Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޖަޕާން

އިންތިޚާބުގައި ޖަޕާނުގެ ބޮޑު ވަޒީރަށް ބޮޑު ނާކާމިޔާބީ އެއް

ޖަޕާނުގެ ގާނޫނު ހަދާ މަޖިލީހުގެ މަތި ގޭގެ އިންތިޚާބުގައި ވެރިކަން ކުރާ އިއްތިހާދު ބަލިވެ، އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް ބޮޑުވަޒީރު އިޝިބާ މަޤާމުގައި ދެމިހުންނަވާނެކަމަށް ވިދާޅުވެއްޖެ. ދިރިއުޅުމުގެ އަގުތައް މައްޗަށް ދިއުމާއި، އެލްޑީޕީގެ ސިޔާސީ ހަމަނުޖެހުންތަކާ ގުޅިގެން ރައްޔިތުން ތިބީ ބޮޑަށް ހިތްހަމަނުޖެހިފައި.

ރާއްޖެ އެމްވީ | 21 ޖުލައި 2025 | ހޯމަ 10:54
ޖަޕާނުގެ ބޮޑު ވަޒީރު ޝިގެރޫ އިޝިބާ އަށް ރައްޔިތުންގެ ހިތްހަމަނުޖެހުމާ ކުރިމަތިލައްވަން ވަނީ ޖެހިފައި

ޖަޕާނުގެ ބޮޑު ވަޒީރު ޝިގެރޫ އިޝިބާ އަށް ރައްޔިތުންގެ ހިތްހަމަނުޖެހުމާ ކުރިމަތިލައްވަން ވަނީ ޖެހިފައި

ޖަޕާނުގެ އާންމު އިންތިޚާބުގައި އެ ގައުމުގެ ބޮޑު ވަޒީރު ބޮޑު ނާކާމިޔާބީ އަކާ ކުރިމަތި ލައްވަން ޖެހިވަޑައިގެންފިއެވެ. އެހެން ނަމަވެސް އޭނާ ވިދާޅުވީ، މަޤާމުގައި ދެމި ހުންނަވާނެ ކަމަށެވެ.

އިންތިޚާބުގައި ޖަޕާނުގެ ވެރިކަން ކުރާ އިއްތިހާދަށް އެ ޤައުމުގެ މަޖިލީހުގެ މަތި ގޭގެ އަޣުލަބިއްޔަތު ވަނީ ގެއްލިފައެވެ. ނަމަވެސް ބޮޑުވަޒީރު ޝިގެރު އިޝިބާ ވިދާޅުވެފައި ވަނީ އިސްތިއުފާ ދެއްވުމުގެ އެއްވެސް ވިސްނުމެއް ނެތްކަމަށެވެ.

އާދީއްތަ ދުވަހު ވޯޓުލޯޓުލުމަށް ރައްޔިތުން ނިކުމެފައި ވަނީ ވަރަށް ވާދަވެރި އިންތިޚާބަކަށެވެ. މި އިންތިޚާބު ބޭއްވުނީ ލިބަރަލް ޑިމޮކްރެޓިކް ޕާޓީ (އެލްޑީޕީ) އާއި އެ ޕާޓީގެ ޖޫނިއަރ ޕާޓްނަރު ކޮމެއިޓޯގެ އިއްތިހާދަށް އަގުތައް މައްޗަށް ދިއުމާއި އެމެރިކާގެ ޓެރިފްތަކުގެ ބިރުވެރިކަމާ ގުޅިގެން އާންމުންގެ ހިތްހަމަ ނުޖެހުން އޮތް ދަނޑިވަޅެއްގައެވެ.

އާދީއްތަ ދުވަހު ވޯޓުލުން ނިމުމަށްފަހު ވާހަކަ ދައްކަވަމުން ބޮޑުވަޒީރު ވިދާޅުވީ ނަތީޖާ އެމަނިކުފާނު ހެޔޮހިތުން ޤަބޫލު ކުރައްވާ ކަމަށާއި، ނަމަވެސް އެމަނިކުފާނު ގެ އަމާޒަކީ ވިޔަފާރީގެ މަޝްވަރާތައް ކުރިއަށް ގެންދެވުން ކަމަށެވެ.

މިދިޔަ އަހަރު ޖަޕާނުގެ އެންމެ ބާރުގަދަ ތިރި ގޭގެ އަޣުލަބިއްޔަތު ގެއްލުމަށްފަހު، މި ބަލިވުމުން އިއްތިހާދުގެ ނުފޫޒު އިތުރަށް ބަލިކަށި ވެގެން ދާނެ އެވެ.

ވެރިކަން ކުރާ އިއްތިހާދަށް 248 ގޮނޑީގެ މަތީ މަޖިލީހުގައި ކޮންޓްރޯލް ދެމެހެއްޓުމަށް 50 ގޮނޑި ބޭނުންވިއެވެ. ނަމަވެސް އެ އިއްތިހާދަށް ލިބުނީ 47 ގޮނޑިއެވެ.

މައިގަނޑު އިދިކޮޅު ޕާޓީ ކަމުގައިވާ ކޮންސްޓިޓިއުޝަނަލް ޑިމޮކްރެޓިކް ޕާޓީ އަށް 22 ގޮނޑި ލިބި އިންތިޚާބުގެ ދެވަނަ ލިބުނެވެ.

އާދީއްތަ ދުވަހުގެ އިންތިޚާބުގައި މަތީ މަޖިލީހުގެ ދެބައިކުޅަ އެއްބައި އަދަދުގެ ގޮނޑި އަށް މެމްބަރުން އިންތިޚާބު ކުރުމަށް ވޯޓު ލެވުނެވެ. އަދި މެންބަރުން އިންތިޚާބު ކުރެވެނީ 6 އަހަރުގެ ދައުރަކަށެވެ.

އިޝިބާ ގެ މެދުމިނުގެ ވިސްނުން ގެންގުޅޭ ކަނާތު ފިޔައިގެ ޕާޓީން 1955 އިން ފެށިގެން ގާތްގަނޑަކަށް މެދުނުކެނޑި ޖަޕާނު ވެރިކަން ކޮށްފައިވެއެވެ. ނަމަވެސް އެ މުއްދަތުގައި ލީޑަރުން ބަދަލުވަމުން ގޮސްފައި ވެއެވެ.

މި ނަތީޖާ އިން ދައްކުވައި ދެނީ އިޝިބާ އާ މެދު ވޯޓުލީ މީހުންގެ ހިތްހަމަނުޖެހުން އޮތް މިންވަރު ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. އިޤްތިޞާދީ ދަތިތަކާއި، ދިރިއުޅުމުގެ އަގުބޮޑުވުމާއި، އެމެރިކާ އާ އެކު ކުރެވޭ ވިޔަފާރީގެ މަޝްވަރާތަކާ ކުރިމަތިލަމުން ދާއިރު އޭނާ އަށް އިތުބާރު ދެމެހެއްޓުމަށް ވަނީ ދަތިކަމަށް ވެފައެވެ.

ގިނަ މީހުން ހިތްހަމަ ނުޖެހެނީ އަގުތައް މައްޗަށް ދިއުމާ ގުޅިގެންނެވެ. ޚާއްޞަކޮށް ހަނޑުލުގެ އަގު މައްޗަށް ދިއުމާއި، ފާއިތުވި އަހަރު ތަކުގައި އެލްޑީޕީ އަށް ދިމާވެފައިވާ ސިޔާސީ ހަމަނުޖެހުންތަކާ މެދު ވެސް ރައްޔިތުން ތިބީ ހިތްހަމަ ނުޖެހިފައެވެ.

އެންމެ ފަހުން އަޕަރ ހައުސް ގެ އަޣުލަބިއްޔަތު ގެއްލުނު އެލްޑީޕީގެ ތިން ބޮޑުވަޒީރުން ދެ މަސްދުވަހުގެ ތެރޭގައި މަޤާމުން ވަކިވެފައި ވެއެވެ. ދިރާސާ ކުރާ ފަރާތްތަކުން ލަފާކޮށްފައި ވަނީ މިހާރުގެ ބޮޑު ވަޒީރު ވެސް ހަމަ މި މަގުން ދަތުރު ކުރެއްވުން ގާތް ކަމުގައެވެ.

އިތުރަށް ކިޔާލަން

03 މާރިޗު 2017

އިސްލާމް ދީނަކީ ދުނިޔޭގެ އެންމެ ބޮޑު ދީން ކަމުގައި 2070 އާ ހަމައަށް ވެގެންދާނެ: ރިޕޯޓް

03 މާރިޗު 2017
އިސްލާމް ދީނަކީ ދުނިޔޭގެ އެންމެ ބޮޑު ދީން ކަމުގައި 2070 އާ ހަމައަށް ވެގެންދާނެ: ރިޕޯޓް
18 ފެބުރުއަރީ 2017

އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން

18 ފެބުރުއަރީ 2017
އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން
12 ފެބުރުއަރީ 2017

ނިއުޒިލޭންޑް ގޮނޑުދޮސަށް ލައްވި ބޮޑުމަސްތައް ފުންކޮށްފި

12 ފެބުރުއަރީ 2017
ނިއުޒިލޭންޑް ގޮނޑުދޮސަށް ލައްވި ބޮޑުމަސްތައް ފުންކޮށްފި
10 ފެބުރުއަރީ 2017

ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި

10 ފެބުރުއަރީ 2017
ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި
09 ފެބުރުއަރީ 2017

ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

09 ފެބުރުއަރީ 2017
ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު