެވެ. ނަމަވެސް، އެއީ ގެދޮރު ގެއްލި، ޙާލުގައި ޖެހިގެން ރަފަޙަށް ޖަމާވެފައިވާ އެތައް ސަތޭކަ ހާސް މީހުންނާ އަޅާ ބަލާއިރު އެއްވެސް އެއްޗެއް ނޫނެވެ.

ޓެރަރިސްޓުންގެ ގޮތުގައި އިޒްރޭލާއި، އެމެރިކާ އަދި އެމެރިކާގެ އެކުވެރި ޤައުމުތަކުން ސިފަކުރާ ޙަމާސް ޖަމާޢަތުގެ ހަނގުރާމަވެރިން މަރަން ކަމަށް ބުނެ، ދެމުން ގެންދާ ޢުދުވާނީ ޙަމަލާތަކުގައި މިހާތަނަށް މަރުވި މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނެވެ. އިޒްރޭލުގެ ޢުދުވާންތަކުގައި ޢާންމުން މަރާ މައްސަލައާ ގުޅިގެން ބައިނަލްއަޤުވާމީ މުޖުތަމަޢުން އަމާޒު ކުރާ ފާޑުކިއުންތަކަށް އިޒްރޭލުން ލަދެއް ނެތި ޖަވާބު ދެއެވެ. ސަބަބެއް ކަމަށް ބުނަނީ، ޙަމާސް ޖަމާޢަތުން ހަނގުރާމަވެރި ބޭނުންތަކަށް، މަދަނީ ތަންތަން ބޭނުން ކުރަމުން ދިއުން ކަމަށެވެ.

 އޮކްޓޯބަރ 7 ވަނަ ދުވަހުން ފަށައިގެން އިޒްރޭލުން ހިންގަމުންދާ ޤަތުލުޢާންމުގައި މަރުވި ފަލަސްޠީނު މީހުންގެ ޢަދަދު 23000 އަށް ވުރެ މައްޗަށް އަރައެވެ. 2.3 މިލިއަން މީހުންގެ އާބާދީއެއް އޮތް ޣައްޒާއަށް ބަލާއިރު، އެއީ އާބާދީގެ 1 ޕަސެންޓްއެވެ. މިއީ ނަސްލެއް ދޮވެލަން ހިންގާ ޤަތުލުޢާންމުގެ ޖަރީމާ ނޫން ދެން އެހެން ކޮން ކަމެއް ހެއްޔެވެ؟

ޣައްޒާފަލަސްތީން - އިސްރާއީލް ހަމަނުޖެހުންފަލަސްތީނު

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު