Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑރ. މުއިއްޒު ވެވަޑައިގަންނަވާ ވައުދުފުޅުތައް

ޑރ. މުއިއްޒު ރައްޔިތުންނަށް ދައްކަވާ ނަނާ ހުވަފެނުގައި ނުޖެހުމަށް މެންބަރު ސަނީފު ގޮވާލައްވައިފި

27 ސެޕްޓެމްބަރު 2023 | ބުދަ 17:50

2018 ވަނަ އަހަރުގެ ވެރިކަން ބަދަލުކުރީ އަނިޔާވެރިކަން ބޭނުންނުވާތީ

އަމްނާ އިމާދު
އަމްނާ އިމާދު | 27 ސެޕްޓެމްބަރު 2023 | ބުދަ 17:50
ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް

ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނަށް ދައްކަވާ ނަނާ ހުވަފެނުގައި ނުޖެހުމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ގޮވާލައްވައިފިއެވެ.

ބުދަ ދުވަހުގެ ރޭ ތިނަދޫ ސިޓީގައި ބޭއްވި އުފާވެރި އަމާން ރާއްޖެ ޖަލްސާގައި މެންބަރު ސަނީފް ވިދާޅުވީ، 2018 ވަނަ އަހަރުގެ ވެރިކަން ބަދަލުކުރީ އަނިޔާވެރިކަން ބޭނުންނުވާތީ ކަމަށެވެ. މިއަދުގެ ސަރުކާރުން ރައްޔިތުން ބޭނުންވާ ހުރިހާ ކަމެއް ކޮށްދެމުން އަންނައިރު، އިދިކޮޅު ކެންޑިޑޭޓަށް ވޯޓުދޭންޖެހޭ ސަބަބެއް ނެތްކަމަށް މެންބަރު ވިދާޅުވިއެވެ.

މެންބަރު ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް އިތުރު ދައުރެއް ދޭންޖެހޭ ކަމަށާއި، ރާއްޖޭގެ އިތުރުން ތިނަދޫއަށް ތަރައްގީ ގެނައުމަށް އެމަނިކުފާނު ހޮވަންޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ތިނަދޫއަށް އެކަނިވެސް ގިނަ ވަޒީފާތަކެއް އުފައްދަވައިދެއްވާފައި ވާކަމަށެވެ.

ތިނަދޫއަށް ޑރ. މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅުތަކަށް އިޝާރާތް ކުރައްވައި މެންބަރު ވިދާޅުވީ، ފުރަތަމަ ދަތުރުފުޅުގައި އެއްވެސް ވައުދެއް ވެވަޑައިނުގަންނަވާ ކަމަށާއި، ރައްޔިތުން ޝަކުވާ ދެންނެވުމުން، ދެވަނަ ފަހަރަށް ރަށަށް ވަޑައިގެން ވައުދުފުޅުތަކެއް ވެވަޑައިގެންނެވީ ރައްޔިތުން ހިތްހަމަޖެއްސުމުގެ ގޮތުން ކަމަށެވެ. އެއީ ތަސައްވުރެއް އޮވެގެން ވެވަޑައިގެންނެވި ވައުދުފުޅުތަކެއް ނޫން ކަމަށް މެންބަރު ވިދާޅުވިއެވެ.

އެހެންކަމުން ޑރ. މުއިއްޒު ދައްކަވާ ނަނާ ހުވެފެނުގައި ނުޖެހުމަށް މެންބަރު ގޮވާލެއްވިއެވެ.

މެންބަރު ވިދާޅުވީ މިސަރުކާރަކީ ރައްޔިތުންނަށް ހެޔޮ އެދޭ ސަރުކާރެއް ކަމަށާއި، މުސާރަ ކުޑަވެގެން ރައްޔިތުން ކުރި ޝަކުވާތަކަށް ނިމުން ގެނެސްދިން ސަރުކާރެއް ކަމަށެވެ. މިއަދު ގިނަ ދާއިރާތަކުން މުސާރަ ބޮޑުކޮށްދީފައިވާކަން މެންބަރު ފާހަގަކުރެއްވިއެވެ.

މެންބަރު ވިދާޅުވީ އިދިކޮޅު ކެންޑިޑޭޓު އިންތިޚާބުވެއްޖެނަމަ ރާއްޖެ ކޮންޓްރޯލް ކުރާނީ އަނިޔާވެރިކަމާއެކު، ނިރުބަވެރި ޖަމާއަތްތަކުން ކަމަށެވެ. ނަމަވެސް ރައީސް ސާލިހު އިންތިޚާބުވެއްޖެނަމަ އުފާވެރި އަމާން ރާއްޖެއަށް ރައްޔިތުންނަށް ލިބޭނެ ކަމަށް މެންބަރު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

02 މާރިޗު 2017

ރާއްޖޭގެ ރައްޔިތުންނަށް މިހާރު ލިބިފައި އޮތް ވޯޓުގެ ހައްގު ވެސް ނިގުޅައިގެންދާނެ ކަމުގެ ބިރުއެބައޮތް: މާރިއާ

02 މާރިޗު 2017
ރާއްޖޭގެ ރައްޔިތުންނަށް މިހާރު ލިބިފައި އޮތް ވޯޓުގެ ހައްގު ވެސް ނިގުޅައިގެންދާނެ ކަމުގެ ބިރުއެބައޮތް: މާރިއާ
22 ފެބުރުއަރީ 2017

ފ. އަތޮޅު ވިއްކާލުމަށް ސަރުކާރުގެ ޖަވާބު: "ރައީސް ކޮންމެ ކަމެއްވެސް ކުރައްވަނީ ރައްޔިތުންނަށްޓަކައި"!

22 ފެބުރުއަރީ 2017
ފ. އަތޮޅު ވިއްކާލުމަށް ސަރުކާރުގެ ޖަވާބު: "ރައީސް ކޮންމެ ކަމެއްވެސް ކުރައްވަނީ ރައްޔިތުންނަށްޓަކައި"!
15 ފެބުރުއަރީ 2017

ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު

15 ފެބުރުއަރީ 2017
ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު
08 ފެބުރުއަރީ 2017

ހުވަފެނުގައި ވެސް އުކުޅަހުގެ މެޖޯރިޓީއެއް ޕީޕީއެމަށް ނުލިބޭނެ: ޒަމީރު

08 ފެބުރުއަރީ 2017
ހުވަފެނުގައި ވެސް އުކުޅަހުގެ މެޖޯރިޓީއެއް ޕީޕީއެމަށް ނުލިބޭނެ: ޒަމީރު
07 ފެބުރުއަރީ 2017

ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް

07 ފެބުރުއަރީ 2017
ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް
06 ފެބުރުއަރީ 2017

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް
27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް