Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާލޭ ޖަލު

ދަރުމަވަންތަ ސްކޫލުގެ ދަރިވަރުންނަށް ނުރަނގަޅު އަސަރުކުރާތީ މާލޭ ޖަލު ބަންދުކޮށްފި

ޖަލުގައި ތިބި ޤައިދީން މިހާރު ވަނީ އެހެން ޖަލުތަކަށް ބަދަލު ކޮށްފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 6 ޖެނުއަރީ 2024 | ހޮނިހިރު 10:07
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް

މާލެ ޖަލާއި އިންވެގެން ހުންނަ ދަރުމަވަންތަ ސްކޫލުގެ ދަރިވަރުންނަށް ޖަލު ތެރެއިން ޤައިދީން ގޮވާ މައްސަލަ ފެންމަތިވެފައިވަނިކޮށް، އެ ޖަލު ބަންދު ކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްއިން ނިންމައިފިއެވެ.

ކަރެކްޝަންސް އިން ކުރި އިއުލާނެއްގައި ބުނީ، ސަރުކާރުގެ ޕޮލިސީގެ ދަށުން މާލޭ ޖަލު ބަންދު ކުރުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން 6 ޖެނުއަރީ 2023ން ފެށިގެން އެ ޖަލު ބަންދު ކުރުމަށް ވަނީ ނިންމާފަކަމަށް ބުނެފައިވެއެވެ.

ކަރެކްޝަންސްއިން މައުލޫމާތު ދޭ ގޮތުގައި ޖަލުގައި ތިބި ޤައިދީން މިހާރު ވަނީ އެހެން ޖަލުތަކަށް ބަދަލު ކޮށްފައެވެ.

އެ އިދާރާއިން ބުނެފައިވަނީ މާލެ ޖަލާ އިންވެގެން ހުންނަ ދަރުމަވަންތަ ސްކޫލުގެ ދަރިވަރުންނަށް ޖަލުގެ ސަބަބުން ނުރަނގަޅު އަސަރު ކުރަމުންދާކަމަށާއި، އެކަމާމެދު ކަމާބެހޭ ފަރާތްތަކުން މަޝްވަރާކޮށްފައިވާ ކަމަށެވެ.

މީގެއިތުރުން، އާންމުންނަށް ފޯރުކޮށްދެމުން އައި ޚިދުމަތްތައް 12 ޖެނުއަރީ 2024 އާ ހަމައަށް އެ އިމާރާތުގެ ކައުންޓަރުން ލިބޭނެކަމަށްވެސް ބުނެފައިވެއެވެ.

މާލޭ ޖަލަކީ 17 ޖެނުއަރީ 2008ން ފެށިގެން މާލޭ ބޮޑުތަކުރުފާނު މަގުގައި ހުންނަ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބިމުގައި ޤާއިމުކޮށްފައި ހުންނަ ޖަލެކެވެ.

މާލެ ޖަލުގައި ތިބި ޤައިދީން، ދަރުމަވަންތަ ސްކޫލުގެ ދަރިވަރުންނަށް ގޮވައިހަދާ މައްސަލަ ބޮޑުވެ، އެކަމުގެ ކަންބޮޑުވުން އެ ދަރިވަރުންގެ ބެލެނިވެރިން ވަނީ ފާޅުކޮށްފަ އެވެ. އެކަމާ ގުޅިގެން "ރާއްޖެ އެމްވީ" އިން ސުވާލު ކުރުމުން ހޯމްލޭންޑް، ސެކިއުރިޓީ އަދި ޓެކްނޮލޮޖީ ވުޒާރާގެ ވަޒީރު އަލީ އިޙްސާން އޭރު ވިދާޅުވީ އެ ކަންބޮޑުވުން ލިބިފައިވާ ކަމަށާއި، އެކަމާ އެކު ޖަލުން ޤައިދީން ބަދަލުކުރުމުގެ މަސައްކަތް ކުރެއްވީ ކަމަށެވެ.

މާލެ ޖަލުން ގައިދީން މަދު ކުރުމުގެ ތެރެއިން ހުޅުމާލެ ޖަލަަށް ވެސް މީހުން ބަދަލުކުރުމުގެ މަސައްކަތް ކުރެއްވި ކަމަށާއި، އެ ޖަލަށް ގެންދެވޭ އެންމެ ގިނަ ގައިދީން މިހާރު އެ ޖަލަށް ބަދަލު ކުރައްވާފައިވާކަމަށް ވަޒީރު ވިދާޅުވި އެވެ. 

މާލޭގެ ޖަލުގައި ބާކީ ތިބި ގައިދީން، މާލޭގެ ޖަލުގެ ސަރަހައްދުގައި ހުންނަ ކަރެކްޝަންސްގެ އެނެކްސް ނުވަތަ މާލެ ޖަލުގެ "ރިމާންޑް" އަށް ބަދަލުކުރުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އިތުރަށް ކިޔާލަން

31 ޑިސެމްބަރު 2017

އެމް.އޭ.އެމް ބިޒްނަސް ސްކޫލުގެ އެންމެ ފުރަތަމަ ބެޗުގެ ދަސްވެނިވުން ބާއްވައިފި

31 ޑިސެމްބަރު 2017
އެމް.އޭ.އެމް ބިޒްނަސް ސްކޫލުގެ އެންމެ ފުރަތަމަ ބެޗުގެ ދަސްވެނިވުން ބާއްވައިފި
29 ނޮވެމްބަރު 2017

މަތީ ތައުލީމަށް 566 ދަރިވަރުންނަށް ލޯނު ދޫކޮށްފި

29 ނޮވެމްބަރު 2017
މަތީ ތައުލީމަށް 566 ދަރިވަރުންނަށް ލޯނު ދޫކޮށްފި
13 ނޮވެމްބަރު 2017

ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރުންނަށް ކެރިއަރ ގައިޑެންސްއާ ގުޅޭ ވެބްސައިޓެއް ތައާރަފްކޮށްފި

13 ނޮވެމްބަރު 2017
ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރުންނަށް ކެރިއަރ ގައިޑެންސްއާ ގުޅޭ  ވެބްސައިޓެއް ތައާރަފްކޮށްފި
24 އޯގަސްޓު 2017

ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ސައިންސް ފެއާ ބާއްވައިފި

24 އޯގަސްޓު 2017
ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ސައިންސް ފެއާ ބާއްވައިފި
17 އޯގަސްޓު 2017

ގައްދޫ ސްކޫލުގެ ގްރޭޑް 3ގެ ދަރިވަރުން ސްކޫލަށް ނުފޮނުވަން ބެލެނިވެރިން ނިންމައިފި

17 އޯގަސްޓު 2017
ގައްދޫ ސްކޫލުގެ ގްރޭޑް 3ގެ ދަރިވަރުން ސްކޫލަށް ނުފޮނުވަން ބެލެނިވެރިން ނިންމައިފި
16 އޯގަސްޓު 2017

ދިވެހިންގެ މެހުމާންދާރީގެ ނުރަނގަޅު ފައިދާ ނަގައިގެން ނުވާނެ: އަކިލޭޝް މިޝްރާ

16 އޯގަސްޓު 2017
ދިވެހިންގެ މެހުމާންދާރީގެ ނުރަނގަޅު ފައިދާ ނަގައިގެން ނުވާނެ: އަކިލޭޝް މިޝްރާ
12 ފެބުރުއަރީ 2017

މަޖީދިއްޔާ ސްކޫލުގެ ސްޓޫޑަންޑް ކައުންސިލް މެންބަރުން ހުވާކޮށްފި

12 ފެބުރުއަރީ 2017
މަޖީދިއްޔާ ސްކޫލުގެ ސްޓޫޑަންޑް ކައުންސިލް މެންބަރުން ހުވާކޮށްފި
01 ފެބުރުއަރީ 2017

ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި

01 ފެބުރުއަރީ 2017
ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި
24 ޖެނުއަރީ 2017

ދުވާފަރު ޕްރައިމަރީ ސްކޫލުގެ ކިޔެވުން ބައްދުކޮށް އެ ސްކޫލުގެ ބެލެނިވެރިން އިހްތިޖާޖު ކުރަނީ

24 ޖެނުއަރީ 2017
ދުވާފަރު ޕްރައިމަރީ ސްކޫލުގެ ކިޔެވުން ބައްދުކޮށް އެ ސްކޫލުގެ ބެލެނިވެރިން އިހްތިޖާޖު ކުރަނީ
14 ޖެނުއަރީ 2017

އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި

14 ޖެނުއަރީ 2017
އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް