Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ރެއާލް މެޑްރިޑު

ރެއާލްގެ އެއްބަސްވުން އަންޗެލޮޓީ އައު ކޮށްފި

މިހާރު ރެއާލާއެކު އޭނާ ސޮއިކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 30 ޑިސެމްބަރު 2023 | ހޮނިހިރު 03:06
ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ

ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ

ރެއާލް މެޑްރިޑަށް އިރުޝާދު ދެމުން އަންނަ އިޓަލީގެ ތަޖުރިބާކާރު ކޯޗު، ކާލޯ އަންޗެލޮޓީ އެ ކުލަބާއެކު ހަދާފައިވާ އެއްބަސްވުން އައު ކޮށްފި އެވެ.

އުމުރުން 64 އަހަރުގެ އަންޗެލޮޓީ، ދެ ވަނަ ފަހަރަށް ރެއާލާ ހަވާލުވީ 2021 ވަނަ އަހަރު އެވެ. އެ އަހަރު ރެއާލާއެކު އޭނާ ސޮއި ކުރީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، އޭނާ ރެއާލް ދޫކޮށް ބްރެޒިލް ޤައުމީ ފުޓުބޯޅަ ޓީމުގެ ކޯޗުކަމާ ހަވާލުވާނެ ކަމުގެ އަޑުތައް ވެސް އޮތީ ފެތުރިފަ އެވެ. އަންޗެލޮޓީ ގެނައުމުގެ ޝައުޤުވެރިކަން ބްރެޒިލްގެ ފުޓުބޯޅަ ފެޑެރޭޝަނުން ވެސް އޮތީ ފާޅުކޮށްފަ އެވެ. އެހެން ނަމަވެސް، އޭނާގެ އެއްބަސްވުން އައު ކުރުމަށް ރެއާލުން ވަނީ މީގެ ކުރިން މަސައްކަތް ފަށައިފަ އެވެ.

ރެއާލްގެ އެއްބަސްވުން އަންޗެލޮޓީ އައު ކުރީ އިތުރު ދެ އަހަރު ދުވަހަށެވެ. އެހެންކަމުން، މިހާރު ރެއާލާއެކު އޭނާ ސޮއިކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެކަން ހާމަކޮށް ރެއާލުން ވަނީ ބަޔާނެއް ވެސް ނެރެފަ އެވެ. އެ ބަޔާނުގައި ވަނީ އެ ކުލަބާއެކު އަންޗެލޮޓީ ހޯދާފައިވާ ކާމިޔާބީތައް ވެސް ފާހަގަކޮށްފަ އެވެ.

ދެ ވަނަ ފަހަރަށް އަންޗެލޮޓީ ރެއާލާ ގުޅުނީ 2021 ވަނަ އަހަރެވެ. އޭނާގެ އިރުޝާދުގެ ދަށުން ރެއާލް ވަނީ 141 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން އެ ޓީމު ވަނީ 99 މެޗުން މޮޅުވެފަ އެވެ. 22 މެޗުން ބަލިވެފައިވާއިރު، 20 މެޗު ވަނީ އެއްވަރުވެފަ އެވެ. ދެ ވަނަ ފަހަރަށް ރެއާލާ ހަވާލުވެ އޭނާ ވަނީ އެ ކުލަބާއެކު ހަ ތައްޓެއް ކާމިޔާބުކޮށްފަ އެވެ.

އޭގެ ތެރޭގައި ސްޕެނިޝް ލީގު، ކޮޕާ ޑެލް ރޭ، ސްޕެނިޝް ސުޕަ ކަޕް، ޔުއެފާ ޗެެމްޕިއަންސް ލީގު، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބު ވޯލްޑް ކަޕް ހިމެނެ އެވެ.

ރެއާލް މެޑްރިޑްކާލޯ އަންޗެލޮޓީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެމްބާޕޭގެ ދެ ލަނޑާ އެކު މޮޅުވެ، ރެއާލް ގަދަ 16 އަށް

އެމްބާޕޭގެ ދެ ލަނޑާ އެކު މޮޅުވެ، ރެއާލް ގަދަ 16 އަށް

18 ޑިސެމްބަރު 2025
އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް

އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް

15 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު