Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތިނަދޫ ސިޓީގެ ތަރައްގީ

ރައީސް ތިނަދޫއަށް ވެވެޑައިގެންނެވި ވައުދުފުޅުތަކުގެ ތެރެއިން %90 ވަނީ ފުއްދަވާފައި: މެންބަރު ސަނީފް

31 އޯގަސްޓު 2023 | ބުރާސްފަތި 07:11

އިންޑަސްޓްރިއަލް ޒޯނުގައި ބޭރުގެ ބޯޓުތަކަށް ކައިރި ކުރެވޭ ގޮތަށް ބިޔަ ބޮޑު ބަނދަރެއް ދަނީ ގާއިމްކުރެވެމުން

އަމްނާ އިމާދު
އަމްނާ އިމާދު | 31 އޯގަސްޓު 2023 | ބުރާސްފަތި 07:11
ރައްޔިތުން މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް ވާހަކަފުޅުދައްކަވަނީ

ރައްޔިތުން މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް ވާހަކަފުޅުދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ގދ. ތިނަދޫ ސިޓީއަށް ވެވެޑައިގެންނެވި ވައުދުފުޅުތަކުގެ ތެރެއިން 90 އިންސައްތަ ފުއްދަވާދެއްވާފައިވާ ކަމަށް ރައްޔިތުން މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ރޭ ތިނަދޫ ސިޓީގައި ކުރިއަށް ގެންދިޔަ އުފާވެރި އަމާންރާއްޖެ ޖަލްސާގައި މެންބަރު ސަނީފް ވިދާޅުވީ ރައީސް ސާލިހުގެ ފުރަތަމަ ދައުރުގައި އެމަނިކުފާނު ތިނަދޫއަށް ވެވަޑައިގެންނެވި ވައުދުފުޅުތަކުގެ ތެރެއިން 90 އިންސައްތަ ފުއްދަވާފައިވާ ކަމަށެވެ.

އެގޮތުން ވޯޓާ ސަޕްލައިފެނުގެ ޚިދުމަތް ހުއްޓުމާއި ގުޅިގެން އެޕްލާންޓް އިތުރަށް އައު ކުރެވި އައު ޕްލާންޓެއް ގާއިމްކުރެވި ފެނުގެ ކެޕޭސިޓީ ސްޓޯރޭޖް އިތުރުކުރެވިފައިވާ ކަމަށާއި، ދެ ސްކޫލުގެ ދެ އިމާރާތް އަޅާފައިވާ ކަމަށާއި، އައު އިންޖީނުގެ އަޅާ ނިމިފައިވާ ކަމަށާއި، ތިނަދޫގެ ހޮސްޕިޓަލް އިތުރަށް ތަރައްގީ ކުރެވި އައު ޚިދުމަތްތައް ތައާރަފް ކުރެވެމުންދާ ކަމަށެވެ. އަދި ފެނާއި ނަރުދަމާ ނިޒާމު ގާއިމްކޮށް ނިމިފައިވާ ކަމަށް މެންބަރު ވިދާޅުވިއެވެ.

މެންބަރު ވިދާޅުވީ އައިސްޕްލާންޓް ޖެޓީ ނިމި، މިފްކޯގެ ކޯލްޑް ސްޓޯރޭޖް މަސައްކަތް ކުރިއަށްދާ ކަމަށާއި، ރިހެބިލިޓޭޝަން ސެންޓަރު ގާއިމްކުރެވިފައިވާ ކަމަށެވެ. އަދި ޕާސްޕޯޓު ޚިދުމަތް ދޭން ފެށިފައިވާ ކަމަށާއި، 200 ރޯހައުސްގެ މަޝްރޫއު ކުރިއަށްދާކަން މެންބަރު ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ އިންޑަސްޓްރިއަލް ޒޯނުގައި ބޭރުގެ ބޯޓުތަކަށް ކައިރި ކުރެވޭ ގޮތަށް ބިޔަ ބޮޑު ބަނދަރެއް ގާއިމް ކުރެވެމުންދާ ކަމަށެވެ.

މީގެ އިތުރުން މެންބަރު ސަނީފް ވިދާޅުވީ މިހާރު ތިނަދޫގައި ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތަކަކީ 2014 އިން 2018 އަށް ކުރިއަށް ގެންދިޔަ ކަހަލަ މަޝްރޫއުތަކެއް ނޫން ކަމަށެވެ. މި ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކުން ރައްޔިތުން ތަކުލީފު އުފުލަން ނުޖެހޭ ކަމަށް މެންބަރު ސަނީފް ވިދާޅުވިއެވެ.

މެންބަރު ސަނީފް ވިދާޅުވީ ހިލޭ ޑިގްރީއާއެކު އިތުރަށް ތައުލީމު ހާސިލް ކުރުމަށް ފަސޭހައިން ލޯނަށް ލިބޭ ގޮތް ހަމަޖައްސައިދިނީ މިސަރުކާރުން ކަމަށާއި، ކުދި އަދި މެދު މަންތީގެ ލޯނާއި، ގެދޮރު އިމާރާތް ކުރުމަށް ފަސޭހައިން ލޯނު ލިބޭ ގޮތަށް އިންތިޒާމްތައް ހަމަޖައްސައިދިނީ މިސަރުކާރުން ކަމަށެވެ.

މެންބަރު ސަނީފް ވިދާޅުވީ އިގްތިސާދީ ގޮތުން ބޮޑު ބަދަލެއް މިސަރުކާރުން މުޅި ރާއްޖެއަށް ގެނެސްދޭއިރު، މި ތަރައްގީގެ މަޝްރޫއުތަކާއި، ރައްޔިތުން އެދޭ ޚިދުމަތްތައް ކުރިއަށް އޮތްތަނުގައި ހޯދުމަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ސާލިހަށް ވޯޓުދީ، އެމަނިކުފާނަށް ދެވަނަ ދައުރެއް ދޭންޖެހޭ ކަމަށް މެންބަރު ސަނީފް ވިދާޅުވިއެވެ.

ތިނަދޫ ސިޓީތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފު

އިތުރަށް ކިޔާލަން

22 އޮކްޓޯބަރު 2025

ރައީސް ސާލިހްގެ ސަރުކާރުން ތިނަދޫ އަށް ގެންދިޔަ ދެ ޖަނަރޭޓަރު އައްޑޫ އަށް ގެންދިއުމުގެ މަަސައްކަތް ފަށައިފި

22 އޮކްޓޯބަރު 2025
ރައީސް ސާލިހްގެ ސަރުކާރުން ތިނަދޫ އަށް ގެންދިޔަ ދެ ޖަނަރޭޓަރު އައްޑޫ އަށް ގެންދިއުމުގެ މަަސައްކަތް ފަށައިފި
14 އޮކްޓޯބަރު 2025

ރައީސް މުއިއްޒު އައްޑޫ އަށް ކުރައްވާ ދަތުރާ ދިމާކޮށް، ތިނަދޫ އިން ދެ ޖަނަރޭޓަރު އައްޑޫ އަށް ގެންދަނީ!

14 އޮކްޓޯބަރު 2025
ރައީސް މުއިއްޒު އައްޑޫ އަށް ކުރައްވާ ދަތުރާ ދިމާކޮށް، ތިނަދޫ އިން ދެ ޖަނަރޭޓަރު އައްޑޫ އަށް ގެންދަނީ!
05 އޮކްޓޯބަރު 2025

ތިނަދޫ ސިޓީގައި މަގު ހުރަސްކުރި ހަ އަހަރުގެ ކުއްޖެއް ގައިގައި ސައިކަލުން ޖެހި ފަރުވާ ދެނީ

05 އޮކްޓޯބަރު 2025
ތިނަދޫ ސިޓީގައި މަގު ހުރަސްކުރި ހަ އަހަރުގެ ކުއްޖެއް ގައިގައި ސައިކަލުން ޖެހި ފަރުވާ ދެނީ
28 ސެޕްޓެމްބަރު 2025

ތިނަދޫ ސިޓީ ޕޮލިހުގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލައިފި

28 ސެޕްޓެމްބަރު 2025
ތިނަދޫ ސިޓީ ޕޮލިހުގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލައިފި
25 ސެޕްޓެމްބަރު 2025

ތިން މަހުގެ ސަސްޕެންޝަނަށް ފަހު, މޭޔަރު ސައުދު އަށް ރަތް ދޫލައިގެ މަރުހަބާއެއް

25 ސެޕްޓެމްބަރު 2025
ތިން މަހުގެ ސަސްޕެންޝަނަށް ފަހު, މޭޔަރު ސައުދު އަށް ރަތް ދޫލައިގެ މަރުހަބާއެއް
05 އޯގަސްޓު 2025

ތިނަދޫ ސިޓީގެ މޭޔަރ އާއި ޑެޕިއުޓީ މޭޔަރ ސަސްޕެންޑް ކުރި މައްސަލަ ބަލައި ނުގަނެވޭނެ ކަމަށް ރަޖިސްޓްރަރ ނިންމި ނިންމުން ބަދަލު ކުރަން ޖެހޭ ކަމަށް އިސް ގާޒީ ނިންމަވައިފި

05 އޯގަސްޓު 2025
ތިނަދޫ ސިޓީގެ މޭޔަރ އާއި ޑެޕިއުޓީ މޭޔަރ ސަސްޕެންޑް ކުރި މައްސަލަ ބަލައި ނުގަނެވޭނެ ކަމަށް ރަޖިސްޓްރަރ ނިންމި ނިންމުން ބަދަލު ކުރަން ޖެހޭ ކަމަށް އިސް ގާޒީ ނިންމަވައިފި
07 ޖުލައި 2025

ލޯންޗެއް އެކްސިޑެންޓުވެ ހަތަރު މީހަކަށް އަނިޔާވެއްޖެ

07 ޖުލައި 2025
ލޯންޗެއް އެކްސިޑެންޓުވެ ހަތަރު މީހަކަށް އަނިޔާވެއްޖެ
20 ޑިސެމްބަރު 2023

ތިނަދޫ ސިޓީއަކަށް ހެދުމަށް މަޖިލީހުން މަސައްކަތް ނުކުރާކަމަށް ވިދާޅުވުމުން ޝަރީފަށް މެންބަރު ނިޔާޒުގެ ވަރުގަދަ ރައްދެއް!

20 ޑިސެމްބަރު 2023
ތިނަދޫ ސިޓީއަކަށް ހެދުމަށް މަޖިލީހުން މަސައްކަތް ނުކުރާކަމަށް ވިދާޅުވުމުން ޝަރީފަށް މެންބަރު ނިޔާޒުގެ ވަރުގަދަ ރައްދެއް!
03 ޑިސެމްބަރު 2023

4 ސިޓީއަކުން ދެގުނަ އަވަސްކޮށް ޕާސްޕޯޓް ލިބޭގޮތް ހަދައިފި

03 ޑިސެމްބަރު 2023
4 ސިޓީއަކުން ދެގުނަ އަވަސްކޮށް ޕާސްޕޯޓް ލިބޭގޮތް ހަދައިފި
29 ނޮވެމްބަރު 2023

ތިނަދޫ ސިޓީ ކައުންސިލްގެ ފުޓްސަލް މުބާރާތް ޑިސެމްބަރު ފަހެއްގައި

29 ނޮވެމްބަރު 2023
ތިނަދޫ ސިޓީ ކައުންސިލްގެ ފުޓްސަލް މުބާރާތް ޑިސެމްބަރު ފަހެއްގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް