Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
4،000 ހައުސިންގ ޔުނިޓުތައް ދޫކުރުން

ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުމަށް ދަނީ ތައްޔާރުވަމުން: އެފްޑީސީ

މަސައްކަތްތެރިން ސައިޓުތަކުގައި ޝިފްޓްތަކަށް ބަހާލައިގެން 24 ގަޑިއިރު މަސައްކަތް ކުރިއަށްގެންދޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 4 ޖެނުއަރީ 2024 | ބުރާސްފަތި 13:44
އެފްޑީސީން ތަރައްގީކުރަމުންދާ ފްލެޓްތައް ނޫސްވެރިންނަށް ދައްކާލަނީ

އެފްޑީސީން ތަރައްގީކުރަމުންދާ ފްލެޓްތައް ނޫސްވެރިންނަށް ދައްކާލަނީ

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަން ފަށާފައިވާ 4،000 ހައުސިން ޔުނިޓުތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުމަށް ތައްޔާރުވަމުންދާކަމަށް، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން ބުނެފިއެވެ.

އެފްޑީސީން ބުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކުރަމުންދާ 4000 ހައުސިން ޔުނިޓުގެ މަސައްކަތް ކުރިއަށްދަނީ ހަމަޖެހިފައިވާ ޝެޑިއުލާ އެއްގޮތަށްކަމާއި، މި ޔުނިޓްތައް ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ހައްގުވެރިންނާ ހަވާލުކުރުމަށް ޚާއްސަ އިސްކަމެއްދީގެން މަސައްކަތްކުރާކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ބައެއް ޓަވަރުތަކުގެ މަސައްކަތް ޝެޑިއުލަށްވުރެ އަވަސް މުއްދަތެއްގެ ތެރޭގައި ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާކަމަށް އެފްޑީސީން ބުނެއެވެ. އެފްޑީސީން ބުނީ 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް، މަސައްކަތް ހަވާލުކުރެވިފައިވާ ޓަވަރުތަކުގައި 31 ޝީޓް އަޅައި ނިންމާފައިވާއިރު، މިއީ މި މަޝްރޫއުގައި މިހާތަނަށް ކުރިއަށްގެންދެވުނު އެންމެ ހަލުވި ސްލެބް ސައިކަލްކަމަށެވެ.

އެފްޑީސީން ބުނި ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ރައްޔިތުންނަށް މި ހައުސިންގ ޔުނިޓްތައް ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އެ ކޯޕަރޭޝަނުގެ މަސައްކަތްތެރިން ސައިޓުތަކުގައި ޝިފްޓްތަކަށް ބަހާލައިގެން 24 ގަޑިއިރު މަސައްކަތް ކުރަމުންދާކަމަށެވެ.

މިހާރު މަސައްކަތް ކުރަމުންދަނީ ޔުނިޓްތައް ހަވާލުކޮށް އެއްބަސްވުންތަކުގައި ސޮއިކުރުމަށް ތައްޔާރުވުމުގެ މަސައްކަތްކަމަށް އެފްޑީސީން ބުނެއެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަން ފަށާފައިވާ 4،000 ހައުސިން ޔުނިޓުތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުމަށް ތައްޔާރުވަމުންދާކަމަށް އެފްޑީސީން ބުނެފައިވާއިރު، ފްލެޓުތަކުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އެސީސީ)ން ދަނީ ތަހުގީގުކުރަމުންނެވެ. މި މައްސަލަތަކާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި ފްލެޓާއި ގޯތީގެ ރަޖިސްޓްރީ ދޫކޮށް، އެމަސައްކަތް ހައުސިންގ މިނިސްޓްރީން ކުރަމުންދާނެ ކަމަށެވެ. ޖެނުއަރީ 03 ވީ ބުދަ ދުވަހުގެ ވަގުތެއްގައި، ގޯތި ލިބުނު މީހުން ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ހައުސިންގ މިނިސްޓްރީން ފެށިނަމަވެސް ފްލެޓުތަކުގެ މަސައްކަތް ފަށާފައެއް ނުވެއެވެ. އެކަމާ ގުޅޭގޮތުން ހައުސިންގ މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވީ، ފްލެޓު ލިބުނު މީހުންނަށް ލިޔުން ދޭން ފަށާނީ އޭސީސީގެ ތަހުގީގު ނިންމައި، ވަކި ގޮތެއް އެންގުމުން ކަމަށެވެ.

ގެދޮރުވެރިޔާ ސްކީމްއެފްޑީސީ ހައުސިންގް މިނިސްޓްރީޑރ. އަލީ ހައިދަރު އަހުމަދު، ހައުސިންގ މިނިސްޓަރ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ތިން މިނިސްޓްރީގައި އަލިފާން ރޯވިތާ 1 އަހަރު: މައުލޫމާތު ހާމަނުކޮށް ފޮރުވަން މިއުޅެނީ ކޯއްޗެއް؟

ތިން މިނިސްޓްރީގައި އަލިފާން ރޯވިތާ 1 އަހަރު: މައުލޫމާތު ހާމަނުކޮށް ފޮރުވަން މިއުޅެނީ ކޯއްޗެއް؟

12 ޑިސެމްބަރު 2025
ހައުސިން މިނިސްޓްރީ އިމާރާތު ގައި ރޯވިތާ އަހަރެއް:  ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީ

ހައުސިން މިނިސްޓްރީ އިމާރާތު ގައި ރޯވިތާ އަހަރެއް: ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީ

11 ޑިސެމްބަރު 2025
ސަރުކާރުން މަސައްކަތް ކުރަނީ އައު އުސޫލެއްގެ ދަށުން ތުޅާދޫ ހައުސިން ޔުނިޓްތައް ދޫކުރަން، ގިނަ ބައެއްގެ ހައްގުތައް ގެއްލޭނެ: ކައުންސިލްގެ ނައިބު ރައީސް

ސަރުކާރުން މަސައްކަތް ކުރަނީ އައު އުސޫލެއްގެ ދަށުން ތުޅާދޫ ހައުސިން ޔުނިޓްތައް ދޫކުރަން، ގިނަ ބައެއްގެ ހައްގުތައް ގެއްލޭނެ: ކައުންސިލްގެ ނައިބު ރައީސް

06 ޑިސެމްބަރު 2025
ހައުސިންގ މިނިސްޓްރީ އިން ނެރުނު "ދޮގު" ބަޔާނަކީ، ސަރުކާރުން ތުޅާދޫ ކައުންސިލަށް ކުރި ދުއްތުރާ އެއް: ތުޅާދޫ ކައުންސިލް

ހައުސިންގ މިނިސްޓްރީ އިން ނެރުނު "ދޮގު" ބަޔާނަކީ، ސަރުކާރުން ތުޅާދޫ ކައުންސިލަށް ކުރި ދުއްތުރާ އެއް: ތުޅާދޫ ކައުންސިލް

04 ޑިސެމްބަރު 2025
ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން ޕީޖީ އަށް ފޮނުވައިފި

ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން ޕީޖީ އަށް ފޮނުވައިފި

27 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

26 ފެބުރުއަރީ
ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!
20233 އަހަރު ކުރިން
ރިޕޯޓު

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް
20215 އަހަރު ކުރިން
ދުނިޔެ

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް

އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި

އަލީ ހަމީދުގެ އަނބިކަނބަލުން އޮންނަ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ އެޗްއާރްސީއެމްއަށް!
20188 އަހަރު ކުރިން
ރާއްޖެ

އަލީ ހަމީދުގެ އަނބިކަނބަލުން އޮންނަ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ އެޗްއާރްސީއެމްއަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު