Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުށިދިއްގަރުފަޅު މަޝްރޫއު

ފުށިދިއްގަރުފަޅު މަޝްރޫއު ހިންގާ ކުންފުންޏަށް ހުޅުމާލެއިން ދިން 10 ހެކްޓަރުގެ އަގަކީ 7 ބިލިއަން ރުފިޔާ: އާޒިމް

އާޒިމް ވިދާޅުވީ، ފުށިިދިއްގަރުފަޅު މަޝްރޫއާ ގުޅޭ ގިނަ މައުލޫމާތުތަކެއް ބައްލަވާ ދިރާސާ ކުރައްވާފައިވާނެކަމަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 6 ޖެނުއަރީ 2024 | ހޮނިހިރު 07:41
މާލެ ސިޓީ ކައުންސިލް މޭޔަރ ކެނޑިޑޭޓް އާދަމް އާޒިމް

މާލެ ސިޓީ ކައުންސިލް މޭޔަރ ކެނޑިޑޭޓް އާދަމް އާޒިމް

ފުށިދިއްގަރުފަޅު މަޝްރޫއުގެ ނަމުގައި ސަރުކާރުން އުޅެނީ 7000 ފްލެޓު އެޅޭހާ ފައިސާގެ ބިން ބަޔަކަށް ދިނުމަށްކަމަށް މާލެ ސިޓީ ކައުންސިލަށް ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓް އެމްޓީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް އެހެން ވިދާޅުވީ ހޮނިހިރު ދުވަހު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމަށް ދެއްވި އިންޓަރވިއުއެއްގައެވެ. އެގޮތުން އާޒިމް ވިދާޅުވީ، ފުށިިދިއްގަރުފަޅު މަޝްރޫއާ ގުޅޭ ގިނަ މައުލޫމާތުތަކެއް ބައްލަވާ ދިރާސާ ކުރައްވާފައިވާނެކަމަށެވެ.

އާޒިމް ވަނީ ސަރުކާރުން ހަދާ އެކި ދޮގުތަކާމެދު ނުހަނު ހިތާމަ ކުރައްވާކަމަށް ވިދާޅުވެފައެވެ.

އާޒިމް ވިދާޅުވީ، ރައްޔިތުންގެ ފައިސާ އިސްރާފު ކުރުމަކީ އޭނާ ތާއީދު ކުރައްވާ ކަމެއް ނޫން ކަމަށެވެ. ރައްޔިތުންގެ ފައިސާއިން އެންމެ ރުފިޔާއެއްވެސް އިސްރާފުކޮށްގެން ނުވާނެ ކަމަށާއި، އެއީ 5 ބިލިއަން ރުފިޔާގެ އިސްރާފެއްކަން އާޒިމް ފާހަގަ ކުރެއްވިއެވެ.

މިދިޔަ 5 އަހަރުގެ ތެރޭގައި އެމްޓީސީސީއަށް ގިނަ މަޝްރޫއުތައް ޙަވާލު ކުރުމުން، 150 މިލިއަން ޑޮލަރަށްވުރެ ގިނަ ބޭރުފައިސާ ރާއްޖޭގައި ހިފެހެއްޓުނުކަމަށްވެސް އާޒިމް ވިދާޅުވިއެވެ. މިހާރުވެސް އެމްޓީސީސީ އޮތީ އެވަރުގެ ބޮޑެތި ޕްރޮޖެކްޓުތައް ހިންގޭ ފެންވަރުގައިކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، ހަގީގަތުގައި އެއީ 5 ބިލިއަނަށްވުރެވެސް ކުޑަ މަޝްރޫއެއް ކަމަށެވެ. ނަމަވެސް ސަރުކާރުން އެއީ 10 ބިލިއަނުގެ މަޝްރޫއެއްކަމަށް ބުނާއިރު، އެ އިސްރާފު ހުއްޓުވަން ޖެހޭކަމަށް އާޒިމް ވިދާޅުވިއެވެ.

ސަރުކާރުން މި އުޅެނީ 7000 ފްލެޓު އެޅޭހާ ފައިސާގެ ބިން ބަޔަކަށް ދީގެން، 5 ބިލިއަނުން ހިންގޭ މަޝްެރޫއެއް 10 ބިލިއަނަށް ހިންގަން ކަމަށް އާޒިމް ވިދާޅުވިއެވެ.

ފުށިދިއްގަރުފަޅު ހިއްކަނީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ)އަށް ޖުމްލަ 70 ހެކްޓަރު، ދިގު މުއްދަތަށް ދީގެންނެވެ. ބިން ދޫކުރުމަށް ނިންމައި، މަޝްރޫއު ފަށާފައިވާއިރު، ހުޅުމާލެއިން ދޫކުރި 10 ހެކްޓަރުގެ ބިމުގެ އަަގާއި ރަސްމާލެއިން ދޭ 60 ހެކްޓަރުގެ ބިމުގެ އަގަކީ ކޮބައިކަން، ނޫސްވެރިން ތަކުރާރުކޮށް ސުވާލު ދެންނެވިނަމަވެސް ސަރުކާރުން ކިޔާދީފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
22 ޖެނުއަރީ 2017

މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރެއްވުމަށް ރައީސް ޔާމީން މ. އަތޮޅަށް

22 ޖެނުއަރީ 2017
މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރެއްވުމަށް ރައީސް ޔާމީން މ. އަތޮޅަށް
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު