Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ރެއާލް މެޑްރިޑް

އަލޮންސޯ ހުރީ ހިތްހަމަ ޖެހިގެން، ކުޅުންތެރިންގެ އިތުބާރު ހިފެހެއްޓޭނެ

އަލޮންސޯ ބުނީ މެޗުން މުހިންމުވީ ހަމައެކަނި ތިން ޕޮއިންޓު ނޫން ކަމަށެވެ. ޚާއްސަކޮށް އެ މޮޅާ އެކު، ކުރިއަށް ދިޔުމުގައި ރެއާލް އަށް އިތުރު ހިތްވަރެއް ލިބިފައިވާ ކަމަށާއި، ކުޅުންތެރިން އިތުބާރު ހިފަހައްޓައި، މިހާރު ޓީމުގައި އޮތް ރޫޙާ އެކު ކުރިއަށް ދިޔުމުގެ އުންމީދު އޮތް ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 28 އޮކްޓޯބަރު 2025 | އަންގާރަ 04:53
ރެއާލްގެ ކޯޗު ޒަބީ އަލޮންސޯ

ރެއާލްގެ ކޯޗު ޒަބީ އަލޮންސޯ

ސްޕެނިޝް ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗުން ރެއާލް މެޑްރިޑު މޮޅުވުމުން ހިތްހަމަ ޖެހިފައި ހުރި ކަމަށް އެ ޓީމުގެ ކޯޗު ޒަބީ އަލޮންސޯ ބުނެފި އެވެ.

ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން ވަނީ 2-1 އިން ބާސެލޯނާގެ މައްޗަށް ކުރި ހޯދައިފަ އެވެ. އެ މޮޅާއެކު، ރެއާލް އިން ވަނީ ލީގު ތާވަލްގެ އެއް ވަަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. އެއީ މިވަގުތު އަލޮންސޯ އަށް އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމެވެ.

މެޗަށް ފަހު ވާހަަކަ ދައްކަމުން އަލޮންސޯ ބުނެފައި ވަނީ، ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗުން ލިބުނީ ވަރަށް މުހިންމު މޮޅެއް ކަމަށާއި، އެތައް ގޮތަކުން އެ މެޗު ޚާއްސަވާ ކަމަށެވެ. އޭނާ ބުނީ އެ މެޗުގައި ރެއާލްގެ ކުޅުންތެރިން ދެއްކީ ފުރިހަމަ ކުޅުމެއް ކަމަށާއި، ކުޅުންތެރިން ތިބީ ވަރަށް ރަނގަޅު ރޫޙެއްގައި ކަމަށެވެ.

އަލޮންސޯ ބުނީ މެޗުން މުހިންމުވީ ހަމައެކަނި ތިން ޕޮއިންޓު ނޫން ކަމަށެވެ. ޚާއްސަކޮށް އެ މޮޅާ އެކު، ކުރިއަށް ދިޔުމުގައި ރެއާލް އަށް އިތުރު ހިތްވަރެއް ލިބިފައިވާ ކަމަށާއި، ކުޅުންތެރިން އިތުބާރު ހިފަހައްޓައި، މިހާރު ޓީމުގައި އޮތް ރޫޙާ އެކު ކުރިއަށް ދިޔުމުގެ އުންމީދު އޮތް ކަމަށް އޭނާ ވަނީ ބުނެފަ އެވެ. ކުޅުންތެރިންނާ މެދު ހިތްހަމަ ޖެހިގެން ހުރިކަން ފާހަގަކޮށް އަލޮންސޯ ބުނީ، ބޮޑެތި މެޗުތަކުން ރެއާލް އަށް މޮޅުވެވޭކަން މިހާރު ކުޅުންތެރިންނަަށް އިޙުސާސް ވާނެ ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަމުން އަލޮންސޯ ބުނީ މެޗުގައި ރެއާލް އިން ޖެހީ ދެ ލަނޑު ކަމަށް ވީ ނަމަވެސް، އެއަށް ވުރެ ފުރިހަމަ ކުޅުމެއް ރެއާލް އިން ދެއްކި ކަމަށެވެ. އޭނާ ބުނީ ބާސެލޯނާ އަތުން ރެއާލް އަށް ލިބުނީ ހައްގު މޮޅެއް ކަމަށާއި، މެޗުގައި އިތުރު ލަނޑު ޖަހަން ވެސް އެ ޓީމަށް ފުރުސަތު ލިބުނު ކަމަށެވެ.

މީގެ އިތުރުން އަލޮންސޯ ވަނީ ރެއާލް އަށްް ކުޅެމުން އަންނަ އިންގްލެންޑުގެ ޖޫޑް ބެލިންހަމް އަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފަ އެވެ. އެގޮތުން އަލޮންސޯ ބުނީ ޔުވެންޓަސްއާ ދެކޮޅަށް ކުޅުނު މެޗާއި، ގެޓާފޭއާ ދެކޮޅަށް ކުޅުނު މެޗުގައި ބެލިންހަމް ދެއްކި ކުޅުން ފެނިފައިވާ ކަމަށެވެ. އަދި މިހާރު އޭނާ އަންނަނީ އިތުރު ކުރިއެރުން ތަކެއް ހޯދަމުން ކަމަށް ވެސް އަލޮންސޯ ވަނީ ބުނެފަ އެވެ.

އިތުރަށް ވާހަކަ ދައްކަމުން އަލޮންސޯ ބުނީ، ބެލިންހަމް އަކީ ހުރިހާ ގޮތަކުން ވެސް ޚާއްސަ ކުޅުންތެރިޔެއް ކަމަށެވެ. އެގޮތުން ދަނޑު މަތީގައި ވެސް، ޓީމުގެ ކުޅުންތެރިންނާ އެކު ވެސް އަދި ސަޕޯޓަރުންނާ އެކު ވެސް ވަރަށް ގުޅިގެން ކުރިއަށް ދާ ކުޅުންތެރިޔެއް ކަމަށް އަލޮންސޯ ބުންޏެވެ. އޭނާގެ ހިތްވަރާއި، މަސައްކަތް އަދި ކުޅުމަކީ އެހެން ކުޅުންތެރިންނަށް ވެސް ލިބޭ ހިތްވަރެއް ކަމަށް އަލޮންސޯ ވަނީ ބުނެފަ އެވެ.

މެޗުން މޮޅުވެ ރެއާލް އިން ވަނީ އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެެއް ނަގައިފަ އެވެ. މިހާތަނަށް ލީގުގައި ކުޅެފައިވާ 10 މެޗުން ރެއާލް އަށް ލިބެނީ 27 ޕޮއިންޓެވެ. ހަމަ އެ އަދަދަަށް މެޗު ކުޅެގެން ދެ ވަަނައިގައި އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އަށް ލިބެނީ 22 ޕޮއިންޓެވެ.

ރެއާލް މެޑްރިޑްޒަބީ އަލޮންސޯ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

02 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

21 މާރިޗު
ސޮސެޖް ޕޮޓޭޓޯ ކެސެރޯލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސޮސެޖް ޕޮޓޭޓޯ ކެސެރޯލް

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ

ފުލެޓް ލިބުނުކަމަށްބުނެ 70،000 ރުފިޔާ މުއާމަލާތްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ފުލެޓް ލިބުނުކަމަށްބުނެ 70،000 ރުފިޔާ މުއާމަލާތްކޮށްފި

ރައީސް ނަޝީދާއި މާވަށު ދާއިރާގެ މެމްބަރުގެ ބަހުގެ ހަމަލާތަކަށްފަހު މެމްބަރުގެ ނަން އިއްވައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދާއި މާވަށު ދާއިރާގެ މެމްބަރުގެ ބަހުގެ ހަމަލާތަކަށްފަހު މެމްބަރުގެ ނަން އިއްވައިފި

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖެހޭނީ އެޕޮއިންޓްމެންޓް ހައްދައިގެން
20215 އަހަރު ކުރިން
ރާއްޖެ

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖެހޭނީ އެޕޮއިންޓްމެންޓް ހައްދައިގެން

ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
20197 އަހަރު ކުރިން
ރާއްޖެ

ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!

ހާކިމު މަނިކުފާނަށް އޮތް ހަމައެކަނި ގޮތަކީ ގަދަބާރުން ވެރިކަން ދެމެހެއްޓުން
20188 އަހަރު ކުރިން
ރިޕޯޓު

ހާކިމު މަނިކުފާނަށް އޮތް ހަމައެކަނި ގޮތަކީ ގަދަބާރުން ވެރިކަން ދެމެހެއްޓުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު