Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިދިކޮޅު ގުޅިފައިވާ ޕާޓީތައް

ރައީސް ޔާމީންގެ ވެރިކަން ހިފައްޓާ ބަޔަކަށް ފުލުހުން ވެގެން ނުވާނެ: އަބްދުﷲ ރިޔާޒު

29 ޖުލައި 2017 | ހޮނިހިރު 18:20

ރިޔާޒް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 29 ޖުލައި 2017 | ހޮނިހިރު 18:20
ކިނބިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުﷲ ރިޔާޒު

ކިނބިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުﷲ ރިޔާޒު

ރައީސް އަބްދުﷲ ޔާމީންގެ ވެރިންކަން ދިފާއުކުރައްވާ ބަޔަކަށް ފުލުހުންގެ މުއައްސަސާވެގެން ނުވާނެ ކަމަށް ކިނބިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރ އަދި ކުރީގެ ޕޮލިސް ކޮމިޝަނަރ އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހުގެ ރޭ ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގަތުމަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް ވިދާޅުވީ، ސަރުކާރުގެ ތިއްބެވި ސިޔާސީ ވެރިން އަންގަވާ އެންގެވުންތަކަށް ތަބާވާ ބަޔަކަށް ފުލުހުން ވެގެން ނުވާނެ ކަމަށެވެ. އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކުރައްވާ މަސައްކަތަށް ހުރަސް އެޅުމުގެ ގޮތުން، ފަނޑިޔާރުގެ މެދުވެރިކޮށް އެކަން ފަށާދޭ ބަޔަކަށް ފުލުހުން ވެގެން ނުވާނެ ކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ.

Advertisement - newsAdvertisement
"މި ގައުމުގައި މި ހިނގާއި ކަންތަށް ތަކާއި ގުޅިގެން ހާއްސަކޮށް، އިދިކޮޅު ފަރާތަކަށް، މަޖިލީސް މެމްބަރުންނަން އަމާޒުކޮށްގެން މި ހިންގާ ކަންތަށްތަށް ފަނޑިޔާރުގެ މެދުވެރިކޮށް، ނުވަތަ އެހެންދިމާލަކަށް ކަންކަން ފަށާއިދޭ ބަޔަކީ ފުލުހުންގެ މުއައްސަސާ، އެހެންވާ ބޭނުން ނުވާ ވާހަކަ އަޅުގަނޑު އެބޭފުޅުންނަން ދެންނެވިން، އެކަންކަން ހުއްޓާދޭށޭ، އެކަންކަން ނުކުރާށޭ" އެމްއެމްއޭ ސަރަހައްދުގައި ހުންނަވާ ނޫންވެރިންނަން މައުލޫމާތު ދެއްވަމުން ރިޔާޒު ވިދާޅުވިއެވެ.

މިމަހުގެ 24 ވަނަ ދުވަހު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މަޖިލިސް މެންބަރުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަޑައިގަތުމުން، އެ މެންބަރުންނަށް ހުރަސް އަޅައި ފުލުހުން ހިންގި ކަންތައްތަކާ ގުޅިގެން މަޖިލިސް މެންބަރުންތަކެއްގެ މައްޗަށް ޖިނާއީ ހަތަރު ތުހުމަތުތަކެއްކޮށް ތަހުގީގު ދަނީ ހިންގަމުންނެވެ. އެގޮތުން ރިޔާޒުގެ އިތުރުން، އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު(އިބޫ) އާއި ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާހެ މެމްބަރު މުހައްމަދު ފަލާހުގެ މައްޗަށް ވެސް ހަތަރު ތުހުމަތެއްކޮށްފައިވެއެވެ.

އެ މެންބަރުންގެ މައްޗަށް ކޮށްފައިވަނީ ފުލުހުންގެ ސަފުތައް ފަޅާލުމާއި، ގާނޫނީ ގޮތުން އަދާކުރަންޖެހޭ ވާޖިބު އަދާކުރުމަށް ހުރަސް އެޅުމާއި ،ހުއްދަނޫން ތަނަކަށް ވަނުމުގެ އިތުރުން މާރާމާރީ ހިންގުމަށް މަސައްކަތް ކުރުމުގެ ތުހުމަތެވެ. ރަޔާޒު ވިދާޅުވި ގޮތުގައި ހޮނިހިރު ދުވަހުގެ ރޭ އެ މައްސަލާއިގެ ބަޔާން ފުލުހުންނަން ދީފައިވާ ކަމަށެވެ. އަދި އެ މައްސަލަ އިންސާފްވެރިކަމާއި އެކު ތަޙްގީގްކޮށްފިނަމަ އެއްވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ މައްޗަށް ސާބިތު ނުވާނެ ކަމަށް ރިޔާޒު ވިދާޅުވިއެވެ.

" ފުލުހުންނަން ވަރަށް ނަސޭހަތްތެރިވަމުން އަޅުގަނޑު ދިޔައީ ، ފުލުހުންގެ ތެރޭގައި ކުރިން މަސައްކަތްކޮށްފައިވާ މީހަކަށް ވުމުން، މިހާރު ވެސް މި ދުވަހު ހިނގާދިޔަ ކަންކަމާއި ގުޅިގެން އަޅުގަނޑުމެން ތިން މެމްބަރުން އެ ވަނީ ހައްޔަރުކޮށްފަ" ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒު ވިދާޅުވިގޮތުގައި އޭނާ ގަބޫލުކުރައްވާ ގޮތުގައި މުހައްމަދު ވަހީދާއި، މުހައްމަދު އަމީތު އަދި ސައުދު ހުސެން އަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކަމަށެވެ. އަދި އެ މެމްބަރުންގެ ގޮނޑި ގެއްލިނުކަމަށް އިލެކްޝަން ކޮމިޝަނުން އިއުލާން ކުރުމުން، އެކަން ބަލާއި ދިނުމަށް ސްޕްރީމް ކޯޓަށް ހުށައެޅި މައްސަލަ ، އެ ކޯޓުން ބަލާއި ގަނެފައިވަނިކޮށް ފުލުހުންނަން ވަހީދުއާއި އަމީތުގެ އިތުން ސައުދު ހައްޔަރު ނުކުރެވޭނެ ކަމަށް ރިޔާޒު ވިދާޅުވިއެވެ.

ފަލާހު އާއި ރިޔާޒާއި، އިބޫގެ މައްޗަށް ތަހުގީގު ހިންގާއިރު، ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމާއި، މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި، ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިންގެ އިތުރުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން މިހާރު ވެސް ތިއްބެވީ ބަންދުގަ އެވެ. ފާރިސްގެ މައްޗަށް ޝަޙްސް އޮޅުވާލުމުގެ ދައުވާކޮށް ޝަރީއަތް ހިންގާއިރު، މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމާއި، ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ދީދީގެ މައްޗަށް ވެސް ދަނީ ޝަރީއަތް ހިންގަމުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް