Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޯދީއަށް ފުރައްސާރަކުރި މައްސަލަ

ރައީސް މުއިއްޒުގެ އަރިސް 3 ނައިބު ވަޒީރުން މޯދީއަށް ފުރައްސާކުރުން، ބަންގްލަދޭޝްއިން ވެސް ކުށްވެރިކޮށްފި

9 ޖެނުއަރީ 2024 | އަންގާރަ 14:01

އެއްވެސް ލީޑަރަކާމެދު އެއްވެސް މީހަކު ފުރައްސާރަކުރާ ވާހަކަތައް ދެއްކުން ބަލައިނުގަނެވޭނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 9 ޖެނުއަރީ 2024 | އަންގާރަ 14:01
ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު އޭކޭ އަބްދުލް މޮމެން

ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު އޭކޭ އަބްދުލް މޮމެން

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިސް 3 ޑެޕިއުޓީ މިނިސްޓަރުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީސްކޮށް، ފުރައްސާރަ ކުރުމަކީ ބަލައިގަނެވޭނެކަމެއް ނޫން ކަމަށް ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު އޭކޭ އަބްދުލް މޮމެން ވިދާޅުވެއްޖެއެވެ.

އޭއެންއައި ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި އޭނާ ވިދާޅުވީ، ބޮޑުވަޒީރު މޯދީ ލަކްޝަދީޕަށް ކުރެއްވި ދަތުރުފުޅުގައި ފަތުރުވެރިކަމަށް އެތަން އިޝްތިހާރުކޮށް ފުޅާކުރުމާ ގުޅޭގޮތުން ކުރެއްވި ޓްވީޓާ ގުޅިގެން އުފެދުނު މައްސަލައަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާއި، އެކަން ކުށްވެރިކުރައްވާ ކަމަށެވެ. އަދި އެއްވެސް ލީޑަރަކަށް އެއްވެސް މީހަކު ފުރައްސާރަކުރާ ވާހަކަތައް ދެއްކުން ބަލައިނުގަންނަވާނެ ކަމަށެވެ.

Advertisement - newsAdvertisement

މިކަން ހިނގައިދިޔައީ، ރާއްޖޭގެ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް މޯދީގެ ލަކްޝަދީޕް ދަތުރުފުޅަށް ފުރައްސާރަކުރައްވައި ވާހަކަތަކެއް ދެއްކެވުމުންނެވެ.

ޖެނުއަރީ މަހުގެ ދެވަނަ ދުވަހު މޯދީ ވަނީ ލަކްޝަދީޕަށް ވަޑައިގެން ބައެއް ފޮޓޯތައް ހިއްސާކުރައްވާފައެވެ. އޭގެ ތެރޭގައި ސްނޯކްލިންއަށް ވަޑައިގެންނެވި ފޮޓޯތަކާއި ބައެއް އިތުރު މަންޒަރުތައް ވަނީ އެކްސްގައި ހިއްސާ ކުރައްވާފައެވެ. އެކްސްގައި ޕީއެމް މޯދީ ލިޔުއްވި ޕޯސްޓްތަކުގައި، ހުދު ގޮނޑުދޮށްތަކާއި އުޑާއި ކަނޑުގެ ފޮޓޯތައް ހިއްސާކުރައްވައި ވިދާޅުވީ ތަންތަން ބަލާލައި ތަޖުރިބާކޮށްލަން ބޭނުންވާ ފަރާތްތަކުގެ ލިސްޓުގައި ލަކްޝަދީޕް ހިމަނަންވާނެ ކަމަށެވެ.

މިހާރު ޑިލީޓްކޮށްފައިވާ ޕޯސްޓެއްގައި ރާއްޖޭގެ ޑެޕިއުޓީ މިނިސްޓަރު އޮފް ޔޫތު އެމްޕަވަރމަންޓް މަރިޔަމް ޝިއުނާ ވަނީ ބޮޑުވަޒީރު މޯދީއަށް މަލާމާތްކުރައްވައި އިހްތިރާމް ކުޑަ ބަސްތަކެއް އަމާޒުކުރައްވާފައެވެ. މީގެ އިތުރުން ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުން ކަމުގައިވާ މަލްޝާ ޝަރީފާއި މަހުޒޫމް މާޖިދުވެސް ވަނީ މިމޭރުމުން ޕޯސްޓް ކުރައްވާފައެވެ.

މި މައްސަލައިގައި ދިވެހި ސަރުކާރުން ވަނީ، ނައިބު ވަޒީރުން ދެއްކެވި ވާހަކަތަކަކީ ސަރުކާރުގެ ސްޓޭންޑް ނޫންކަމަށާއި، އެއީ ސަރުކާރު ދެކޭގޮތް ނޫން ކަމަށްވެސް ބުނެފައެވެ. އަދި ރާއްޖޭގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް މޫސާ ޒަމީރު ވިދާޅުވީ، ބޭރުގެ ލީޑަރަކާ ދެކޮޅަށް ދެއްކެވި އެ ވާހަކަތަކަކީ ބަލައިގަނެވޭނެ ވާހަކަތަކެއް ނޫންކަމަށާއި، އެއީ ރާއްޖޭގެ ސަރުކާރުގެ ރަސްމީ ސްޓޭންޑާގުޅޭ ވާހަކަތަކެއް ނޫންކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ހުރިހާ ބައިވެރިންނާއެކު، ޚާއްސަކޮށް އަވައްޓެރި ގައުމުތަކާއެކު "ޕޮޒިޓިވް އަދި ކޮންސްޓްރަކްޓިވް ޑައިލޮގެއް" ބާއްވާނެކަމަށެވެ.

ބޮޑުވަޒީރު މޯދީއަށް ފުރައްސާރަކޮށް މަލާމާތްކޮށް އެކްސްގައި ޕޯސްޓްކުރި މައްސަލައިގައި 3 ނައިބު ވަޒީރުން ވަނީ ވަގުތީގޮތުން މަގާމުން ސަސްޕެންޑްކޮށްފައެވެ. އަދި މި މައްސަލަ ހޫނުވެ، ރާއްޖެއަށް އަންނަ އިންޑިއާގެ ގިނަ އަދަދެއްގެ ފަތުރުވެރިން ބުކިންގ ކެންސަލްކޮށް، ރާއްޖެ ބޮއިކޮޓް ކުރުމަށް އިންޑިއާގެ އެކިއެކި ފަންތީގެ މީހުން ގޮވަމުން އަންނައިރު، ރައީސް ވަނީ އިންޑިއާއާ އެންމެ ބޮޑަށް މައްސަލަ އުފެދިފައިވާ ޗައިނާއަށް ފުރަމާނަ ދަތުރުފުޅެއް ފައްޓަވާފައެވެ.

މައްސަލަ ހޫނުވެފައިވަނިކޮށް، ރައީސް ޗައިނާއަށް ވަޑައިގަންނަވާ ތަނަށް ނޫސްވެރިންނަށް ދައުވަތު ދެއްވުމަށްފަހު، ރައީސް ވަނީ މީޑިއާތަކަށް ފިއްލަވައިގެން ފުރާވަޑައިގެންފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް