Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެ - އިންޑިއާ

ބޮޑުވަޒީރު މޯދީއަށް ފާޑުކީ ނައިބުންނާއި މެދު އެޅީ އެކަށީގެންވާ ފިޔަވަޅެއް ނޫން، ރަސްމީ ސިފައެއްގައި މަޢާފަށް އެދެން ޖެހޭ - އީވާ

މިކަމާއި މެދު ސަރުކާރުން ރަސްމީ ބަހެއް ނުބުނެ ތިބުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އީވާ ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 8 ޖެނުއަރީ 2024 | ހޯމަ 08:45
އީވާ އަބްދުﷲ

އީވާ އަބްދުﷲ

ބޮޑުވަޒީރު މޯދީއަށް ފާޑުކީ ނައިބުންނާއި މެދު އެޅީ އެކަށީގެންވާ ފިޔަވަޅެއް ނޫން ކަމަށާއި ރަސްމީ ސިފައެއްގައި މަޢާފަށް އެދެން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

އީވާ އެފަދައިން ވިދާޅުވީ އިންޑިއާ ޓުޑޭ އަށް ހޯމަ ދުވަހު ދެއްވި ބަސްތީގަތުމެއްގައެވެ. އާދިއްތަ ދުވަހު ތިން ނައިބު ވަޒީރަކު ސަސްޕެންޑްކޮށްފައިވަނީ އިންޑިޔާގެ ބޮޑުވަޒީރަށް ސިދާ އަމާޒުކޮށް، އިސްރާއީލުގެ ޕަޕެޓު، ޖޯކު އަދި އިންޑިޔާ އަކީ ހަޑި ގައުމެއްގެ ގޮތުގައި ސިފަކުރައްވާ ގޯސް ވާހަކަތަކެއް ދެއްކެވުމާ ގުޅިގެންނެވެ. އެކަމާއި ގުޅިގެން އިންޑިއާ ސަރުކާރުގެ އިސް ފަރާތްތަކާއި އިންޑިއާގެ ފަންނާނުން ދަނީ ރާއްޖޭގެ ސަރުކާރަށް ނިސްބަތްވާ ބަޔަކު އެފަދަ ކަމެއް ކުރުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށް ބުނެފައެވެ. އަދި އިންޑިއާގައި ބޮއިކޮޓް ރާއްޖެ ކެމްޕެއިނެއް ވަނީ ފަށާފައެވެ.

Advertisement - newsAdvertisement

އެކަމަށް އިޝާރާތްކުރައްވާ ވާހަކަދައްކަވަމުން އީވާ ވިދާޅުވީ ކަންބޮޑުވަނީ ފަންނާނުން ރާއްޖެ އަށް ކުރިއަށް އޮތްތަނުގައި ނައިސްދާނެތީ ނޫން ކަަމަށެވެ. އަދި ރާއްޖެ އަކީ ގިނަ އަދަދެއްގެ ފަތުރުވެރިން އިންޑިއާއިން އަންނަ ޤައުމެއް ކަމަށާއި ޚާއްސަކޮށް ކޮވިޑްގެ ދުވަސްވަރު އަލުން ރާއްޖޭގެ ބޯޑަރތައް ހުޅުވާލުމުން އެންމެ ފުރަތަމަ ރާއްޖެ އައި ފަތުރުވެރިންނަކީ އިންޑިއާ ފަތުރުވެރިންކަން އީވާ ފާހަގަކުރެއްވިއެވެ.

އަދި އިންޑިއާ އަކީ ރާއްޖޭގެ އެންމެ ގާތް ރަހުމަތްތެރިޔާ ކަމަށް ބުނެވިދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ރާއްޖޭގެ ސިޔާސީ ޕާޓީތަކުން ވެސް ގޮވާލަމުން ދަނީ މިހާރު ސަރުކާރުން ނައިބު ވަޒީރުންނާއި މެދު އެޅި ސަސްޕެންޝަންގެ ފިޔަވަޅަކީ އެކަށީގެންވާ ފަދަ ފިޔަވަޅެއް ނޫން ކަމަށް އީވާ ވިދާޅުވިއެވެ. އީވާ ވިދާޅުވީ މިއީ ވަރަށް ލަދުވެތިކަމެއް ކަމަށާއި މިއީ ރާއްޖޭގެ އާއްމު ރައްޔިތުން ވެސް ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ.

މިކަމާއި މެދު ސަރުކާރުން ރަސްމީ ބަހެއް ނުބުނެ ތިބުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް އީވާ ވަނީ ވިދާޅުވެފައެވެ. އީވާ ވިދާޅުވީ މިއީ އިންޑިއާ ސަރުކާރުގެ އިސް ވެރިންތަކަކާއި މެދު ރާއްޖޭގެ އެއްވެސް ސަރުކާރެއްގެ ރެޕްރެޒެންޓޭޓިވުންތަކެއް ވާހަކަދައްކައިގެންވާނެ ގޮތެއް ނޫން ކަމަށް އީވާ ވިދާޅުވިއެވެ. އަދި ރާއްޖޭގެ ސަރުކާރުގެ މިސްރާބު މިކަމުގައި ބަދަލުވާން ޖެހޭ ކަމަށް އީވާ ވަނީ ވިދާޅުވެފައެވެ. އީވާ ވަނީ ރާއްޖެ އަށް އިންޑިއާ އާއި އެއްކޮށް ގުޅުން ކަނޑާ ނުލެވޭނެ ކަަމަށާއި އެއީ ރާއްޖެ އަށް އެފޯޑްކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

މި ސަރުކާރު ވެރިކަމަށް އައި އިރު ވެސް އިންޑިއާ އާއި ދެކޮޅު ފިކުރު ފެނިގެން ދިޔަ ކަމަށާއި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރ ފެންވަރުގެ މީހުންގެ ބަސްމަގުން މިހާރު ފެނިގެން ދަނީ އެ ފިކުރުގެ ނަތީޖާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ
19 ފެބުރުއަރީ 2017

ޖައިލަމް ފެނުމާ މެދު އޮތީ 50 ޕަސަންޓްގެ އުއްމީދެއް: އެމްއެންޑީއެފް

19 ފެބުރުއަރީ 2017
ޖައިލަމް ފެނުމާ މެދު އޮތީ 50 ޕަސަންޓްގެ އުއްމީދެއް: އެމްއެންޑީއެފް
18 ފެބުރުއަރީ 2017

ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް

18 ފެބުރުއަރީ 2017
ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް
16 ފެބުރުއަރީ 2017

ޙައްގުތަށް ހޯދަން ހިޔާރުކުރާ މަގާމެދު ވިސްނާލަންޖެހޭ: ރައީސް ޔާމީން

16 ފެބުރުއަރީ 2017
ޙައްގުތަށް ހޯދަން ހިޔާރުކުރާ މަގާމެދު ވިސްނާލަންޖެހޭ: ރައީސް ޔާމީން
15 ފެބުރުއަރީ 2017

އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުދައެރުމުގެ އިންޒާރު ދީފި

15 ފެބުރުއަރީ 2017
އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުދައެރުމުގެ އިންޒާރު ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު