Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ރެއާލް ބަލިކޮށް، ލިވަޕޫލް އަށް ހަމަޖެހުމެއް

މެޗަށް ފަހު ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗު އާން ސްލޮޓް ބުނެފައި ވަނީ، ރެއާލް ކަހަލަ ވަރުގަދަ ޓީމަކާ ދެކޮޅަށް ލިވަޕޫލްގެ ކުޅުންތެރިން ދެއްކި ކުޅުމާ މެދު އޭނާ ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށެވެ. ރެއާލް އޮތީ ވަރަށް ރަނގަޅު ފޯމެއްގައިކަން ފާހަގަކޮށް ސްލޮޓް ބުނީ، އެ ޓީމާ ދެކޮޅަށް ކުޅެ މޮޅުވުމަކީ ވަރަށް ހިތްވަރު ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 ނޮވެމްބަރު 2025 | ބުދަ 04:08
މެޗުގައި ލަނޑު ޖެހުމަށް ފަހު ލިވަޕޫލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ލިވަޕޫލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ލިވަޕޫލް އިން ހަމަ ޖެހުމެއް ހޯދައިފި އެވެ.

އަންގާރަ ދުވަހުގެ ރޭ ލިވަޕޫލްގެ އަމިއްލަ ދަނޑު އެންފީލްޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 1-0 އިންނެވެ. މެޗުގައި ލިވަޕޫލް އިން ލަނޑު ޖެހީ ވެސް މެޗުގެ ދެ ވަނަ ހާފުގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ވެސް ލިވަޕޫލް އިން ވަނީ ލަނޑު ޖަހަން ފުރުސަތު ތަކެއް ތަނަވަސްކޮށްފަ އެވެ. މެޗުގައި އެ ޓީމުން ލަނޑު ޖެހީ ދެ ވަނަ ހާފުގައި، މެޗުގެ 61 ވަނަ މިނެޓުގަ އެވެ. އެ ލަނޑު ލިވަޕޫލް އަށް ޖަހައިދިނީ އާޖެންޓީނާގެ އަލެކްސިސް މެކް އަލިސްޓާ އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ޑޮމިނިކް ސޮބޮސްލާއީ އެވެ.

ރެއާލްއާ ދެކޮޅަށް ނިކުތްއިރު ލިވަޕޫލް އަށް ކުރިމަތިވެފައި އޮތީ އުނދަގޫ ޙާލަތަކެވެ. ރެއާލް މެޗުގެ ކުރިން. އެންމެ ފަހުން ލިވަޕޫލް ކުޅުނު އަށް މެޗުގެ ތެރެއިން މޮޅުވެފައި ވަނީ ތިން މެޗުންނެވެ. އަނެއް ފަސް މެޗުން ލިވަޕޫލް ވަނީ ބަލިވެފަ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗު އާން ސްލޮޓް ބުނެފައި ވަނީ، ރެއާލް ކަހަލަ ވަރުގަދަ ޓީމަކާ ދެކޮޅަށް ލިވަޕޫލްގެ ކުޅުންތެރިން ދެއްކި ކުޅުމާ މެދު އޭނާ ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށެވެ. ރެއާލް އޮތީ ވަރަށް ރަނގަޅު ފޯމެއްގައިކަން ފާހަގަކޮށް ސްލޮޓް ބުނީ، އެ ޓީމާ ދެކޮޅަށް ކުޅެ މޮޅުވުމަކީ ވަރަށް ހިތްވަރު ކަމަށެވެ.

ސްލޮޓް ބުނީ މެޗުގައި ލިވަޕޫލް އިން ދެއްކި ކުޅުމާއި، ކުޅުންތެރިންގެ މަސައްކަތް ބަލައި ގަންނަ ކަމަށެވެ. އޭނާ ބުނީ އެ މޮޅާ އެކު ލިވަޕޫލް އަށް އިތުރު ހިތްވަރެއް ވެސް ލިބިފައިވާ ކަމަށާއި، ކުރިއަށް ދާން މަސައްކަތް ކުރަން ޖެހޭނީ ހުއްޓުމެއް ނެތި ކަމަށެވެ. ޚާއްސަކޮށް އެ މެޗުން ލިވަޕޫލް ބަލިވި ނަމަ، އެތައް ޕްރެޝަރަކާ ކުރިމަތިލާާން ޖެހުނީސް ކަމަށް އޭނާ ބުންޏެވެ.

މޮޅާއެކު ލިވަޕޫލް އޮތީ ތާވަލްގެ ހަތަރު ވަނައިގަ އެވެ. މިހާތަނަށް ކުޅެފައިވާ ހަތަރު މެޗުގެ ތެރެއިން، އެ ޓީމު މޮޅުވެފައި ވަނީ ތިން މެޗުންނެވެ. އަނެއް މެޗުން ބަލިވެފައިވާއިރު، އެ ޓީމަށް ލިބެނީ ނުވަ ޕޮއިންޓެވެ.

ރެއާލް މެޑްރިޑްޔުއެފާ ޗެމްޕިއަންސް ލީގުލިވަޕޫލް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
11 ޑިސެމްބަރު 2025

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި
10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
10 ޑިސެމްބަރު 2025

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ
10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
07 ޑިސެމްބަރު 2025

ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

07 ޑިސެމްބަރު 2025
ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު