Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކުލަބު ވެލެންސިއާ

އަޒްމީންގެ އިތުބާރު ނެތް ކަމަށް ފާސްކޮށްފި

އިތުބާރު ނެތް ކަމަށް ފާސްކުރީ ފަސް މެންބަރުންގެ ވޯޓުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 ޖެނުއަރީ 2024 | އާދީއްތަ 09:02
ކުލަބު ވެލެންސިއާގެ ޗެއާމަން ޢަބްދުﷲ އަޒްމީން

ކުލަބު ވެލެންސިއާގެ ޗެއާމަން ޢަބްދުﷲ އަޒްމީން

ކުލަބު ވެލެންސިއާގެ އައު ޗެއާމަން، ޢަބްދުالله އަޒްމީންގެ އިތުބާރު ނެތް ކަމަށް އެ ކުލަބުގެ ހިންގާ ކޮމެޓީން ފާސްކޮށްފި އެވެ.

ދާދި ފަހުން ވެލެންސިއާގެ ޗެއާމަންކަމުގެ މަޤާމަށް އިންތިޚާބުކުރި އަޒްމީންގެ އިތުބާރު ނެތް ކަމަށް ފާސްކޮށްފައި ވަނީ އެ ކުލަބުގެ ހިންގާ ކޮމެޓީންނެވެ. ވެލެންސިއާގެ ހިންގާ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ޙަސަން ވަޙީދު (ދޮނާ) "ރާއްޖެ އެމްވީ" އަށް ވިދާޅުވީ، އަޒްމީންގެ އިތުބާރު ނެތް ކަމަށް ފާސްކޮށްފައި ވަނީ ވެލެންސިއާގެ ހިންގާ ކޮމެޓީގެ ފުރިހަމަ ތާއީދާ އެކު ކަމަށެވެ. އެގޮތުން ހިންގާ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ އަށް މެންބަރުންގެ ތެރެއިން، އަޒްމީންގެ އިތުބާރު ނެތް ކަމަށް ފަސް މެންބަރަކު ވޯޓު ދެއްވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަޒްމީންގެ އިތުބާރު ނެތް ކަމަށް ވެލެންސިއާގެ ހިންގާ ކޮމެޓީން ފާސްކޮށްފައިވާއިރު، އެ ކުލަބުގެ އެތެރޭގައި ވަނީ މައްސަލަ ޖެހިފަ އެވެ. އެގޮތުން ވެލެންސިއާގެ ތާއީދު ސިޓީ، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިޚާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ އަތުގައި އޮތް މައްސަލަ ވަނީ ފެންމަތިވެފަ އެވެ. ނަމަވެސް ވެލެންސިއާ އިން ވަނީ އެ ކުލަބުގެ ތާއީދު އޮތީ ޤައުމީ ޓީމުގެ ކުރީގެ ފޯވާޑް، އަދި އެފްއޭއެމްގެ ކުރީގެ ރައީސް އަޙްމަދު ޠާރިޤް (ޓޮމް) އަށް ކަމަށް ހާމަކޮށްފަ އެވެ. އަޒްމީން ސޮއި ކުރައްވައި، ވެލެންސިއާ އިން ވަނީ އެކަން އެފްއޭއެމްގެ އިލެކްޓޯރަލް ކޮމެޓީ އަށް ވެސް އަންގައިފަ އެވެ.

ވެލެންސިއާގެ އެތެރޭގެ މައްސަލަ ބޮޑުވެފައިވާއިރު، މައްސަލަ އުފެދުމާ ހަމައަށް އެ ކުލަބަކީ އެފްއޭއެމްގެ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ކޮންޓްރޯލް އޮތް ކުލަބެކެވެ. އެގޮތުން އަޒްމީންގެ އިތުބާރު ނެތް ކަމަށް ފާސްކުރީ، ބައްސާމްގެ އަރިސް މެންބަރުން އިސްނަގައިގެންނެވެ. އަޒްމީންގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއިނުކުރަނީ ތިން މެންބަރުންނެވެ. އެއީ އިސްމާއީލް އާސިފް (ކުޑަހީނާ) އާއި މުޙައްމަދު ރާފިއު އެވެ. ދެން ހިމެނިވަޑައިގަންނަވަނީ އަޒްމީން އެވެ. މައްސަލަ ބޮޑުވެ ވެލެންސިއާ ދެބައިވެފައިވާއިރު، ދެ ބައި މީހުން ވެސް އަންނަނީ އެއް ބަޔަކު، އަނެއް ބަޔަކަށް ނޭންގި ކަންތައްތައް ކުރަމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަޒްމީންގެ އިތުބާރު ނެތް ކަމަށް ސޮއިކޮށްފައި ވަނީ ބައްސާމްގެ އަރިސް ބޭފުޅެއް ކަމަށްވާ، އެފްއޭއެމްގައި ވެސް މަސައްކަތް ކުރައްވާ ޙަސަން ވަޙީދު (ދޮނާ)ގެ އިތުރުން، ބައްސާމްގެ އަނބިކަބަލުން އާމިނަތު މައުރީނާ (މައުރީން)ގެ ދެ ކޮއްކޮ އެވެ. ދެން ސޮއި ކުރެއްވީ ޓޮމް އަދި މުފާގެ ތާއީދު ސިޓީގައި ވެސް ސޮއިކުރެއްވި ދެ މެންބަރުން ކަމަށްވާ، ނާއިބު ރައީސް އިލްމާއު ޙުސެއިން އަދި ޔޫސުފް ރަމީޒް އެވެ.

އެކަމާ ގުޅޭ ގޮތުން "ރާއްޖެ އެމްވީ"އާ ވާހަކަ ދައްކަވަމުން އަޒްމީން ވިދާޅުވީ، އެ މައްސަލައިގައި ވަރަށް އަވަހަށް މީޑިއާތަކާ ބައްދަލުކުރައްވައި، ވާހަކަ ދައްކަވާނެ ކަމަށެވެ.

އަޒްމީންގެ އިތުބާރު ނެތް ކަމަށް ފާސްކޮށް ވެލެންސިއާ އިން ވަނީ އެކަން އެފްއޭއެމަށް ވެސް އެކަން އަންގައިފަ އެވެ. އޭގެ އިތުރުން އެކަން ވަނީ ކޮމިޝަނަރ އޮފް ސްޕޯޓްސް އަށް ވެސް ފޮނުވައިފަ އެވެ.

އިތުރަށް ކިޔާލަން

26 އެޕްރީލު 2017

ވާދަވެރި ކްލަބަކަށް ސަންޗޭޒް ވިއްކާލަންވީ ސަބަބެއް ނެތް: ވެންގާ

26 އެޕްރީލު 2017
ވާދަވެރި ކްލަބަކަށް ސަންޗޭޒް ވިއްކާލަންވީ ސަބަބެއް ނެތް: ވެންގާ
19 އެޕްރީލު 2017

ވަކިން ހާއްސަކޮށް މޯހަން ބާގަން މެޗަށް ތައްޔާރެއް ނުވަން، ޓީމަށް އިތުބާރު އެބައޮތް: މާޒިޔާ ކޯޗު

19 އެޕްރީލު 2017
ވަކިން ހާއްސަކޮށް މޯހަން ބާގަން މެޗަށް ތައްޔާރެއް ނުވަން، ޓީމަށް އިތުބާރު އެބައޮތް: މާޒިޔާ ކޯޗު
04 އެޕްރީލު 2017

ހައިސިއްޔަތު ނެތް ރައީސެއްގެ ނިންމުން ބަލައެއް ނުގަނެވޭނެ: އިއްޒަތު

04 އެޕްރީލު 2017
ހައިސިއްޔަތު ނެތް ރައީސެއްގެ ނިންމުން ބަލައެއް ނުގަނެވޭނެ: އިއްޒަތު
23 މާރިޗު 2017

ގައުމީ ފެންވަރުގެ އަތޮޅު މުބާރާތެއް ހިމަނައި، ހޭންޑްބޯޅައިގެ މިއަހަރުގެ ބަޖެޓް ފާސްކޮށްފި

23 މާރިޗު 2017
ގައުމީ ފެންވަރުގެ އަތޮޅު މުބާރާތެއް ހިމަނައި، ހޭންޑްބޯޅައިގެ މިއަހަރުގެ ބަޖެޓް ފާސްކޮށްފި
22 މާރިޗު 2017

ރިއޯ ކޯޗު ނެތްތަން ފޫބައްދަން އުނދަގޫވާނެ: ނާޒިމާ

22 މާރިޗު 2017
ރިއޯ ކޯޗު ނެތްތަން ފޫބައްދަން އުނދަގޫވާނެ: ނާޒިމާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު