Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގެދޮރުވެރިއްޔާ ސްކީމު

ހައުސިންގ މިނިސްޓްރީން އަންގައިގެން ސޮއިކުރުން ހުއްޓާލި ކަަމަށް ބުނުމަށްފަހު، އެފްޑީސީ އިން ބުނަނީ ބައެއް އެގްރީމެންޓް ތައް ހޯލްޑް ކުރީ ކަމަށް

ސޮއިކުރުން ހޯލްޑް ކުރި ކަން ބައެއް ފަރާތްތަކަށް އެނގުނީ ސޮއި ކުރަން ދިޔަ ފަހުން، ބައެއް މީހުންނަށް ޕޯޓަލް މެދުވެރިކޮށް ވެސް އެންގި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 3 އޯގަސްޓު 2025 | އާދީއްތަ 11:30
ހުޅުމާލޭ 2 ވަނަ ފިޔަވަހީގައި ރައީސް ސާލިހް ސަރުކާރުން ތަރައްޤީ ކުރި 4000 ފްލެޓް ބައްލަވާލެއްވުމަށް ރައީސް ޑރ.މުއިއްޒު ކުރެއްވި ޒިޔާރަތުގެ ތެރެއިން - 20 ޖޫން 2025

ހުޅުމާލޭ 2 ވަނަ ފިޔަވަހީގައި ރައީސް ސާލިހް ސަރުކާރުން ތަރައްޤީ ކުރި 4000 ފްލެޓް ބައްލަވާލެއްވުމަށް ރައީސް ޑރ.މުއިއްޒު ކުރެއްވި ޒިޔާރަތުގެ ތެރެއިން - 20 ޖޫން 2025

ހައުސިންގ މިނިސްޓްރީ އިން އަންގައިގެން ސޮއިކުރުން ހޯލްޑް ކޮށްފައިވާ ކަމަށް ބައެއް ފަރާތްތަކަށް ޕޯޓަލް މެދުވެރިކޮށް މެސެޖު ފޮނުވުމަށް ފަހު، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފްލެޓް އެއްބަސްވުމުގައި ސޮއިކުރުން ހުއްޓާ ނުލާ ކަމަށް އެފްޑީސީ އިން ބުނެފިއެވެ.

"ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ދޫކުރާ ފްލެޓް ގެ އެއްބަސްވުމުގައި ސޮއި ކުރުން ހުއްޓާލިކަމުގެ އަޑުތައް ފެތުރުނީ، ފްލެޓް ލިބުނު ކަމަށް އެންގި ބައެއް މީހުން އާދިއްތަ ދުވަހު ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އަށް ދިއުމުން ސޮއި ކުރުން "ހޯލްޑް" ކޮށްފައިވާ ކަމަށް އަންގާފައިވާތީއެވެ. އަދި އެއީ ހައުސިންގ މިނިސްޓްރީ އިން އަންގައިގެން ކަމަށް ވެސް ބުނެފައިވެއެވެ. އާއްމުން ވަނީ އެއްބަސްވުން ސޮއިކުރުން ހުއްޓާލި އެއްވެސް ސަބަބެއް ނުބުނާ ކަމަށް ވެސް ބުނެފައެވެ.

Advertisement - newsAdvertisement

ބައެއް ފަރާތްތަކަށް އެކަން އެނގުނީ އެޕޮއިންޓްމަންޓް ގަޑިއަށް ސޮއިކުރަން ދިއުމުންނެވެ. އަނެއް ބަޔަކަށް ޕޯޓަލް މެދުވެރިކޮށް ވެސް ސޮއި ކުރުން ހޯލްޑް ކުރި ކަމަށް އަންގާފައި ވެއެވެ.

އެހެން ނަމަވެސް ރާއްޖެއެމްވީ އަށް މައުލޫމާތުދެމުން އެފްޑީސީގެ އޮފިޝަލަކު ވިދާޅުވީ އެފަދަ އެއްވެސް އެންގުމެއް އެއްވެސް ފަރާތަކަށް އަންގާފައި ނުވާނެ ކަމަށާއި މިހާރު ވެސް އެއްބަސްވުމުގެ މަރުހަލާ ކުރިއަށްދާ ކަމަށެވެ. އެގޮތުން އާދިއްތަ ދުވަހު ވެސް އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

"ކަނޑައެޅިގެން ދޮގެއް އެއީ އިނގޭތޯ. އަޅުގަނޑުމެން އެފަދަ އެއްވެސް އެންގުމެއް އެއްވެސް ގޮތަކަށް އަންގާފަ އެއް ނުވާނެ. ސޮއިކުރުމުގެ މަސައްކަތް އެބަ މެދު ނުކެނޑި ކުރިއަށްދޭ ކަނޑައެޅިފައިވާ ގޮތަށް" އޭނާ ވިދާޅުވިއެވެ.

މިކަމާ ބެހޭ ގޮތުން ދައުލަތުގެ މީޑިއާ އަށް އެފްޑީސީން ވަނީ ބަސްތީގަތުމެއް ވެސް ދީފައެވެ. އެ ބަސްތީގަތުމުގައި އެފްޑީސީގެ ޕްރޮޕަޓީ މެނޭޖަރ، މުހައްމަދު މަމްޝޫދު ވިދާޅުވީ 21 ޖުލައި އިން ފެށިގެން ރަސްމީ ހުރިހާ ދުވަހެއްގައި އެގްރީމެންޓްގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. މަސައްކަތް ކުރިއަށް ދާ އިރު ޑޮކިއުމެންޓްތައް ވެރިފައިކުރަމުންދާ ކަމަށާއި، ބައެއް އެގްރީމެންޓްތައް މަޑު ޖައްސާލާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތަށް މަޑުޖައްސާލި ބޭފުޅުންގެ ލިޔުންތައް އިތުރަށް ވެރިފައި ކުރަން ޖެހުނު ކަމަށާއި އަދި ވެސް އެގޮތަށް ބައެއް އެގްރީމެންޓްތަކުގެ މަސައްކަތް މަޑު ޖައްސާލަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެއީ ވަގުތީގޮތުން މަޑުޖެހޭ މަޑުޖެހުމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ފްލެޓު ލިބުނުކަމުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ފަށާފައި ވަނީ ޖުލައި މަހުގެ 21 ވަނަ ދުވަހުއެވެ. މިހާތަނަށް 230 އަށް ވުރެ ގިނަ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

އެފްޑީސީން އެއްބަސްވުންތައް އެކުަލަވާލި ނަމަވެސް ފްލެޓް ލިބޭ މީހުންގެ ލިސްޓް ކަނޑައެޅުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިންނެވެ. ހައުސިން މިނިސްޓްރީން ބުނީ ފްލެޓް ލިބުނު 2665 މީހެއްގެ ނަން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިންވަނީ އެފްޑީސީ އަށް ފޮނުވާފައި ކަމަށެވެ.

އެކި ފަހަރު އެކި ގޮތްތޮތަކަށް ފްލެޓް ދޫކުރުމުގެ ކަންކަމާ ބެހޭ ގޮތުން ސަރުކާރުން ވާހަކަ ދައްކަމުން އައިސް އެންމެ ފަހުން މިފުލެޓް ތަކަކީ އެހެނިހެން ރިއަލްއެސްޓޭޓް ކުންފުނިތަކުން ވެސް ދިގު މުއްދަތަކަށް އަގުދައްކާ ޚަލާސް ކުރުމުން މިލްކު ކުރެވޭ އުސޫލުން، އެފްޑީސީ އަށް 25 އަހަރުގެ މުއްދަތަކަށް އަގުދައްކާ ޚަލާސް ކުރުމުން މިލްކު ކުރެވޭގޮތަށް ދޫކުރެވޭ އެޕާރޓްމަންޓް ތަކެއް ކަން ވަނީ ފާހަގަ ކުރެވިފައެވެ.

އަނެއްކޮޅުން "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ދޫކޮށްފައިވާ ފްލެޓް ތަކަށް ރައްވެހިންގެ ރަޖިސްޓަރީ ހަދައި ނުދެވޭނެ ކަމަށް ސިޓީ ކައުންސިލުން ވަނީ އަންގާފައެވެ.

ރަށްވެހިންގެ ރަޖިސްޓަރީ ހެދުމަށް މިހާތަނަށް އަމަލު ކުރަމުންދާ އުސޫލަކީ "ގަނެ ވިއްކުމުގެ އެއްބަސްވުން" ގެ ދަށުން ހަދާފައިވާ އެއްބަސްވުމުގެ ކޮޕީ އަކާ އެކު ރަށްވެހިންގެ ރަޖިސްޓަރީ ހެދުމަށް އެދި، ގަންނަ ފަރާތުން ކައުންސިލަށް ހުށަހެޅުމުން އެތަނެއް ގަންނަ ފަރާތުގެ ނަމުގައި ރަށްވެހިންގެ ރަޖިސްޓަރީ ހަދައިދިނުން ކަމަށް ސިޓީ ކައުންސިލުން އަމިއްލަ ފަރާތަކަށް ލިޔުމުން ދިން ޖަވާބުގައި ހުސްވި ހަފްތާ ގެ ބުރާސްފަތި ދުވަހު ބުނެފައިވެއެވެ.

މިހާތަނަށް ރާއްޖޭގައި ދޫކުރެވިފައިވާ ހައުސިން ސްކީމްތަކަކީ ސޯޝަލް ހައުސިން ޔުނިޓްގެ ގޮތުގައި ދުކުރެވިފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކެއް ގެ ގޮތުގައިކަން ފާހަގަ ކުރެވޭ އިރު، ރާއްޖޭގައި އެންމެ ފަހުން ދޫކުރެވުނު ސޯޝަލް ހައުސިންގ ސްކީމް ކަމުގައިވާ "ހިޔާ" މަޝްރޫޢުގެ ދަށުން ފުލެޓް ހަވާލު ކޮށްފައިވާ އުޞޫލަކީ ފުލެޓް އެއްބަސްވުމުގައި ސޮއި ކުރާ ހިސާބުން ފެށިގެން އެއީ އެފަރާތެއްގެ އަމިއްލަ މިލްކެއް ކަމުގައި ހަމަޖައްސައި ދިނުމެވެ.

އެހެން ނަމަވެސް ސަރުކާރުން ވަނީ މި އުސޫލު ބަދަލު ކޮށްފައެވެ.

މީގެ އިތުރުން، ކުރިއާ ޚިލާފަށް މި ފަހަރު ފްލެޓް ހަވާލު ކުރަނީ ކުޔަށްދޭ އެޕާރޓްމަންޓްތަކަށް ޑައުން ޕޭމަންޓުގެ ގޮތުގައި 25،000 ރުފިޔާ ދެއްކުމުންކަން ވެސް ފާހަގަ ކުރެވެއެވެ.

ގެދޮރުވެރިއްޔާ ސްކީމުފަހި ދިރިއުޅުން ކޯޕަރޭޝަންފްލެޓުތައްހައުސިންގް މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

ތިން މިނިސްޓްރީގައި އަލިފާން ރޯވިތާ 1 އަހަރު: މައުލޫމާތު ހާމަނުކޮށް ފޮރުވަން މިއުޅެނީ ކޯއްޗެއް؟

ތިން މިނިސްޓްރީގައި އަލިފާން ރޯވިތާ 1 އަހަރު: މައުލޫމާތު ހާމަނުކޮށް ފޮރުވަން މިއުޅެނީ ކޯއްޗެއް؟

12 ޑިސެމްބަރު 2025
ހައުސިން މިނިސްޓްރީ އިމާރާތު ގައި ރޯވިތާ އަހަރެއް:  ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީ

ހައުސިން މިނިސްޓްރީ އިމާރާތު ގައި ރޯވިތާ އަހަރެއް: ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީ

11 ޑިސެމްބަރު 2025
ސަރުކާރުން މަސައްކަތް ކުރަނީ އައު އުސޫލެއްގެ ދަށުން ތުޅާދޫ ހައުސިން ޔުނިޓްތައް ދޫކުރަން، ގިނަ ބައެއްގެ ހައްގުތައް ގެއްލޭނެ: ކައުންސިލްގެ ނައިބު ރައީސް

ސަރުކާރުން މަސައްކަތް ކުރަނީ އައު އުސޫލެއްގެ ދަށުން ތުޅާދޫ ހައުސިން ޔުނިޓްތައް ދޫކުރަން، ގިނަ ބައެއްގެ ހައްގުތައް ގެއްލޭނެ: ކައުންސިލްގެ ނައިބު ރައީސް

06 ޑިސެމްބަރު 2025
ހައުސިންގ މިނިސްޓްރީ އިން ނެރުނު "ދޮގު" ބަޔާނަކީ، ސަރުކާރުން ތުޅާދޫ ކައުންސިލަށް ކުރި ދުއްތުރާ އެއް: ތުޅާދޫ ކައުންސިލް

ހައުސިންގ މިނިސްޓްރީ އިން ނެރުނު "ދޮގު" ބަޔާނަކީ، ސަރުކާރުން ތުޅާދޫ ކައުންސިލަށް ކުރި ދުއްތުރާ އެއް: ތުޅާދޫ ކައުންސިލް

04 ޑިސެމްބަރު 2025
ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން ޕީޖީ އަށް ފޮނުވައިފި

ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން ޕީޖީ އަށް ފޮނުވައިފި

27 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު