Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އިންޑިޔާއިން ރާއްޖެ ބޮއިކަޓްކުރަން ފެށުން

ޑިޕްލޮމެސީއެއް، އަޚްލާގެއް ނެތް ވެރިންތަކެއްގެ ސަބަބުން އަގު ވެއްޓުނީ ގައުމުގެ، ހުރިހާ ގެއްލުމެއް ދިވެހީންނަށް!

ތިން ނައިބު ވަޒީރު ޓްވިޓާގައި ވާހަކަދެއްކެވި ގޮތުން، ކުރީގެ ސަރުކާރުތަކުގެ އެންމެ އިސްބޭފުޅުންގެ ނުރުހުން މި ސަރުކާރަށް އަމާޒުވެފައިވަނިކޮށް، އެ ބޭފުޅުން ވަނީ ސަސްޕެންޑުކޮށްފައި

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ, ރާއްޖެ އެމްވީ | 7 ޖެނުއަރީ 2024 | އާދީއްތަ 12:35
ރާއްޖޭގެ ތިން ނައިބު ވަޒީރުން

ރާއްޖޭގެ ތިން ނައިބު ވަޒީރުން

މީހަކު "ބާޒާރުމަތީގެ ބަހުރުވަ"އިން ވާހަކަ ދައްކާނަމަ، އެ މީހަކީ ބާޒާރު މަތީގައި އުޅެ ބޮޑުވެފައި ހުރި މީހެކޭ އެހެން މީހުން ބުނެއުޅެއެވެ. އެއީ ބައެއް ޙާލަތްތަކުގައި ބައެއް މީހުން ދެރަކޮށްލުމުގެ ނިޔަތުގައި ވެސް ބުނެއުޅޭ އެއްޗެކެވެ. ނުވަތަ އެ މީހެއްގެ އަޚްލާގީ ފެންވަރު ދެއްކުމަށްޓަކައި ވެސް ބުނެ އުޅޭ ބަހެކެވެ. މިއަދު، ބާޒާރުމަތީގެ މި "ޓްރެންޑް" ސޯޝަލް މީޑިޔާއާ ގުޅުވާލަމާ ހިންގަވާށެވެ. ހަމަ ތަފާތެއް ނެތްތާއެވެ. ބޮޑެތި މަގާމުތަކުގައި، ސަރުކާރުގެ މަތީ ފަނޑީގައި ތިއްބެވި ބޭފުޅުންގެ އަޚްލާގީ ފެންވަރު، ޑިޕްލޮމެސީގެ ފެންވަރު އަދި އަދަބުގެ ފެންވަރު ހުރީ ހަމަ "ބާޒާރު މައްޗާ" މާ ބޮޑު ތަފާތެއް ނެތިއެވެ.

މިކަމެއް މިގޮތުގައި ހިނގާތާ މިއީ ފުރަތަމަ ފަހަރެއް ވެސް ނޫނެވެ. އެހެން ނަމަވެސް، ބައިނަލްއަގުވާމީ ފެންވަރެއްގައި މިކަމެއް ވައިގައި ހިފައި، މިބައެއްގެ ސަބަބުން ރާއްޖޭގެ އަގު މިފަހަރު ވެއްޓުމަކީ، މިކަމެއް މިހާ ބޮޑުވި ސަބަބެވެ. މިކަމެއް ހިނގަން ފެށީ، އިހަކަށް ދުވަހު، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ އިންޑިޔާގެ ލަކްޝަދީބުގެ ރަށްތަކަށް ވަޑައިގެން، އެތަނުގެ ގުދުރަތީ ރީތި ކަމަށް ވަރަށް ތައުރީފުކުރެއްވި ހިސާބުން، އިންޑިޔާގެ ރައްޔިތުން ކުރިފަޅައި، ރާއްޖެ ބޮއިކޮޓް ކުރުމަށް އެދި ގޮވަން ފެށި ހިސާބުންނެވެ.

އެހާ ހިސާބުން މީސްމީޑިޔާގައި ރާއްޖެއާއި އިންޑިޔާއާ ދެމެދު ފެށުނީ ހަނގުރާމައެކެވެ. އޭގެ ތެރޭގައި ޝިކާރައަކަށް ވީ، މި ކުޑަކުޑަ ރާއްޖެއެވެ.

ސަބަބުތަކެއް ވެސް ނެތިއެއް ނޫނެވެ. މޯދީ ލަކްޝަދީޕަށް ވަޑައިގެން، އެކަމާ ގުޅިގެން އިންޑިޔާގެ އެކްޓްވިސްޓުން ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ރާއްޖެ އަކީ "ޗައިނާގެ ޕަޕެޓެއް" ކަމަށް ބުނުމަކީ، އަދި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ހެޔޮ ބުއްދި ފިލައި، ޖަޒުބާތުގައި ޖެހި އަދި އެބޭފުޅުންގެ މަގާމުގެ މަތިން ހަނދާން ނެތެން ޖެހޭ ކަމެއް ނޫނެވެ. ޑިޕްލޮމެސީގެ ރީތި އާދައިގެ މަތިން ވެސް އެކަން ހަމަ މުޙާތަބުކުރެވޭނެ ނޫން ހެއްޔެވެ.

މި ދައްކަނީ، ޒުވާނުންނާ ބެހޭ ވުޒާރާގައި ނައިބުންނަށް ތިއްބަވާ މަރިޔަމް ޝިއުނާ އާއި މަލްޝާ ޝަރީފް އަދި މަހުޒޫމް މާޖިދުގެ ވާހަކައެވެ. ނަސްލީގޮތުން ދިމާކުރުމާއި، މޯދީ އަކީ އިސްރާއީލުގެ "ޕަޕެޓެއް" ކަމުގައި ހާމަކަން ބޮޑު ގޮތެއްގައި ބުނުމަކީ ޑިޕްލޮމަސީތޯއެވެ. ގައުމެއްގެ ވެރިޔަކީ "ޖޯކަރެއް ކަމަށް" އެހެން ގައުމެއްގެ ނައިބު ވަޒީރަކު ޖަޒުބާތުގައި ޖެހި ބުނުމަކީ އެއީ ދިވެހީންގެ ފެންވަރުތޯއެވެ.

މިއީ ވަކިން ޚާއްސަކޮށް، ޝިއުނާ އަދި މަލްޝާ އެފަދަ ގޮތަކަށް، މަގާމެއްގައި ހުންނެވިކަން ހަނދުމަފުޅު ނެތި ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން މަގާމަށް ވަޑައިގެން، މަގާމުގައި ހުންނަވައިގެން މަލްޝާ، ރައީސް ޞާލިހަށް "ޗޯރޭ" ވިދާޅުވެ ޓްވީޓު ވެސް ކުރެއްވި އެވެ. އެހެން ނަމަވެސް ކޮންމެ ފަހަރަކު ވެސް ބޭނުންފުޅުވާ އެއްޗެއް ވިދާޅުވެފައި ދެން އެ ޓްވީޓެއް ޑިލީޓްކުރެއްވުމުން އެބޭފުޅުންނަށް ފުދުނީތާއެވެ.

ހަމަ އަންތަރީސް ވެއްޖެއެވެ. ރާއްޖޭގެ ސިޔާސީ އެންމެ އުހުގައި އުޅުއްވާ ކުރީގެ ރައީސް ނަޝީދު އަދި ކުރީގެ ޚާރިޖީ ވަޒީރު އަދި އދ. ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ފަދަ ބޭފުޅުން، މަލްޝާ، ޝިއުނާ އަދި މަހްޒޫމް މެން ފަދަ ބޭފުޅުންނަށް އަމާޒުކޮށް ޓްވީޓުތައް ކުރައްވާނީ، ކޮންމެވެސް ކަހަލަ ސަބަބުތަކެއް އޭގައި ހުރުމުންތާއެވެ. ރައީސް މުއިއްޒުގެ ސަރުކާރުން އެބޭފުޅުން ދުރުކުރުމަށް ގޮވާލައި، ސަރުކާރުގެ މަސައްކަތްތަކުން މި ދެ ބޭފުޅުން އެކަހެރިކުރުމަށް ޝާހިދު އަދި ރައީސް ނަޝީދުފަދަ ބޭފުޅުން ގޮވާލައްވާނީ ހަމަ ކޮންމެއަކަސް، އެ ނައިބު ވަޒީރުންގެ އުޅުމެއް، ޑިޕްލޮމެސީއެއް ނެތް އަޚްލާގު ފެނިފައިތާއެވެ.

ދަންނަވަންތޯއެވެ. މި ތިން ބޭފުޅުންނާއި، އެ ތިން ބޭފުޅުންގެ އަރިސް ބޭފުޅުންނާއި ޕީއެންސީގެ އިސްކޮށް ހަރަކާތްތެރިވާ ބައެއް ބޭފުޅުންގެ ޑިޕްލޮމެސީއެއް ނެތުމުގެ ނަތީޖާ އަކީ މިއަދު ރާއްޖެއަށް ނުދިޔުމަށް އެދި އިންޑިޔާގެ ރައްޔިތުންގެ އިތުރުން، އިންޑިޔާގެ ބޮޑެތި ފިލްމް ސްޓާރުން ވެސް ގޮވަން ފެށުމެވެ.

ނަސްލީ ގޮތުން ދިމާކުރުން ބަލައިނުގަނެވޭނެ ކަމަށް ބުނެ، އިންޑިޔާގެ ރަށްތަކުގެ ފަތުރުވެރިކަމަށް ހިތްވަރު ދީފައިވަނީ، އިންޑިޔާގެ މަޝްހޫރު އަދި ޓްވިޓާގައި 46 މިލިއަނަށް ވުރެ ގިނަ މީހުން ފޮލޯ ކުރާ އަކްޝޭ ކުމާރެވެ. 45 މިލިއަން މީހުން ފޮލޯ ކުރާ ހުނަރުވެރި އެކްޓަރު ސަލްމާން ޚާންއެވެ. 3.7 މިލިއަން މީހުން ފޮލޯ ކުރާ ޖޯން އަބްރަހަމްއެވެ. ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު އެއް ކްރިކެޓް ކުޅުންތެރިޔާ ކަމުގައިވާ، ޓްވިޓާގައި 39.6 މިލިއަން މީހުން ފޮލޯ ކުރާ ސަޗިން ޓެންޑޫކާއެވެ.

ގަބޫލުކުރިޔަސް، ނުކުރި ނަމަވެސް އެފަދަ ކޮންމެ ޓްވީޓަކީ މި ދިވެހި ރާއްޖެއަށް އޭގެން ބޮޑު ގެއްލުމެއް ލިބޭނެ ކަންކަމެވެ. މިދިޔަ ދެ އަހަރު ވެސް ރާއްޖޭގެ އެއްވަނަ މާކެޓަށް އޮތް އިންޑިޔާ އިން ރާއްޖެއަށް ފަތުރުވެރިން އައުން މަދުވުމަކީ އޭގެ ގެއްލުން ރާއްޖޭގެ ނާޒުކު އިގްތިސާދަށް ކުރާނެ ކަމެކެވެ. އެހެން ކަމުން މިއަދު އަދި އެބޭފުޅުން މަގާމުން ސަސްޕެންޑުކުރެއްވި ނަމަވެސް، އެބޭފުޅުން ފަރާތުން ގައުމަށް ލިބުނު ގެއްލުން ވަޒަން ކުރެވޭނެ ގޮތެއް ނެތެވެ. ރައީސް މުއިއްޒުއަށް އޮތީ، ގައުމީ ވިސްނުމެއްގައި ވިސްނަވައިގެން އެ ބޭފުޅުން މައާފަށް އެދުނުކަމުގެ ސިޓީ ހާމަކަން ބޮޑު ގޮތެއްގައި އާންމުކުރުމެވެ.

ހަމަ އެހެންމެ، ރާއްޖޭގެ ފަތުރުވެރިކަމަށް އައިސްދާނެ ބޮޑު ހަމަލާއަށް ތައްޔާރުވުމެވެ. އެހެން މާކެޓުތަކަށް ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓުކުރުން ވެސް ހިމެނޭގޮތުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިހާބު ނިމުނުތާ ހަފުތާއެއް ވީއިރުވެސް ރައީސްގެ ބަސްފުޅެއް ނެތް!

އިންތިހާބު ނިމުނުތާ ހަފުތާއެއް ވީއިރުވެސް ރައީސްގެ ބަސްފުޅެއް ނެތް!

14 މެއި 2017
ފުވައްމުލަކު ރައްޔިތުން ނިކުމެ ވޯޓު އަޅައި މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމަށް "ފާސްކޮށްފި"!

ފުވައްމުލަކު ރައްޔިތުން ނިކުމެ ވޯޓު އަޅައި މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމަށް "ފާސްކޮށްފި"!

08 މެއި 2017
"އަބުރެއް ނެތް ޕަޕެޓުންގެ ކޮމިޝަން"

"އަބުރެއް ނެތް ޕަޕެޓުންގެ ކޮމިޝަން"

12 އެޕްރީލު 2017
ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް

ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް

07 މާރިޗު 2017
ސިޔާސަތެއް ނެތް ވެރިކަން!

ސިޔާސަތެއް ނެތް ވެރިކަން!

18 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު