މި ދަތުރުފުޅުގައި އިނގިރޭސިވިލާތާއި ދިވެހި ރާއްޖޭގެ ދެމެދުގެ ޢިލްމީ، އިޤްތިޞާދީ އަދި ސިޔާސީ ގުޅުން ބަދަހިކުރުމުގެ ގޮތުން މުހިންމު ބައްދަލުކުރެއްވުންތަކެއް ރޭވިފައިވާ ކަމަށް ބުނޭ


ރަސްމީ ދަތުރެއްގައި ރައީސް ޑރ މުއިއްޒު އިނގިރޭސިވިލާތައް ފުރާވަޑައިގަތުން - 15 ޖުލައި 2025
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އަންގާރަ ދުވަހު އިނގިރޭސިވިލާތަށް ފުރާވަޑައިގެންފިއެވެ.
މުއިއްޒުގެ އަރިހުގައި ރާއްޖޭގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
ރައީސް އޮފީހުން ބުނީ މި ދަތުރުފުޅަކީ "މަތީ ފަންތީގެ ބައްދަލުކުރެއްވުންތަކަކާއި ހަރަކާތްތަކެއްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް؛" ކަމަށެވެ.
މި ދަތުރުފުޅުގައި، ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭ ބައްދަލުކުރެއްވުންތަކެއްގައި މުއިއްޒު ބައިވެރިވެވަޑައިގަންނަވާނެ ކަމަށާއި، އަދި މި ބައްދަލުކުރެއްވުންތަކުގައި ސަރުކާރު ހިންގުމާއި، މޫސުމީ އަދި ތިމާވެއްޓާ ގުޅުންހުރި މައްސަލަތަކުގެ އިތުރުން ވިޔަފާރި އާއި ވުނަކުރުމާއި ތަޢުލީމީ ދާއިރާގައި އިތުރަށް އެއްބާރުލުންދިނުމާ މެދު މަޝްވަރާކުރެވޭނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.
މީގެ އިތުރުން، ލަންޑަންގައި ބާއްވާ ބިޒްނަސް ފޯރަމެއްގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ ސަބަބުން، އެއް ޤައުމުން އަނެއް ޤައުމަށް ކުރާ އިޙުތިރާމާއި އިތުބާރުގެ ތަރަހައިގެ މަތީގައި ބިނާކޮށްފައިވާ، ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތުގެ ގުޅުން، އިތުރަށް ބަދަހިވެގެންދާނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.
ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު ރަސްމީ ސިފައެއްގައި ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުގައެވެ. މި އަހަރަކީ، ދެ ޤައުމުގެ ޚާރިޖީ ގުޅުމަށް 60 އަހަރު ފުރޭ އަހަރެވެ.
މިއީ މިއަހަރުގެ ތެރޭގައި ރައީސް މުއިއްޒު އިނގިރޭސިވިލާތައް ކުރައްވާ ރަސްމީ ދެވަނަ ދަތުރުފުޅެވެ. މި އަހަރުގެ އެޕްރީލް މަހު ރައީސް މުއިއްޒު ވަނީ ލިވަރޕޫލް އެފްސީ އާއެކު ފަތުރުވެރިކަމުގެ ދާއިރާ އިން ރާއްޖެ ޕްރޮމޯޓު ކުރުމުގެ ކެމްޕޭން އެއް ގައި ބައިވެރިވެ ވަޑައިގަތުމަށް ލިވަޕޫލް އަށް ވަޑައިގަނެފައެވެ.
ހުސްވި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ވެސް ރައީސް މުއިއްޒު ވަނީ އަނބިކަނބަލުންނާ އެކު އިނގިރޭސިވިލާތައް ނުރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ.