Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ސަސްޕެންޝަނަކުން ނުފުދެއެވެ. ވަކިކުރާށެވެ.

8 ޖެނުއަރީ 2024 | ހޯމަ 02:19

މި އަމަލާއި ގުޅިގެން ސަރުކާރުން ދިނީ ފިނި ޖަވާބެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 8 ޖެނުއަރީ 2024 | ހޯމަ 02:19
ރައީސް މުއިއްޒު އަދި އިންޑިއާ ބޮޑުވަޒީރަށް ފުރައްސާރަކުރި 3 ނައިބުން

ރައީސް މުއިއްޒު އަދި އިންޑިއާ ބޮޑުވަޒީރަށް ފުރައްސާރަކުރި 3 ނައިބުން

އިންޑިއާ އާއި ދިވެހިރާއްޖެއަކީ ސަގާފީ ގޮތުންނާއި، ތާރީޚީ، އަދި ޖިއޮގްރަފިކަލް ގުޅުންތަކުގެ ތެރޭގައި ބިނާވެފައިވާ ގާތް އެކުވެރި ދެ ގައުމެވެ. މި ދެގައުމަކީ ވެސް އިންޑިއާ ކަނޑުގައި އޮންނަ ދެގައުމުކަމަށްވާއިރު، މި ސަރަހައްދުގައި އެއް ސްޓްރެޓެޖިކް މަސްލަހަތުތަކެއް ހިއްސާކުރާ ދެ ގައުމު ވެސްމެއެވެ. އިންޑިއާއާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ގުޅުމަކީ އިގްތިސާދީ އެއްބާރުލުން، ދިފާއީ އަދި ސަލާމަތާއި، ފަތުރުވެރިކަމާއި، ސަގާފީ ބަދަލުކުރުން ފަދަ އެކި ދާއިރާތައް ހިމެނޭ ގުޅުމެކެވެ.

ފަތުރުވެރިކަމަކީ ދިވެހިރާއްޖޭގެ އިޤްތިޞާދުގެ މުހިއްމު ދާއިރާއަށްވާއިރު، ކޮންމެ އަހަރަކުވެސް އިންޑިއާއިން ގިނަ އަދަދެއްގެ ފަތުރުވެރިން ދިވެހިރާއްޖޭއަށް ޒިޔާރަތްކުރެއެވެ. ސަގާފީ އެއްގޮތްކަމާއި ގާތްކަމުން ދިވެހިރާއްޖެއަކީ އިންޑިއާގެ ފަތުރުވެރިންނަށް ޝައުގުވެރިވާ މަންޒިލެކެވެ. ދެޤައުމުގެ ރައްޔިތުންނާއި ދެމެދުވެސް ގުޅުން އޮންނައިރު، ދިވެހިރާއްޖޭގައި ދިރިއުޅޭ އަދި މަސައްކަތްކުރާ ގިނަ ދިވެހިންތަކެއް ތަޢުލީމާއި، ސިއްޙަތާއި، ފަތުރުވެރިކަން ފަދަ އެކި ދާއިރާތަކަށް ޙިއްޞާކުރެއެވެ.

ނަމަވެސް ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު ނުވަތަ ސިޔާސީ ހިޔާލު ތަފާތުވުންތަކާއި ގުޅިގެން އާންމު ރައްޔިތު މީހާއަށް ދުއްތުރާތައް ދިމާވާނެ ގޮތަކަށް ސަރުކާރުގެ އިސް ފަރާތްތަކުން އަމަލުކުރުމަކީ ބަލައިގަނެވޭނެކަމެއް ނޫނެވެ. ވަކިން ހާއްސަކޮށް ވިސްނުމެއް ނެތި ހިޔާލުފާޅުކުރުމުގެ މިނިވަންކަމޭ ކިޔައިގެން ސަރުކާރު ތަމްސީލުކުރާ ބަޔަކު އެކަން ކުރުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

ގަބޫލުކުރަންޖެހޭ ހަގީގަތަކީ އިންޑިއާގެ އެހީ ނުލިބޭނަމަ ދިވެހިންނަށް ދަތިވާނެ ކަމެވެ. އިންޑިއާއިން ދިވެހިން މަދަދުއެދޭ އެތަކެއް ކަމެއް އޮވެއެވެ. އެއީ ކާނާއާއި ބޭސްފަރުވާކަމުގައި ވިޔަސް އަދި ސަލާމަތާއި ހަމަޖެހުންކަމުގައިވިޔަސްމެއެވެ. ނަމަވެސް މިކަންކަމާއި މެދު ވިސްނުމަށްވުރެ ތިމާގެ އީގޯ ބޮޑުވެއްޖެނަމަ ދެން ވާނެ ހައެއްޗެއް މިއަދު މިވަނީ ވެފައެވެ. މިކަން ކުރީ ސީދާ ރާވައިގެން އަޑީގައި ތިބެގެންނެވެ.

އިންޑިޔާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީއާއި އިންޑިއާ އަދި އިންޑިއާގެ އާދަކާދައަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑްކުރުމަކުން ނުފުދެއެވެ. އެފަދަ ދަށު ދަރަޖައިގެ އަމަލުތައް ކޮށް ރައްޔިތުންނަށް ގެއްލުންދޭނަމަ އެމީހުންނަށް ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަ ދިނުން ހުއްޓާލަންޖެހެއެވެ. ވަޒީފާއިން ވަކިކުރަން ޖެހެއެވެ. ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ތިބެ، ތިމާގެ އަމިއްލަ ގޯތި ގެދޮރުގައި އުޅޭ ގޮތަށް ސަރުކާރުގައި އުޅުމުގެ ފުރުސަތުދީގެން ނުވާނެއެވެ.

އާދިއްތަ ދުވަހު ތިން ނައިބު ވަޒީރަކު ސަސްޕެންޑްކޮށްފައިވަނީ އިންޑިޔާގެ ބޮޑުވަޒީރަށް ސިދާ އަމާޒުކޮށް، އިސްރާއީލުގެ ޕަޕެޓު، ޖޯކު އަދި އިންޑިޔާ އަކީ ހަޑި ގައުމެއްގެ ގޮތުގައި ސިފަކުރައްވާ ގޯސް ވާހަކަތަކެއް ދެއްކެވުމާ ގުޅިގެންނެވެ. ނަމަވެސް ރާއްޖެ ގަބޫލުކުރާ ހަމަތަކާއި ޑިޕްލޮމަސީއާއި އަވަށްޓެރިންނަށް އިހްތިރާމްކުރާ އާދަކާދަ ނުގެންގުޅޭނަމަ މި ތިން ބޭފުޅުން މިހާރުން މިހާރަށްވީ މަގާމުން ވަކިކުރާށެވެ. އެންމެ ދުވަހެއްވެސް ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަ ދީގެން ބައިތިއްބާނެ ކަމެއް ނެތެވެ. މިއީ ދިވެހިންނަށް އޮތް ހުތުރެކެވެ.

އަދި މިއާއެކު ސަރުކާރުން ފިނިގޮތަކަށް މިކަންކަން ނިންމާލަށް އުޅުމަކީ މި ސަރުކާރުގެ ނާގާބިލުކަމާއި، ބައިނަލްއަގުވާމީ ގުޅުމާއި، ސަރަހައްދީ ހަމަޖެހުމަށް އިހްތިރާމްނުކޮށް ދޫކޮށްލުމެވެ. މައްސަލަ ހޫނުވެ ރައްޔިތުން މިއަދު ރުޅިއެރުވުމުން ކުރު ބަޔާނަކުން ހުރިހާކަމެއް ސަރުކާރުން ނިންމާލުމަކީވެސް އުސޫލެއް ނޫނެނެވެ. މިފަދަ ދަށު ދަރަޖައިގެ އަމަލުކުރާ ފަރާތްތައް މަގާމުގައި ހިނދުކޮޅަކަށް ވެސް ބަހައްޓައިގެން ނުވާނެއެވެ.

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ތިން މިނިސްޓްރީގައި އަލިފާން ރޯވިތާ 1 އަހަރު: މައުލޫމާތު ހާމަނުކޮށް ފޮރުވަން މިއުޅެނީ ކޯއްޗެއް؟

12 ޑިސެމްބަރު 2025
ތިން މިނިސްޓްރީގައި އަލިފާން ރޯވިތާ 1 އަހަރު: މައުލޫމާތު ހާމަނުކޮށް ފޮރުވަން މިއުޅެނީ ކޯއްޗެއް؟
11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
10 ޑިސެމްބަރު 2025

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް
10 ޑިސެމްބަރު 2025

ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!

10 ޑިސެމްބަރު 2025
ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!
09 ޑިސެމްބަރު 2025

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން
08 ޑިސެމްބަރު 2025

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!
07 ޑިސެމްބަރު 2025

އޮކްސިޖަން މެޝިނެއްގެ އެހީ އާއި ނުލާ ދިރިހުރެވެން ނެތް، ސަރުކާރު ގައި އާދޭސް ކުރާތާ އެތައް ދުވަހެއް

07 ޑިސެމްބަރު 2025
އޮކްސިޖަން މެޝިނެއްގެ އެހީ އާއި ނުލާ ދިރިހުރެވެން ނެތް، ސަރުކާރު ގައި އާދޭސް ކުރާތާ އެތައް ދުވަހެއް
07 ޑިސެމްބަރު 2025

ސަނީ އުމަރުގެ ވާހަކަ: ރައްޔިތުންނަށް ކަންބޮޑުވުމާއި ބިރުވެރިކަން ގެނުވާ އެތައް ވާހަކަ އެއް

07 ޑިސެމްބަރު 2025
ސަނީ އުމަރުގެ ވާހަކަ: ރައްޔިތުންނަށް ކަންބޮޑުވުމާއި ބިރުވެރިކަން ގެނުވާ އެތައް ވާހަކަ އެއް
06 ޑިސެމްބަރު 2025

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

06 ޑިސެމްބަރު 2025
އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!
05 ޑިސެމްބަރު 2025

ވާނުވާ ބަންދު އުވާލަން ގަދަބަސް ވިދާޅުވެ ވެރިކަމަށް އަރައިވަޑައިގެން ވިދާޅުވަނީ އެހެން ލަވައެއް

05 ޑިސެމްބަރު 2025
ވާނުވާ ބަންދު އުވާލަން ގަދަބަސް ވިދާޅުވެ ވެރިކަމަށް އަރައިވަޑައިގެން ވިދާޅުވަނީ އެހެން ލަވައެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް