Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޖަޕާން ބިންހެލުން

ޖަޕާނަށް އައި ބާރުގަދަ ބިންހެލުމުގައި 6 މީހުން މަރުވެއްޖެ

އެތައްހާސް ގެތަކުގެ ކަރަންޓް ކެނޑި، އައްސޭރިފަށުގެ ބައެއް ސަރަހައްދުތަކުގެ ރައްޔިތުން ވަނީ އުސް ހިސާބުތަކަށް ބަދަލުވާން ޖެހިފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 1 ޖެނުއަރީ 2024 | ހޯމަ 23:53
ޖަޕާނަށް އައި ބާރުގަދަ ބިންހެލުމުގައި އިމާރާތެއް ވެއްޓިފައި

ޖަޕާނަށް އައި ބާރުގަދަ ބިންހެލުމުގައި އިމާރާތެއް ވެއްޓިފައި

ހޯމަ ދުވަހު ޖަޕާނުގެ މެދުތެރެއަށް އައި ބާރުގަދަ ބިންހެލުމުގައި ހަ މީހުން މަރުވެފައިވާކަމަށް އެ ގައުމުގެ ކަމާއިބެހޭ އިދާރާތަކުން ހާމަކޮށްފިއެވެ.

ރޮއިޓަރސްގައި ބުނެފައިވަނީ ހޯމަ ދުވަހު އައި ބިންހެލުމާއި ގުޅިގެން، އަންގާރަ ދުވަހުގެ ވަގުތެއްގައި ފުލުހުންނާއި ލޯކަލް އޮތޯރިޓީތަކުން ވަނީ ވެއްޓިފައިވާ އިމާރާތްތަކުގެ ބައިތަކުގެ ދަށުން ހަށިގަނޑުތައް ނަގަމުންދާ ކަމަށް ރިޕޯޓްކޮށްފައެވެ.

ހޯމަ ދުވަހުގެ މެންދުރު ފަހު ރެކްޓަރ މިންގަނޑުން 7.6 ގެ މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމުގައި އިމާރާތްތައް ހަލާކުވެ، އެތައްހާސް ގެތަކުގެ ކަރަންޓް ކެނޑި، އައްސޭރިފަށުގެ ބައެއް ސަރަހައްދުތަކުގެ ރައްޔިތުން ވަނީ އުސް ހިސާބުތަކަށް ބަދަލުވާން ޖެހިފައެވެ.

އަދި ޖަޕާނުގެ ހުޅަނގު ކަނޑުގެ އައްސޭރީގެ އިތުރުން އަވަށްޓެރި ދެކުނު ކޮރެއާގައި ވެސް ގާތްގަނޑަކަށް 1 މީޓަރު (3.3 ފޫޓު) އުސްމިނުގައި ރާޅުތައް އުފެދުނެވެ.

ސަލާމަތީ އޮޕަރޭޝަންތަކުގައި އެހީތެރިވުމަށް ސިފައިން ހަރަކާތްތެރިވަމުން އަންނަ އިރު، ބިންހެލުމުގެ ސަބަބުން ރަންވޭގައި ރެނދުތައް އަޅާ ފަޅައިގެން ގޮސް އެއަރޕޯޓެއް ވެސް ވަނީ ވަގުތީ ގޮތުން ބަންދުކޮށްފައެވެ.

ޕްރިފެކްޗަރަލް ކްރައިސިސް މެނޭޖްމަންޓް ޓީމާ ހަވާލާދީ އިޝިކާވާގައި ހަތަރު މީހަކު މަރުވެފައިވާ ކަމަށް ކިޔޯޑޯ ނިއުސް އިން ރިޕޯޓްކޮށްފައިވާއިރު، އޭގެ ތެރޭގައި 50 އަހަރުގެ ފިރިހެނަކާއި އަންހެނަކާއި ޒުވާން ފިރިހެން ކުއްޖަކާއި 70 އަހަރުގެ ފިރިހެނަކު ހިމެނެއެވެ.

ޖަޕާންބިން ހެލުން

އިތުރަށް ކިޔާލަން

03 ޑިސެމްބަރު 2025

ޖަޕާނަށް ރާއްޖެ އިން ކަނޑައަޅާ ސަފީރަކަށް މަހުލޫފް އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި

03 ޑިސެމްބަރު 2025
ޖަޕާނަށް ރާއްޖެ އިން ކަނޑައަޅާ ސަފީރަކަށް މަހުލޫފް އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި
27 ނޮވެމްބަރު 2025

އިންޑޮނޭޝިއާގެ ސުމަތުރާ ގައި 6.6 ބާރު މިނުގެ ބިން ހެލުމެއް ހިނގައިފި

27 ނޮވެމްބަރު 2025
އިންޑޮނޭޝިއާގެ ސުމަތުރާ ގައި 6.6 ބާރު މިނުގެ ބިން ހެލުމެއް ހިނގައިފި
21 ނޮވެމްބަރު 2025

ބަންގްލަދޭޝް އަށް އައި ބާރުގަދަ ބިން ހެލުމެއްގައި މަދުވެގެން 3 މީހުން މަރުވެއްޖެ

21 ނޮވެމްބަރު 2025
ބަންގްލަދޭޝް އަށް އައި ބާރުގަދަ ބިން ހެލުމެއްގައި މަދުވެގެން 3 މީހުން މަރުވެއްޖެ
03 ނޮވެމްބަރު 2025

އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ

03 ނޮވެމްބަރު 2025
އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ
21 އޮކްޓޯބަރު 2025

ސަނައޭ ޓަކައީޗީ ޖަޕާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރުގެ ގޮތުގައި ތާރީޚުގެ ތެރެއަށް

21 އޮކްޓޯބަރު 2025
ސަނައޭ ޓަކައީޗީ ޖަޕާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރުގެ ގޮތުގައި ތާރީޚުގެ ތެރެއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު