Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޗައިނާގެ އެއްބަސްވުންތައް

ސަރުކާރުގެ ބޮޑެތި ހުރިހާ މަޝްރޫއެއް ޗައިނާއަށް، ޖުމްލަ 20 އެއްބަސްވުމެއްގައި ސޮއިކޮށްފި

ފުށިދިއްގަރު ފަޅުގައި ސޯޝަލް ހައުސިންގ ޕްރޮޖެކްޓާއި ވެލާނާ އެއަރޕޯޓުގެ އެކްސްޓެންޝަން މަސައްކަތް ހިމެނޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 11 ޖެނުއަރީ 2024 | ބުރާސްފަތި 00:59
ރައީސް ޑރ. މުހައްމަދު މުއިއްޒު، ޗައިނާގެ ރައީސް ޝީ ޖިން ޕިން އާއި ސަލާމް ކުރައްވަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު، ޗައިނާގެ ރައީސް ޝީ ޖިން ޕިން އާއި ސަލާމް ކުރައްވަނީ

ސަރުކާރުން ކުރިއަށް ގެންދާ ބޮޑެތި ޕްރޮޖެކްޓްތައް ޗައިނާއާއި ހަވާލުކޮށް، ޖުމްލަ 20 އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުންތަކުގައި ސޮއިކުރުމަށް ޗައިނާގެ ބެއިޖިންގގެ ގްރޭޓް ހޯލް އޮފް ޕީޕަލްގައި ބޭއްވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement - newsAdvertisement

ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު މިއަދު ސޮއިކުރި އެއްބަސްވުންތަކުގެ ތެރޭގައި ހިމެނޭ އުމްރާނީ ބޮޑެތި މަސައްކަތްތަކުގެ ތެރޭގައި މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގ ބިޓްވީން ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ އާއި ރާއްޖޭގެ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީއާއެކު ވެވުނު އެއްބަސްވުން ހިމެނެއެވެ.

އެގޮތުން ފުށިދިއްގަރު ފަޅުގައި ސޯޝަލް ހައުސިންގ ޕްރޮޖެކްޓް ހިންގުމާއި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އެކްސްޕޭންޝަން ޕްރޮޖެކްޓާ އަދި ފިޝަރީޒް ޕްރޮޑަކްޓްސް ޕްރޮސެސިންގ ފެކްޓްރީޒް، އަދި މާލެ އާއި ވިލިމާލެ މާލޭގެ މަގުތައް ތަރައްގީކުރުން ހިމެނެއެވެ.

މީގެ އިތުރުން ސޮއިކުރި އެއްބަސްވުންތަކުގެ ތެރޭގައި ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމާއި ފަންނީ ދާއިރާތަކުން މީހުން ބިނާކުރުމާއި އިޖުތިމާއީ، އިގުތިސާދީ، ޓެކްނޮލޮޖީ ގުޅުންތައް ވަރުގަދަ ކުރުމާ ގުޅޭ އެއްބަސްވުންތައް ހިމެނެއެވެ.

20 އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ އިރު، މި އެއްބަސްވުންތަކުގެ ތަފްސީލެއް ސަރުކާރުން ހާމަކޮށްފައި ނުވެއެވެ. މީގެ އިތުރުން ދިވެހި ބަހަށް އިސްކަން ދިނުމަށް ޚާއްސަ ވުޒާރާއެއް އުފައްދާފައިވާ އިރު، ރައީސް އޮފީހުން ހާމަކުރި އެއްބަސްވުންތަކުގެ މައުލޫމާތު ހުރީ އިނގިރޭސީ ބަހުންނެވެ.

ޗައިނާޗައިނާގެ ރައީސް ޝީ ޖީންޕިންގްރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި
09 ޑިސެމްބަރު 2025

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން
08 ޑިސެމްބަރު 2025

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް
08 ޑިސެމްބަރު 2025

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!
08 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު