Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ބައިޑެންއަށް ފާޑުކިޔުން

ފަލަސްތީނާ ދެކޮޅަށް އިސްރާއީލުން ހިންގާ ހަނގުރާމައިގެ ޖަރީމާތަކުގައި ބައިޑެން ބައިވެރިވާކަމަށް އެމެރިކާގެ އިސްލާމިކް ކައުންސިލުން ބުނެފި

ކައުންސިލުން ނެރުނު ބަޔާނުގައި ވަނީ ރައީސް ބައިޑެންއަށާއި، އެމެރިކާގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައި ކަންބޮޑުވުން ފާޅުކޮށްފައި

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 1 ޖެނުއަރީ 2024 | ހޯމަ 07:06
އެމެރިކާގެ ރައީސް ބައިޑެން އާއި އިސްރާއީލްގެ ބޮޑުވަޒީރު ނަތަންޔާހޫ

އެމެރިކާގެ ރައީސް ބައިޑެން އާއި އިސްރާއީލްގެ ބޮޑުވަޒީރު ނަތަންޔާހޫ

ފަލަސްތީނާ ދެކޮޅަށް އިސްރާއީލުން ހިންގާ ހަނގުރާމައިގެ ޖަރީމާތަކުގައި ބައިޑަން ވަރަށް ފުރިހަމައަށް ބައިވެރިވާ ކަމަށް އެމެރިކާގެ އިސްލާމިކް ކައުންސިލުން ބުނެފިއެވެ.

އެ ކައުންސިލުން ރައީސް ބައިޑެންއަށް ފާޑުކިޔާފައިވަނީ ޣައްޒާއާއި ހިފާފައިވާ ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކުގައި އާންމުންނަށް އަމާޒުކޮށް އިސްރާއީލުން ހިންގަމުންދާ ޙަމަލާތަކަށް ވާގިވެރިވެ އެމެރިކާއިން ގެންގުޅޭ ވިސްނުމާމެދު ކައުންސިލް އޮން އެމެރިކަން-އިސްލާމިކް ރިލޭޝަންސް (ސީ.އޭ.އައި.އާރް) އިން ކަންބޮޑުވުން ފާޅުކޮށް ނެރެފައިވާ ބަޔާނެއްގައެވެ.

އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ހިންގާ ހަނގުރާމައިގެ ޖަރީމާތަކުގައި އެމެރިކާގެ ރައީސް ޖޯ ބައިޑެން ބައިވެރިވާ ކަމަށް ތުހުމަތުކޮށް އެ ކައުންސިލުން ނެރުނު ބަޔާނުގައި ވަނީ ރައީސް ބައިޑެންއަށާއި އެމެރިކާގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައި ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޣައްޒާއަށް ދިން ބޮމުގެ ހަމަލާތަކާއި ބެހޭގޮތުން ބައިޑެން ދެއްކެވި ވާހަކަފުޅުތަކުގެ ހަނދާން އައުކުރައްވަމުން އަހްމަދު މިޝެލް ވިދާޅުވީ، "މި ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށާއި އިންސާފުވެރި، ދެމެހެއްޓެނިވި ސުލްހައެއް ހޯދުމަށް ތާއީދުކުރާ އެމެރިކާގެ ގިނަ ބައެއްގެ ވާހަކަ އެމެރިކާގެ ރައީސް އަޑުއަހަން ޖެހޭ" ކަމަށެވެ.

މިއީ ބައިޑެންގެ ވިސްނުމަށް ސީއޭއައިއާރުން ފާޑުކިޔާ ފުރަތަމަ ފަހަރެއް ނޫނެވެ. ޣައްޒާގެ ސްކޫލެއްގައި ހިމާޔަތް ހޯދަމުން އަންނަ އަންހެނުންނާއި ކުޑަކުދިންނާއި ތުއްތު ކުދިންނަށް އިސްރާއީލުން މަރުގެ އަދަބު ދިން މައްސަލަ ބެލުމަށް ގާހިރާއިން ވަނީ މިމަހުގެ ކުރީކޮޅު އެމެރިކާގެ ސަރުކާރަށް ގޮވާލާފައެވެ.

"ޣައްޒާގައި ނަސްލު ނައްތާލުމަށް އިސްރާއީލު ސަރުކާރުން ހިންގާ ހަރުކަށި ފިކުރުގެ ކެމްޕޭން ދިފާއުކޮށް، އެކަމަށް މަގުފަހިކޮށްދިނުމުގައި ބައިޑެންގެ ސަރުކާރުން ދެމުންދާ އެއްބާރު ލުމުގެ ސަބަބުން ސަރުކާރުގެ އޮފިޝަލުން ޖަވާބުދާރީވާން ޖެހޭނެ،" ކައުންސިލްގެ ނޭޝަނަލް ކޮމިއުނިކޭޝަން ޑިރެކްޓަރު އިބްރާހިމް ހޫޕާ ވިދާޅުވިއެވެ. 

އަދި އިންތިޚާބުގެ ކެމްޕޭނުގައި ބައިޑެންއާ ދެކޮޅަށް ތެދުވާނެ ކަމަށް ވެސް ސީއޭއައިއާރުން ވަނީ ވައުދުވެފައެވެ.

"އަޅުގަނޑުމެން ސީދާ އެމަނިކުފާނަށް ދެންނެވިން، އަޅުގަނޑުމެންގެ އަމިއްލަ ހައިސިއްޔަތުން، ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ގޮވާނުލައިފިނަމަ، 2024 ވަނަ އަހަރު އަޅުގަނޑުމެންގެ ވޯޓު ނުލިބޭނެ ކަމަށް،" ކައުންސިލްގެ ވެރިޔާ ނިހާދު އަވާދު މިދިޔަ ނޮވެމްބަރު މަހު އަނަޑޯލު އެޖެންސީއަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބައިޑެންގެ މި ސްޓޭންޑާ އެއްގޮތަށް މުޖުތަމައުން އެއްވެސް އެއްބާރުލުމެއް ދިނުމުގެ ފުރުސަތެއް ނެތް ކަމަށެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން މިހާތަނަށް 22،000 އަށްވުރެ ގިނަމީހުން މަރާލާފައިވާ ޣައްޒާ އާއި ހިފާފައިވާ ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލު ސިފައިން ދަނީ ހަމަލާތައް ވަރުގަދަ ކުރަމުންނެވެ.

އިސްރާއީލު ސިފައިންގެ ބައިވެރިވުން އޮތަސް، އެމެރިކާއިން ދަނީ ސަލާމަތީ މަޖިލީހުގައި އިސްރާއީލުގެ ބާރުގެ ބޭނުން ހިފައި، ވީޓޯގެ ބާރުގެ ބޭނުންކޮށްގެން ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ ކޮންމެ ގަރާރެއް ވެސް ހުއްޓުވުމަށް މަސައްކަތް ކުރަމުންނެވެ.

ދުނިޔެޣައްޒާފަލަސްތީނުއިޒްރޭލް

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު