Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލް-އީރާން ހަނގުރާމަ

އިނގިރޭސިވިލާތުގެ ޖެޓްތައް ގަލްފަށް - ހަނގުރާމައިގައި އިނގިރޭސި ވިލާތުން އިސްރާއީލަށް އެހީވާނެ ކަމަށް ބުނެފި

އިނގިރޭސިވިލާތުން ހަނގުރާމަ މަތީ ޖެޓު ތަކާއި އަސްކަރީ އާލާތްތައް ގަލްފް ސަރަހައްދަށް ފޮނުވަނީ

ރާއްޖެ އެމްވީ | 15 ޖޫން 2025 | އާދީއްތަ 12:16
އިނގިރޭސިވިލާތުގެ ޗާންސެލަރ އޮފް ދަ އެކްސްޗެކަރ ރޭޗަލް ރީވްސް ޕާލަމެންޓްގެ ޖަލްސާއެއްގައި

އިނގިރޭސިވިލާތުގެ ޗާންސެލަރ އޮފް ދަ އެކްސްޗެކަރ ރޭޗަލް ރީވްސް ޕާލަމެންޓްގެ ޖަލްސާއެއްގައި

އީރާނާ އިސްރާއީލާ ދެމެދު ހިނގާ ހަނގުރާމައިގައި އިސްރާއީލަށް އެހީތެރިީތެރިވެދާނެކަމުގެ އިޝާރާތެއް އިނގިރޭސިވިލާތުގެ މާލީ ވަޒީރު ދެއްވައިފިއެވެ.

ހަނގުރާމައިގައި އިސްރާއީލަށް އެހީތެރި ވެވިދާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ނަމަވެސް މެދުއިރުމަތީ ސަރަޙައްދަށް އިތުރު ހަނގުރާމަމަތީ ޖެޓް މަތިންދާބޯޓު ފޮނުވުމަށް ނިންމާފައިވަނީ މައިގަނޑު ގޮތެއްގައި އެ ގައުމުގެ އަސްކަރީ މަރުކަޒުތަކާއި މުވައްޒަފުން ރައްކާތެރި ކުރުމަށް ކަމަށް އިނގިރޭސި މާލީ ވަޒީރު ރޭޗެލް ރީވްސް އާދީއްތަ ދުވަހު ވިދާޅުވެފައިވެއެވެ.

އިސްރާއީލާއި އީރާނުން އާދީއްތަ ދުވަހުގެ ފަތިހު ވަނީ އެއްބަޔަކު އަނެއްބަޔަކަށް އަލުން ވަރުގަދަ ހަމަލާތަކެއް ދީފައެވެ.

އިސްރާއީލުން މިހާތަނަށް ދީފައިވާ ހަމަލާތަކަކީ ކުރިއަށް އޮތް ދުވަސްތަކުގައި އީރާނަށް ފެންނާނެ ހަމަލާތަކާ އަޅާބަލާ އިރު އެއްޗެއް ނޫން ކަމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހާމަ ކޮށްފައިވެއެވެ.

ސްކައި ނިއުސް އަށް ވާހަކަ ދައްކަވަމުން ރީވްސް ވިދާޅުވީ، މި ހަނގުރާމަ ހުއްޓާލުމަށް އިނގިރޭސި ވިލާތުން ގޮވާލާ ކަމަށާއި، އެ ސަރަޙައްދަށް އިތުރު ޖެޓް މަތިންދާބޯޓު ފޮނުވަނީ "ރައްކާތެރިކަމުގެ ގޮތުން އެޅި ފިޔަވަޅެއް" ގެ ގޮތުގައި ކަމަށެވެ.

އިސްރާއީލަށް އެހީތެރިވުމަށް އެދިއްޖެ ނަމަ އިނގިރޭސި ވިލާތުން އެކަން ކުރާނެތޯ ސުވާލު ކުރުމުން ރީވްސް ވިދާޅުވީ، "ކުރީގައި ވެސް އިސްރާއީލަށް މިސައިލް ހަމަލާ އައިސްފައި ވާއިރު އިނގިރޭސި ވިލާތުން އެހީތެރި ވެފައި ވާނެ" ކަމަށެވެ.

އަދި އިތުރަށް ވިދާޅުވީ، އަސްކަރީ އެސެޓްތައް ފޮނުވަނީ "އިނގިރޭސި ވިލާތުގެ މަސްލަހަތު ރައްކާތެރިކުރުމަށާއި އަދި އެކުވެރިންނަށް އެހީތެރިވުމަށް" ކަމަށެވެ.

އިނގިރޭސި ވިލާތުން ވަނީ ފާއިތުވި އަހަރު އީރާނުން އިސްރާއީލަށް ދިން މިސައިލް ހަމަލާތަކުން އިސްރާއީލް ރައްކާތެރިކުރުމުގައި ބައިވެރިވެފައެވެ.

އޭޕްރީލް މަހު އިނގިރޭސިވިލާތުގެ މަތިންދާ ބޯޓުތަކުން ވަނީ އިސްރާއީލަށް ދަތުރު ކުރަމުން ދިޔަ އީރާނުގެ ޑްރޯންތަކެއް ވައްޓާލާފައެވެ. އަދި އޮކްޓޯބަރު މަހު އިނގިރޭސި ވިލާތުން ބުނެފައި ވަނީ އެ ޤައުމުގެ ދެ ޖެޓާއި އެއަރ-ޓު-އެއަރ ރީފިއުލިންގ ޓޭންކަރެއް އީރާނުގެ މިސައިލްތައް ހުއްޓުވުމުގެ މަސައްކަތުގައި ބައިވެރިވެފައިވާ ކަމަށެވެ. ނަމަވެސް މި ޖެޓްތަކުން އެއްވެސް އަމާޒަކަށް ހަމަލާދީފައި ނުވާނެ ކަމަށް ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

31 މާރިޗު 2017

ސްކޮޓްލެންޑްގެ މިނިވަންކަމުގެ ވޯޓު ނެގުމުގެ ހުއްދައަށް އިނގިރޭސި ސަރުކާރުގެ ކިބައިން ރަސްމީކޮށް އެދެފި

31 މާރިޗު 2017
ސްކޮޓްލެންޑްގެ މިނިވަންކަމުގެ ވޯޓު ނެގުމުގެ ހުއްދައަށް އިނގިރޭސި ސަރުކާރުގެ ކިބައިން ރަސްމީކޮށް އެދެފި
23 މާރިޗު 2017

އިނގިރޭސި ވިލާތުގެ ޕާލިމަންޓުގެ ކައިރީގައި ދިން ހަމަލާ: ފަސް މަރު، މަދުވެގެން 40 މީހުން ޒަޚަމް

23 މާރިޗު 2017
 އިނގިރޭސި ވިލާތުގެ ޕާލިމަންޓުގެ ކައިރީގައި ދިން ހަމަލާ: ފަސް މަރު، މަދުވެގެން 40 މީހުން ޒަޚަމް
22 މާރިޗު 2017

އިނގިރޭސި ޕާލިމެންޓަށް ދިން ހަމަލާ: މިހާތަނަށް ލިބިފައިވާ މައުލޫމާތު

22 މާރިޗު 2017
އިނގިރޭސި ޕާލިމެންޓަށް ދިން ހަމަލާ: މިހާތަނަށް ލިބިފައިވާ މައުލޫމާތު
18 މާރިޗު 2017

އިނގިރޭސި ވިލާތުގެ ކޮމިއުނިކޭޝަންސް އިންޓެލިޖެންސް އޭޖެންސީން ޓްރަމްޕްގެ ތުހުމަތު ދޮގުކޮށްފި

18 މާރިޗު 2017
އިނގިރޭސި ވިލާތުގެ ކޮމިއުނިކޭޝަންސް އިންޓެލިޖެންސް އޭޖެންސީން ޓްރަމްޕްގެ ތުހުމަތު ދޮގުކޮށްފި
28 ފެބުރުއަރީ 2017

އިނގިރޭސިވިލާތުގައި އުޅޭތާ 30 އަހަރާ ގާތްވެފައިވާ އަންހެނަކު ޑީޕޯޓުކޮށްފި

28 ފެބުރުއަރީ 2017
އިނގިރޭސިވިލާތުގައި އުޅޭތާ 30 އަހަރާ ގާތްވެފައިވާ އަންހެނަކު ޑީޕޯޓުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު