Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮރަޕްޝަންގެ އަމަލުތައް ބެލުން

އޭސީސީގެ އަމަލުތައް ހުރިގޮތުން އެ ކޮމިޝަން އޮތީ ކޮރަޕްޝަންގައި ނުޖެހިތޯ ސުވާލު އުފެދޭ: މެންބަރު ސަނީފު

އެމްޑީޕީގެ 13 މެންބަރަކު އެމްޑީޕީ ދޫކޮށް ޕީއެންސީ އަށް ކުއްލި ގޮތަކަށް ބަދަލުވުމުން އާންމުން ސުވާލު އުފައްދާ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 7 ޖެނުއަރީ 2024 | އާދީއްތަ 03:06
ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދައިރާގެ މެންބަރު އަބްދުﷲ ސަނީފް

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދައިރާގެ މެންބަރު އަބްދުﷲ ސަނީފް

އޭސީސީގެ އަމަލުތައް ހުރިގޮތުން އެ ކޮމިޝަން އޮތީ ކޮރަޕްޝަންގައި ނުޖެހިތޯ ސުވާލު އުފެދޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދައިރާގެ މެންބަރު އަބްދުﷲ ސަނީފް ވިދާޅުވެއްޖެއެވެ.

ސަނީފް އެފަދައިން ވިދާޅުވީ ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ދާދި ފަހުން 13 މެންބަރަކު އެމްޑީޕީ ދޫކޮށް ޕީއެންސީ އަށް ކުއްލި ގޮތަކަށް ބަދަލުވުމުން އެކަމާއި މެދު އާއްމުން ވަނީ ވަރަށް ބޮޑަށް ސުވާލު އުފައްދާފައެވެ. އަދި އެ މެންބަރުން ރިޝްވަތު ނެންގެވިކަމަށް މަޖިލީހުގެ މެންބަރުންނާއި އާއްމުން ވެސް ދަނީ ތުހުމަތުކުރަމުންނެވެ. އެކަމާ މެދު ވާހަކަފުޅު ދައްކަވަމުން މެންބަރު ސަނީފް ވިދާޅުވީ މެންބަރުން ގަންނަން ބޮޑެތި އަދަދުތަކުން ފައިސާ ހުށަހެޅި ކަމަށެވެ.

Advertisement - newsAdvertisement

އެކަން އެންޓިކޮރަޕްޝަން ކޮމިޝަނުން ވެސް ނުބަލާތީ އެކަމާއި މެދު ސަނީފް ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި ވަކި މައްސަލަތަކެއް އޭސީސީން ބަލަމުންދާ މަންޒަރު ފެންނަ ކަމަށާއި މިއަދު އޭސީސީ އޮތީ ކޮރަޕްޝަންގައި ނުޖެހިތޯ ސުވާލު އުފެދޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން އާންމު ރައްޔިތުންނަށް ލިބިފައިވާ ފްލެޓްތަކާއި ގުޅުން ހުރި މައްސަލަ ބަލާއިރު، މެންބަރުންތަކެއް ގަތްކަމަށް ކުރާ ތުހުމަތުތައް ނުބަލާ ސަބަބާއި މެދު ސަނީފް ވަނީ ސުވާލު އުފައްދަވާފައެވެ.

މީގެ އިތުރުން ރައްޔިތުން ހޮވި ޕާޓީގެ މެންބަރެއްގެ ގޮތުގައި ނުހުރެވޭނެ ނަމަ، ޖެހޭނީ އެ ގޮނޑިއަކުން އިސްތިއުފާދޭންކަމަށް ސަނީފް ވިދާޅުވިއެވެ. އެގޮތުން މަޖިލީހުގައި މެންބަރަކު ހުރި ގޮނޑި ދޫކޮށްލާނަމައާއި މަޖިލީހުގައި އާއްމުން އެ މެންބަރަކު ހޮވި ޕާޓީ ބަދަލުކުރާނަމަ، އެ މެންބަރަކަށް ދެވަނަ ފުރުސަތެއް ނުދިނުމަށް ވެސް ސަނީފް ވަނީ ގޮވާލައްވާފައެވެ. އަދި މިހާތަނަށް އައި އިރު ތިނަދޫގެ އެމްޑީޕީގެ ކެންޑިޑޭޓަކު މަޤާމަކަށް އިންތިޚާބުކޮށްފި ނަމަ މަޤާމްގެ މުއްދަތު ހަމަވަންދެން ހުރީ އެ ޕާޓީގައި ކަަމަށާއި އެކަމާއި މެދު ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށް ސަނީފް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި

06 ފެބުރުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި
04 ފެބުރުއަރީ 2017

ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު
02 ފެބުރުއަރީ 2017

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ
02 ފެބުރުއަރީ 2017

ރާއްޖެ އޮތީ ނަޒާހަތްތެރިކަމުގެ އިމްތިހާނުން ފެއިލްވެފައި: ޓްރާންޕޭރަންސީ

02 ފެބުރުއަރީ 2017
ރާއްޖެ އޮތީ ނަޒާހަތްތެރިކަމުގެ އިމްތިހާނުން ފެއިލްވެފައި: ޓްރާންޕޭރަންސީ
24 ޖެނުއަރީ 2017

މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް

24 ޖެނުއަރީ 2017
މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު