Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުފެންބޮޑުވުން

އަވަށް ފެނު އަޑީގައި އޮތް އިރުވެސް މި ގެއަކަށް ފެން ނުވަނީ ކީއްވެ؟

8 ޖެނުއަރީ 2024 | ހޯމަ 22:30

މި މަސައްކަތް މުޅިން ނިންމާލެވުނީ 6 މަހާއި 8 މަހާ ދެމެދު މުއްދަތެއްގެ ތެރޭގައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 8 ޖެނުއަރީ 2024 | ހޯމަ 22:30
މުޅި ރަށުގައި ފެންބޮޑުވި އިރުވެސް ފެންބޮޑުނުވާ ގެ

މުޅި ރަށުގައި ފެންބޮޑުވި އިރުވެސް ފެންބޮޑުނުވާ ގެ

އެތައް އަހަރެއްގެ ބުރަ މަސައްކަތުން ދިރިއުޅުން ކޮޅަށް ޖަހާ، ހިންދެމިލާ ހިސާބުން ކުރިމަތިލާން ޖެހޭ މޫސުމީ ތޫފާނުގެ ކޮޅިގަނޑުތަކާއި ގަދަ ވިއްސާރައިގެ ތެރޭގައި އެ ދިރިއުޅުން އެފުށް މިފުށަށް ޖެހިގެން ދަނީ ހިނދުކޮޅެއްގެ ތެރޭގައެވެ. ބޮޑުވެގެން އަންނަ ފެންގަނޑު ގޭތެރެއަށް އޮއްސާލާ، މުޅި ދިރިއުޅުން ފެނުއަޑިއަށް ޣަރަޤުވެގެން ދަނީ ބަލަބަލާ ހުއްޓާއެވެ. އެއީ ތަޤުދީރުގައި އޮތް ކަމަށް ބުނެ، ދެ އަތް އުރާލައިގެން ހުރެވޭކަށް ނެތެވެ. ޙާލަތު ބަދަލު ކުރަން މަސައްކަތް ކުރުމުގެ ޒިންމާ އޮތީ އަމިއްލަ މީހާގެ އަތް މަތީގައެވެ. އެކަން ދަނެ، މި ދެންނެވި ފަދަ، ހިނދުކޮޅެއްގެ ތެރޭގައި ދިރިއުޅުން ޣަރަޤުކޮށްލަނިވި ހާދިޘާތަކުން ދިފާޢު ހޯދި އެކަކީ އިންގްލަންޑްގެ ވޫސްޓަރއަށް ނިސްބަތްވާ ނިކް ލަޕްޓަންއެވެ.

މި ދުވަސްވަރަކީ އިނގިރޭސިވިލާތަށް އާދަޔާ ޚިލާފު ގަދައަށް ވިއްސާރަކޮށް، ފެންބޮޑުވުމުގެ ހާދިޘާތައް ސިލްސިލާ ގޮތެއްގައި ހިނގަމުންދާ ދުވަސްވަރެކެވެ. ގަދަ ވިއްސާރައާއެކު ބޮޑުވެފައިވާ ފެންގަނޑުގެ ތެރޭގައި އެތައް ބަޔަކު ޙާލުގައި ޖެހިފައި ވާ އިރު، އެންމެ ހަމަޖެހިލައިގެން އެކަކީވެސް ނިކްއެވެ. ނިކްގެ ގެއަކަށް ފެނެއް ނުވަދެއެވެ. ވަށައިގެން އޮތް މުޅި ސަރަޙައްދު އޮތީ ފެނު އަޑީގައެވެ. އެއީ ކީއްވެ ހެއްޔެވެ؟ ނިކްގެ ގެއަށް ފެން ނުވަނީ ކީއްވެ ހެއްޔެވެ؟

ރައްކާވެ ތިބިއްޔާ ދަތުރޭ ބުނާ އުސޫލުން ނިކް ހުރީ ކިތަންމެ ހާ ރަނގަޅަކަށްވެސް ތައްޔާރު ވެގެންނެވެ. ފެން ބޮޑުވުމުގެ ޙާދިޘާތަކުން ސަލާމަތްވުމަށް ދިފާޢީ ކިއްލާއެއް، އޭނާ ދިރިއުޅެމުންދާ ގޭގެ ވަށައިގެން ބިނާ ކުރީ އަމިއްލަ ޒިންމާއެއް ކަމުގައި ދެކިގެންނެވެ. ރިވަރ ސެވަރންއާ އިންވެގެން ކަހަލަ ގޮތަކަށް ދިރިއުޅެމުންދާ ނިކްއަކީ އިންޖިނޭރުކަމުގެ މަސައްކަތުން ރިޓަޔަރކޮށްފައި ހުރި މީހެކެވެ. އޭނާ ދިރިއުޅެމުންދާ ގެ ވަށައިގެން، ފެނުން ދިފާޢުވާނެ ނިޒާމެއް ބިނާ ކުރުމަށް ނިކް ނިންމީ، ފެންބޮޑުވުމުގެ 9 ހާދިޘާއެއްގެ ހިތްދަތި ކަން، ޚުދު އޭނާވެސް ތަޙައްމަލު ކުރުމަށް ފަހުގައެވެ.

ނިކް ދިރިއުޅެމުންދާ ގެ ވަށައިގެން، ފެނުން ދިފާޢުވާނެ 'ބޮޑު ފާރެއް' ބިނާކޮށް ނިންމާލުމަށް، 6 މަސް ދުވަހަށް ވުރެ ގިނަ ދުވަސް ހޭދަ ކުރިއެވެ. ފެނުން ދިފާޢުވާ ނިޒާމުގެ މަސައްކަތް މުޅިން ނިންމާލެވުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ނިޒާމުގެ ފުރަތަމަ އިމްތިޙާނާ ކުރިމަތިލާކަށް މާ ގިނަ ދުވަހެއް ނުނެގިއެވެ. އޮކްޓޯބަރ މަސް ވީ، ފެންބޮޑުވުމުގެ ހާދިޘާއަކާ ކުރިމަތިލާން ޖެހުނު މަހަކަށެވެ.

މިހާރު އިނގިރޭސިވިލާތަށް ކުރަމުން ދާ ގަދަ ވިއްސާރައަކީ 2 ވަނަ އިމްތިޙާނެވެ. ނިކް ބުނާ ގޮތުގައި، މިހާރު ބޮޑުވެފައި މިންވަރަށް ފެންބޮޑުވެފައި ވާތީ އޭނާގެ ޙަޔާތުގައި އަދި މިހާތަކަށް ދުވަހަކުވެސް ތަޖުރިބާ ކުރެވިފައެއް ނެތެވެ.

އިނގިރޭސިވިލާތަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރައާއި، ވިއްސާރައާ ގުޅިގެން ހިނގަމުންދާ ފެންބޮޑުވުމުގެ ހާދިޘާތަކާ ގުޅިގެން އެތައް ގެއްލުމަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ. ގިނަ ޢަދަދެއްގެ ބަޔަކަށް ވަނީ އަމިއްލަ ގެދޮރު ދޫކޮށް، ރައްކާތެރި ހިސާބުތަކަށް ދިރިއުޅުން ބަދަލު ކުރަންވެސް މަޖުބޫރުވެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

19 އެޕްރީލު 2018

ބަންސާލީގެ ކުރިއަށް އޮތް ފިލްމަށް ރިތިކް ރޯޝަން؟

19 އެޕްރީލު 2018
ބަންސާލީގެ ކުރިއަށް އޮތް ފިލްމަށް ރިތިކް ރޯޝަން؟
28 ޑިސެމްބަރު 2017

އައިޝްވަރިޔާގެ ކުރިއަށްއޮތް ފިލްމުން ފެނިގެންދާނީ ޑަބަލް ރޯލުން

28 ޑިސެމްބަރު 2017
އައިޝްވަރިޔާގެ ކުރިއަށްއޮތް ފިލްމުން ފެނިގެންދާނީ ޑަބަލް ރޯލުން
25 ނޮވެމްބަރު 2017

ޕަދްމަވަތީއަށް އޮތް ތާއީދު ހާމަކުރުމަށް އިންޑިއާގެ ފިލްމް ސެޓުތައް ހުއްޓުމަކަށް!

25 ނޮވެމްބަރު 2017
ޕަދްމަވަތީއަށް އޮތް ތާއީދު ހާމަކުރުމަށް އިންޑިއާގެ ފިލްމް ސެޓުތައް ހުއްޓުމަކަށް!
23 ޖޫން 2017

އިންސާނެއްގެ ސިފަޔަށް އޮތް ކަންބަޅިއެއް އުފަންވުމާއެކު ދެކުނު އެފްރިކާ މީހުން ބިރުގަނެއްޖެ!

23 ޖޫން 2017
އިންސާނެއްގެ ސިފަޔަށް އޮތް ކަންބަޅިއެއް އުފަންވުމާއެކު ދެކުނު އެފްރިކާ މީހުން ބިރުގަނެއްޖެ!
20 އެޕްރީލު 2017

ވިހާފައި މަރާލަން ވަޅުލާފައި އޮތް ކުއްޖަކު 3 ދުވަސް ފަހުން ދިރި އޮއްވާ ކޮނެގެން ނަގައިފި

20 އެޕްރީލު 2017
ވިހާފައި މަރާލަން ވަޅުލާފައި އޮތް ކުއްޖަކު 3 ދުވަސް ފަހުން ދިރި އޮއްވާ ކޮނެގެން ނަގައިފި
28 މާރިޗު 2017

ގެއްލިގެން ހޯދި މީހާ ފެނުނީ ބޮޑު ހަރުފައެއްގެ ބަނޑުތެރެއިން

28 މާރިޗު 2017
ގެއްލިގެން ހޯދި މީހާ ފެނުނީ ބޮޑު ހަރުފައެއްގެ ބަނޑުތެރެއިން
22 މާރިޗު 2017

ދަރިފުޅު ފެނުމުން ހީކުރީ އެއީ އޭލިއަން އެއް ކަމަށް: މަންމަ

22 މާރިޗު 2017
ދަރިފުޅު ފެނުމުން ހީކުރީ އެއީ އޭލިއަން އެއް ކަމަށް: މަންމަ
13 މާރިޗު 2017

ގޭމް އޮފް ތްރޯންސް: ކުރިޔަށް އޮތް ސީޒަންގައި އެޑް ޝީރާން ފެންނާނެ

13 މާރިޗު 2017
ގޭމް އޮފް ތްރޯންސް: ކުރިޔަށް އޮތް ސީޒަންގައި އެޑް ޝީރާން ފެންނާނެ
08 މާރިޗު 2017

ލަންޑަނުގައި އޮތް ފެޝަން ޝޯއެއްގެ ރޭމްޕަށް އެރުމަށް އެންމެ ފަހު ވަގުތު ބިޕާޝާ ދެކޮޅު ހަދައިފި

08 މާރިޗު 2017
ލަންޑަނުގައި އޮތް ފެޝަން ޝޯއެއްގެ ރޭމްޕަށް އެރުމަށް އެންމެ ފަހު ވަގުތު ބިޕާޝާ ދެކޮޅު ހަދައިފި
23 ޖެނުއަރީ 2017

ވޮޝިންޓަންގައި ކުރިއަށްދިޔަ "ވިމެންސް މާޗް" އަށް ޕްރިޔަންކާގެ ސަޕޯޓު އޮތްކަން ހާމަކޮށްފި

23 ޖެނުއަރީ 2017
ވޮޝިންޓަންގައި ކުރިއަށްދިޔަ "ވިމެންސް މާޗް" އަށް ޕްރިޔަންކާގެ ސަޕޯޓު އޮތްކަން ހާމަކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް