Advertisement
ކ. މާލެ
|
29 ޖުލައި 2025 | އަންގާރަ 07:44
އިންޑޮނޭޝިއާގެ ސުލަވެސީ ޖަޒީރާ އަށް ޖެނުއަރީ 21، 2007 އަށް އައި 6.5 މެގްނިޓިއުޑްގެ ބިންހެލުމެއް ގްރެފިކްއިން ދައްކަނީ (ފައިލް)
އިންޑޮނޭޝިއާގެ ސުލަވެސީ ޖަޒީރާ އަށް ޖެނުއަރީ 21، 2007 އަށް އައި 6.5 މެގްނިޓިއުޑްގެ ބިންހެލުމެއް ގްރެފިކްއިން ދައްކަނީ (ފައިލް)
ގެޓީއިމޭޖަސް
ބިން ހެލުން
މާލެ އާއި ހުޅުމާލޭ ގެ ބިންގަނޑަށް ލޮޅުމެއް އަރައިފި
މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކަށް ބިންގަނޑަށް ލޮޅުމެއް އެރި ކަމަށް ރިޕޯޓުތައް ލިބިފައިވޭ
އިންޑިއާގެ ނިކޯބާ އައިލެންޑްސް އަށް ރިކްޓަރ މިންގަނޑުން 6.2 ގެ ބާރުމިނުގައި ބިންހެލުމެއް އަންގާރަ ވިލޭރޭ އައި
ކާޑެއްދޫ ގައި ގާއިމު ކޮށްފައިވާ ބިންހެލުން ރެކޯޑް ކުރާ މީޓަރަށް ރާއްޖޭ ގަޑިން 23:48 ގައި ލޮޅުމެއްގެ އަސަރު ކޮށްފައިވާ ކަން ރެކޯޑް ކުރެވިފައިވޭ

މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކަށް ބިންގަނޑަށް އަންގާރަ ވިލޭރެ ލޮޅުމެއް އަރައިފި ކަމުގެ ރިޕޯޓުތަކެއް ލިބިފައިވާ ކަމަށް މީޓިއޮރޮލޮޖީ އިން ބުނެފިއެވެ.

އަންގާރަ ވިލޭރޭ ރާއްޖޭ ގަޑިން 23:41 ގައި އިންޑިއާ ގެ ނިކޯބާ އައިލެންޑްސް އަށް ބިން ހެލުމެއް އައި ކަން ވަނީ ރެކޯޑް ކުރެވިފައެވެ. އަދި އެކަން ވަނީ މެޓު އޮފީހުން އަންގާރަ ވިލޭރޭ އާންމު ކޮށް އިއުލާނު ކޮށްފައެވެ.

ރިކްޓަރ މިންގަނޑުން 6.2 ގެ ބާރު މިނުގައި އައި މި ބިންހެލުމުގެ ސަބަބުން ސުނާމީ އެއް ނުއުފެދޭނެ ކަމަށް މެޓުން ކުރިން ވަނީ ބުނެފައެވެ.

"ނަމަވެސް ބިން ހެލުމާ ގުޅިގެން، މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދު ތަކަށް ލޮޅުމެއް އައި ކަމުގެ ރިޕޯޓުތަކެއް ލިބިފައި ވެއެވެ،" މެޓުން އަންގާރަ ދުވަހު ހެނދުނު ނެރުނު ބަޔާނެއް ގައި ވެއެވެ.

މެޓުން ބުނީ ކާޑެއްދޫ ގައި ގާއިމު ކޮށްފައިވާ ބިންހެލުން ރެކޯޑް ކުރާ މީޓަރަށް ރާއްޖޭ ގަޑިން 23:48 ގައި ލޮޅުމެއްގެ އަސަރު ކޮށްފައިވާ ކަން ރެކޯޑް ކުރެވިފައިވާ ކަމަށެވެ.

މީގެ ސަބަބުން ރާއްޖެ އަށް އިތުރު ނުރައްކަލެއް ކުރިމަތިވާނެ ކަމަށް ނުބެލޭ ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.

- ކޮމެންޓް