Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ގައްޒާގެ ހާލަތު

ނިދަނީ އިންތިހާ ބިރުވެރިކަމުގެ ތެރޭގައި، ދުވާލުގެ ވަގުތުތައް ދާ ނުދާ ގޮތް ނޭނގޭ... ﷲއަށް ޙަމްދު ހުރި!

ގަދަ ފިނިން ސަލާމަތް ވާން ބޭނުންކޮށްލާނެ ރަޖާގަނޑެއްގެ މިންވަރުވެސް ނެތް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 5 ޖެނުއަރީ 2024 | ހުކުރު 04:28
ގައްޒާގެ ތުއްތު ކުދިން ގަދަފިނީގައި ޓެންޓެއްގެ ތެރޭގައި ނިދާފައި

ގައްޒާގެ ތުއްތު ކުދިން ގަދަފިނީގައި ޓެންޓެއްގެ ތެރޭގައި ނިދާފައި

ފަލަސްޠީނުގެ ޣައްޒާ ކޮންޓްރޯލް ކުރަމުން ދާ ޙަމާސް ޖަމާޢަތުގެ ވަސް މި ބިންމަތިން ފޮހެލާނެ ކަމަށް ބުނެ ޣައްޒާގައި ނަސްލު ދޮވެލުމުގެ ޤަތުލުޢާންމު، ޔަހޫދީ އިޒްރޭލުން ފެށީ މީގެ 3 މަސް ކުރިންނެވެ. އޮކްޓޯބަރ 7 ވަނަ ދުވަހުން ފެށިގެން ހަފުތާއެއްހާ ދުވަހަށް މެނުވީ ޣައްޒާއަށް ދެމުންދާ ޢުދުވާނީ ޙަމަލާތަކުގައި މިއަދު މުޅި ޣައްޒާ އޮތީ ސުންނާފަތިކޮށް، ހަފުސްކޮށްފައެވެ.

މަޢުރޫފު ޢާއިލާއަކީ ޢުދުވާންތައް ފެށީއްސުރެ ރައްކާތެރި މަންޒިލެއްގެ އުންމީދުގައި އެއް ތަނުން އަނެއް ތަނަށް ދިރިއުޅުން ބަދަލު ކުރަމުން އަންނަ ޢާއިލާއެކެވެ. ޣައްޒާގެ އުތުރުގެ ރަށެއް ކަމަށް ވާ ބައިތު ލާހިޔާގައި އެ ޢާއިލާއިން ދިރިއުޅެމުން ދިޔަ ގެ ދޫކޮށްލި އެ ޢާއިލާގެ މެންބަރުން މިއަދު ތިބީ، ޣައްޒާގައި ގެދޮރު ގެއްލިފައި ވާ މީހުންނަށް ދެކުނުގެ ރަފަޙުގައި ޖަހާފައި ވާ ވަގުތީ ޓެންޓު ކޭމްޕެއްގައެވެ.

އުތުރުގައި ހުރި ގެ ދޫކޮށް، ފުރާނަ އަތް މައްޗަށް ލައިގެން ފެށި ނުރައްކާ ދަތުރުގައި މަޢުރޫފު ޢާއިލާއިން މިހާތަނަށް އެތައް ކޭމްޕެއްގައި ދުވަސްތައް ގުނައިފިއެވެ. ކޮންމެތާކުން އެމީހުން ފަހާލަނީ ނިރުބަވެރި އިޒްރޭލުގެ ޢުދުވާނީ ޙަމަލާތަކެވެ. ރަފަޙުގައި މިއަދު އެ ޢާއިލާއިން ދިރިއުޅެމުން ދަނީ ކުޑަކުޑަ ޓެންޓެއްގައެވެ. ބޯނެ ފެންފޮދެއް ނެތެވެ. ކަރަންޓެއް ނެތެވެ. ނުވިތާކަށް، ގަދަ ފިނިން ސަލާމަތް ވާން ބޭނުންކޮށްލާނެ ރަޖާގަނޑެއްގެ މިންވަރުވެސް ނެތެވެ.

ޝާދީ މަޢުރޫފުއާއި، އަންހެނުން ސާފިޔާއާއި އެ ދެމަފިރިންގެ 6 ދަރިން ދިރިއުޅެމުން ދާ ކުޑަކުޑަ ޓެންޓުގެ ބޭރުގައި ޖަހާފައި ވާ އަލިފާންގަނޑުގެ ކައިރީގައި އިށީނދެލައިގެން ތިބީ ގަދަ ފިންޏާއި، ރޭގަނޑުގެ އަނދިރި ނަމާންކަމުގެ ތެރެއިން ނަފުސަށް ލިބެމުންދާ ވޭނީ ތަކުލީފަށް ހިސާބެއްގެ ލުޔެއް ލިބޭތޯއެވެ.

އިރު އުދަރެހުން އޮބާ އަނދިރިޖެހުމާއެކު 'ޓެންޓު ސިޓީ' އަކީ ފަޅު ސަހަރާއެއް ފަދަ ތަނެކެވެ. ނިރުބަވެރި ޢުދުވާންތައް ފެށިތާ ކުރީކޮޅު ޣައްޒާއިން ކަރަންޓުގެ ސަޕްލައި ކަނޑާލައިފިއެވެ. ތެލުގެ އިމްޕޯޓުގައި އިޒްރޭލުން އަތް އެޅިއެވެ. ބާކީ އޮތީ އިރުގެ އަވިން ހަކަތައް އުފެއްދެން ހުރި ނިޒާމުތަކެވެ. ބައެއް ފަހަރު ޓެންޓުތަކުގައި ޓޯޗު ބައްތިއެއް ދިއްލާލައެވެ. ޕްލާސްޓިކް ސަތަރިން ޖަހާފައި ހުރި ޓެންޓުތަކުގެ ތެރެއިން ކިރިޔާވެސް އަލިކަމެއް ފެނިލަނީ އެފަދަ ވަގުތެއްގައެވެ.

އެންމެ 4 މަހުގެ ތުއްތުއްތު އަންހެން ދަރިފުޅު އުރާލައިގެން އިނދެ ސާފިޔާ ކިޔައިދިން ގޮތުގައި، ކޮންމެ ރެއަކުވެސް އެމީހުން ނިދަނީ ބިރުވެރިކަމެއްގެ ތެރޭގައެވެ.

ތުއްތު ދަރިފުޅަށް ބޭނުންވާ ނެޕީއާއި، ކޮންމެހެންވެސް އެ ދަރިފުޅަށް ބޭނުން ޖެހިފައި އޮތް ބޭބީ ފޯމިއުލަރ ހޯދުމަކީ މިއަދު ސާފިޔާއަށް އުފުލަން ޖެހިފައި އޮތް އެންމެ ބޮޑު ބުރައެވެ. ނެޕީއާއި ފޯމިއުލާ ހޯދަން ސާފިޔާ ބަރޯސާ ވަނީ ދަރުމައަށް މަސައްކަތް ކުރާ މީހުން ފޯރުކޮށްދޭ އެހީއަށެވެ.

އެމެރިކާއާއި އެމެރިކާގެ އެކުވެރި ޤައުމުތަކުން ޖަހައިދިން އައްޑަނައިގެ ނިވަލުގައި އޮވެގެން ނިރުބަވެރި ޔަހޫދީން ދެމުންދާ ޢުދުވާނީ ޙަމަލާތަކުގައި މި ދުނިޔެއާއި ވަކިވެ ދިޔަ ފަލަސްޠީނު ރައްޔިތުންގެ ޢަދަދު 22000 އަށް އަރައެވެ. އެއީ ކޮން ބައެއްކަން ދެނެގަނެވިފައި ވާ މީހުންގެ ޢަދަދު އެކަންޏެވެ. އެޔެއް މިޔެއް ބެލުމެއް ނެތި، ވަކިން ޚާއްޞަކޮށް ރޭގަނޑުގެ އަނދިރިކަމުގެ ތެރޭގައި ވަރުގަދަ ކުރާ ޙަމަލާތަކުގައި ބިމާ ހަމަކުރާ ގެތަކުގެ ދަށުގައި އެތައް ހާސް ބަޔަކު ތާށިވެ، މަރުވެފައި އަދިވެސް ވާނެ ކަމަށް ޣައްޒާގެ ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ. ނިރުބަވެރި ޔަހޫދީންގެ ޢުދުވާންތަކުގައި ފަލަސްޠީނުން ގެއްލުނު ފުރާނައިގެ ބޮޑު އިންސައްތައެއް ހިއްސާ ކުރަނީ މައުސޫމު، ކުޑަ ކުދިންނެވެ.

2.3 މިލިއަން މީހުންގެ އާބާދީއެއް ތޮއްޖެހިފައި އޮތް ޣައްޒާއަކީ މިއަދު ދިރިތިބީންނަށްވެސް ރައްކާތެރި ތަނެއް ނޫނެވެ. އިޒްރޭލުގެ ޢުދުވާންތަކުން ސަލާމަތް ވާނެ އެންމެ ވެލިފުކެއްވެސް ޣައްޒާގެ ފަސްގަނޑުގައި ނެތެވެ. އެކި ކަހަލަ ބަލިމަޑުކަން ފެތުރެމުން ދާ އިރު، ޞިއްޙީ ނިޒާމުވެސް އޮތީ ހަފުސްކޮށް އިނދަޖައްސާލާފައެވެ. އިޒްރޭލުގެ ޢުދުވާންތައް ހުއްޓުމަކަށް ގެނައުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުން ކުރާ ޑިމާންޑަކީ ބޭކާރު އެއްޗަކަށްވެއްޖެއެވެ. އެމެރިކާއާއި އެމެރިކާގެ އެކުވެރިން ޖަހައިދީފައި ވާ އައްޑަނައިގެ ނިވަލުގައި ތިބެގެން އިޒްރޭލުން ހިންގަމުންދާ ޤަތުލުޢާންމު، އަދިވެސް އެތައް މަހަކަށް ދަންމާލާނެ ކަމަށް ނިރުބަވެރި ޔަހޫދީން ދަނީ ބުނަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިހާބު ނިމުނުތާ ހަފުތާއެއް ވީއިރުވެސް ރައީސްގެ ބަސްފުޅެއް ނެތް!

އިންތިހާބު ނިމުނުތާ ހަފުތާއެއް ވީއިރުވެސް ރައީސްގެ ބަސްފުޅެއް ނެތް!

14 މެއި 2017
އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

10 މެއި 2017
އިންތިހާބުގެ އިންތިޒާމުތައް ސުމެއް، ޝަކުވާތައް ގިނަ!

އިންތިހާބުގެ އިންތިޒާމުތައް ސުމެއް، ޝަކުވާތައް ގިނަ!

06 މެއި 2017
އައްޑޫ އިންތިހާބް ގަދަ ހިފުމަކަށް، ކާމިޔާބްކެރާނެއި ކޮންބާކިން؟

އައްޑޫ އިންތިހާބް ގަދަ ހިފުމަކަށް، ކާމިޔާބްކެރާނެއި ކޮންބާކިން؟

05 މެއި 2017
އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް

އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް

26 މާރިޗު 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު