Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަރްޔަމް ސަލާމަތްކުރުން

ނިރުބަވެރި އިސްރާއީލުން ވައްޓާލި ޢިމާރާތުގެ ދަށުން ތުއްތުތުއްތު މަރްޔަމް ނެގިއިރު މަންމައާއި ދައްތަ ޝަހީދުވެއްޖެ!

ތުއްތު ކުއްޖާގެ ފައި އޮތީ ގައުކުނޑިތަކުގެ ދަށުވެފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 1 ޖެނުއަރީ 2024 | ހޯމަ 02:24
ތުއްތުތުއްތު މަރްޔަމް އިމާރާތުގެ ދަށުން ސަލާމަތްކުރަނީ

ތުއްތުތުއްތު މަރްޔަމް އިމާރާތުގެ ދަށުން ސަލާމަތްކުރަނީ

ނިރުބަވެރި އިޒްރޭލުން ފަލަސްޠީނުގެ ޣައްޒާގައި ހިންގަމުންދާ ޤަތުލުޢާންމަށް 3 މަސް ވާން ދަނީއެވެ. މިއިން ދުވަހަކުވެސް ޙަމަލާތައް ހުއްޓާލާނެ ކަމުގެ އިޝާރާތެއް ނެތެވެ. ފަހަރަކަށް ވުރެ ފަހަރެއް، ޙަމަލާތައް ގަދަ ކުރަނީއެވެ. އެޔެއް މިޔެއް ބެލުމެއް ނެތި އެއްގަމާއި، ކަނޑާއި ވައިގެ މަގުން ޣައްޒާއަށް ޙަމަލާތައް ދެމުން ދަނީ ޣައްޒާ ކޮންޓްރޯލް ކުރާ ޙަމާސް ޖަމާއަތުގެ ވަސް، މި ބިންމަތިން ފޮހެލާނެ ކަމަށް ބުނަމުންނެވެ. ގިނަ ފަހަރަށް ޙަމަލާތައް ވަރުގަދަ ކުރަނީވެސް ރޭގަނޑުގެ ވަގުތުތަކުގައެވެ. ނިދިތާއްޔާ ޖެހި ލޯމެރިލާ ވަގުތުތައް ބަލައިގެން ޢާއިލާތައް ހުރި ގޮތަށް އަބަދުގެ އަބަދަށް ނިންދަވާލަނީއެވެ.

ޣައްޒާއާއި މުޅި ދުނިޔެއާ ދެމެދު އޮތް ކަނޑުވާލުމަށް ޔަހޫދީ އިޒްރޭލާއި އިޒްރޭލަށް ވާގިދޭ ބާރުތަކުން މަސައްކަތް ކުރި ކަމުގައި ވީ ނަމަވެސް، އެކަން މުޅިން ކާމިޔާބު ވާ ގޮތެއް ނުވެއެވެ. ޣައްޒާގެ މަސްރަޙުން ތިލަވާ ކޮންމެ މަންޒަރަކުން ދެން ތިބި މީހުންގެ ހިތްތައް ކުދިކުދިކޮށްލައެވެ. އެތައް ފިލަވާޅަކާއި ޢިބުރަތެއް އުނގަންނައިދެއެވެ. ކެތްތެރިކަމާއި ލިބޭ މިންވަރަށް ޝުކުރު ކުރަން ހަނދާން ކޮށްދެއެވެ. ޞަބްރާއި ދުޢާގައި ހުރި ބާރު އަންގައިދެއެވެ. ކޮންމެ މަންޒަރެއްވެސް އެތައް ވާހަކައެއް ކިޔައިދެއެވެ.

އިޒްރޭލުން ބިމާހަމަކުރަމުން ދާ ޢިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި އަބަދުވެސް ކޮންމެވެސް ބަޔަކު އުޅެއެވެ. ޒަމާނީ ޢާލާތްތަކެއް ނެތެވެ. އަތުން ހިފާ ގެންގުޅެވޭ ވަރުގެ ދެތިން ޢާލާތެއް ފިޔަވާ އެހެން އެއްޗެއް ނެތެވެ. ބޮޑެތި ކޮންކުރީޓު ތަނބުތައްވެސް ނަގަން ޖެހެނީ އަމިއްލަ ދެ އަތުންނެވެ.

ޑިސެމްބަރ 29 ވީ ހުކުރު ދުވަހުގެ ރެއަކީވެސް ނިރުބަވެރި ޔަހޫދީންގެ ވަރުގަދަ ޙަމަލާތަކެއް ޣައްޒާއަށް އަމާޒު ކުރި ރެއެކެވެ. ރަފަޙަށް ދިން ޙަމަލާތަކުގައި ބިމާ ހަމަކޮށްލި ޢިމާރާތެއްގެ ވެއްޓިފައި ވާ ބައިތަކުގެ ދަށުން މީހުން ސަލާމަތް ކުރުމުގެ އުންމީދުގައި މަސައްކަތް ކުރަމުން ދިޔަ އޮރެންޖު ކުލައިގެ ޖެކެޓް ލައިގެން ތިބި މީހުން ފިސާރި ބާރަށް ހަޅޭއްލަވަން ފެށިއެވެ. ކޮންމެ މީހަކަށްވެސް އެ ވަގުތު ވާނީ އެކަހަލަ ގޮތެކެވެ. އެމީހުންގެ އަތުގައި ތުއްތު ކުއްޖަކު ޖެހުނެވެ. ފުރާނަވެސް ހުރި، އަންހެން ކުއްޖެކެވެ.

މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި އުޅުނު މީހުންނަށް މަރްޔަމް ފެނުނުއިރު އެ ތުއްތު ކުއްޖާގެ ފައި އޮތީ ގައުކުނޑިތަކުގެ ދަށުވެފައެވެ. ޢިމާރާތުގެ ބައިތަކުގެ ދަށުން، ތުއްތުތުއްތު މަރްޔަމް އަބޫ އާކިލް ނެގުނު އިރު އެ ހަށިގަނޑު ފޮރުވިފައި ވަނީ ހިރަފުހުގެ އަޅުތަކުންނެވެ. އޭރުވެސް އެ ކުއްޖާފުޅު ދިޔައީ އެ ކުއްޖާއަށް ލެއްވުނު ވަރަކަށް އެކި ކަހަލަ އަޑުތައް ލައްވަމުންނެވެ.

މަރްޔަމްގެ ޢާއިލީ ގެ ހުންނަނީ އިޒްރޭލާއި ޣައްޒާ ހިއްސާ ކުރާ ބޯޑަރާ ވަރަށް ކައިރީގައެވެ. އެ ސަރަޙައްދުގެ ނުރައްކާ ބޮޑުވުމުގެ ސަބަބުން، އެ ޢާއިލާއިން ފަހުން ދިރިއުޅުން ބަދަލު ކުރީ އަބޫ އިދުވާންގެ ޢާއިލާ ދިރިއުޅެމުން ދިޔަ ގެއަށެވެ. އަބޫ އިދުވާންގެ ގެއައަކީ، އަބޫ އާކިލްގެ ޢާއިލާ ފަދަ، ގެދޮރު ގެއްލިފައިވާ އެތައް ޢާއިލާއެއް ދިރިއުޅެމުން ދިޔަ ވަގުތީ ހިޔާވައްސެވެ.

ޑިސެމްބަރ 29 ވަނަ ދުވަހުގެ ރޭގެ ޙަމަލާގައި އިޒްރޭލުން ބިމާހަމަކުރީ އެ ގެއެވެ. ވެއްޓިފައިވާ ޢިމާރާތުގެ ބައިތަކުގެ ދަށުން މަރްޔަމް ނެގިއިރު، ގިނަ ޢަދަދެއްގެ ބަޔަކު އެ ސަރަޙައްދަށް ޖަމާވެ ތިއްބެވެ.

ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާގެ ތަރުޖަމާނު، އަޝްރަފު އަލް-ޤިދްރާ ފާހަގަ ކުރި ގޮތުގައި އިޒްރޭލުން ވައިގެ މަގުން ދިން އެ ޙަމަލާގައި 20 މީހެއްގެ ފުރާނަ ގެއްލި، 55 މީހަކު ވަނީ ޒަޚަމްވެފައެވެ.

ހުކުރު ދުވަހުގެ ރޭ ދިން ޙަމަލާތަކުގައި މަރްޔަމްގެ މަންމައާއި އޭނާގެ ދައްތަވެސް ވަނީ ޝަހީދުކޮށްލާފައެވެ. އަބޫ އިދުވާންގެ ޢާއިލާގެ މެންބަރުންނާއި، އެ ގޭގައި ވަގުތީ ގޮތުން ހިޔާވަހިކަން ހޯދަމުން ދިޔަ އެހެން ޢާއިލާތަކުގެ ބައެއް މެންބަރުންވެސް އޭގެ ތެރޭގައި ހިމެނެއެވެ. މަރްޔަމްގެ ބައްޕަ އަދި ކުޑަކުޑަ ބޭބެ ޙާމިދުގެ ފުރާނަ ސަލާމަތްވިއެވެ.

އިޒްރޭލުގެ ޢުދުވާންތަކުން ސަލާމަތް ހޯދުމަށްޓަކައި ޣައްޒާގެ އެތައް ބަޔަކު ވަނީ އެމީހުންގެ އަމިއްލަ ގެދޮރު ދޫކޮށް އެހެން ސަރަޙައްދުތަކަށް ބަދަލު ވެފައެވެ. މިހެން ބުންޏެއް ކަމަކު ޣައްޒާގެ ފަސްގަނޑުގައި ސަލާމަތާއި ރައްކާތެރިކަން ލިބެނިވި އެންމެ ވެލިފުކެއްވެސް ނެތެވެ. އުތުރުން ފައިބަން އެންގުމަށްފަހު ދެން ޙަމަލާތައް ވަރުގަދަ ކުރަން ފެށީ ޢާންމުންގެ ގިނަ ބަޔަކު ޖަމާވި ދެކުނުގެ ސަރަޙައްދަށެވެ. ރައްކާތެރި ކަމުގެ ސަރަޙައްދެއް ކަމަށް ބަލާ، ބޯޑަރު ސަރަޙައްދަށް މީހުން ޖަމާވުމުން އެތަންތަނަށްވެސް ވަރުގަދަ ޙަމަލާތަކެއް ދެއެވެ. 2.3 މިލިއަން މީހުންގެ ޢާބާދީއެއް އޮތް ޣާއްޒާގެ 90 ޕަސެންޓް މީހުންނަކީ މިއަދު އަމިއްލަ ފަސްގަނޑުގައި ގެދޮރު ގެއްލިފައިވާ  މީހުންނެވެ.

އޮކްޓޯބަރ 7 ވަނަ ދުވަހު އިޒްރޭލުން ހިންގަން ފެށި ޤަތުލުޢާންމުގައި ފަލަސްޠީނުން މަރުވި މީހުންގެ ޢަދަދި 21500 އަށް ވުރެ މައްޗަށް އަރައެވެ. އޭޣެ ތެރޭގައި ގިނައީ 18 އަހަރުން ދަށުގެ ކުޑަ ކުދިން ކަމަށް ޣައްޒާގެ ޞިއްޙަތާ ބެހޭ އިދާރާތަކުން ބުނެއެވެ. ކުޑަ ކުއްޖަކު މި ދުނިޔެމަތީގައި މި ވަގުތު އޮތް އެންމެ ނުރައްކާ މަންޒިލަކީ ޣައްޒާ ކަމަށް އދއިންވެސް ވަނީ ބުނެފައެވެ.

ޣައްޒާފަލަސްތީނުފަލަސްތީން - އިސްރާއީލް ހަމަނުޖެހުންދުނިޔެ

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު