Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތެދުބުނުމުގެ މާތްކަމާއި ދޮގުހެދުމުގެ ނުބައިކަން

ދޮގު ހެދުމަކީ މުނާފިގުންގެ އަލާމާތެއް، އެކަމުގެ ސަބަބުން ގިނަ އިޖުތިމާއީ ބަލިތައް ފެތުރޭ: ޚުތުބާ

29 ޑިސެމްބަރު 2023 | ހުކުރު 08:16

ތެދުބުނުމަކީ އިސްލާމީ އަޚުލާގީ ސިފަތަކުގެ ތެރެއިން އެންމެ މާތް އެއް ސިފަ

އަމްނާ އިމާދު
އަމްނާ އިމާދު | 29 ޑިސެމްބަރު 2023 | ހުކުރު 08:16
ހުކުރު ނަމާދު

ހުކުރު ނަމާދު

ދޮގުހެދުމަކީ މުނާފިގުންގެ އަލާމާތެއް ކަމަށާއި، އެއީ ވަރަށް ގިނަ އިޖުތިމާއީ ބަލިތައް ފެތުރުމުގެ ސަބަބެއް ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

''ތެދު ބުނުމުގެ މާތްކަމާއި ދޮގު ހެދުމުގެ ނުބައިކަން'' މިމައުލޫއަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ، ތެދުބުނުމަކީ އިސްލާމީ އަޚުލާގީ ސިފަތަކުގެ ތެރެއިން އެންމެ މާތް އެއް ސިފަ ކަމަށާއި، ވަކިވަކި ފަރުދުންނާއި މުޅި އުންމަތް ބާއްޖަވެރި ކުރުމަށް އެންމެ ބޮޑަށް ބޭނުންވާ އެއް ސިފަ ކަމަށެވެ.

Advertisement - newsAdvertisement

ޚުތުބާގައި ބުނީ ތެދުބުނުމަކީ އެންމެހައި ރަސޫލުބޭކަލުންގައި ހުރުން ވާޖިބުވެގެންވާ ސިފައެއް ކަމަށާއި، އެންމެހައި ރަސޫލުބޭކަލުންނީ ތެދުވެރިންކަމުގައި ކަމަށެވެ.

އިސްލާމީ އުންމަތުގެ ކުރީކޮޅުގައި މުސްލިމުން ހޭދަކުރީ ނުހަނު ބާއްޖަވެރި ހަޔާތެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ، ސަބަބަކީ އެ މުޖުތަމައުގެ އަފުރާދުންނަކީ ތެދުބުނުމާއި ހައްގަށް ލޯބިކުރާ ބައެއް ކަމަށާއި، މީހުން އެކަކު އަނެކަކާ ކުރާ މުއާމަލާތުގައި ތެދުވެރިކަން އިސްކޮށްފައި ވާކަމަށެވެ. އަދި ވަކިން ޚާއްސަ ގޮތެއްގައި އެމީހުންގެ ދަރީން ތަރުބިއްޔަތު ކުރުމުގައި ތެދުވެރިކަމަށް ވަރަށް ބޮޑު އަހައްމިއްޔަތެއް ދީފައިވާކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ ދޮގުހެދުމަކީ ނުބައި ސިފަތަކުގެ ތެރެއިން އެންމެ ނުބައި އެއް ސިފަ ކަމަށާއި، މީސްތަކުންގެ ހައްގުތައް ގެއްލިގެން ދިޔުމުގެ އެއް ސަބަބު ކަމަށެވެ. ރުޅިވެރިކަމާއި އަދާވާތްތެރިކަން ފެތުރުމުގެ ސިއްރު ކަމަށާއި، ކުށެއް ނެތް އެތައް ބައެއްގެ ރީތި ނަމާއި އަބުރު ނަގާލުމުގައި ބޭނުންކުރެވޭ އެންމެ ނުރައްކާތެރި އެއް ހަތިޔާރުކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އެންމެ ނުބައި އަދި އެންމެ ފާފަ ބޮޑު ދޮގަކީ އެކަމުން އެހެން މީހުންނަށް ގެއްލުންލިބޭ ދޮގުކަން ފާހަގަކޮށް ޚުތުބާގައި ބުނީ، ދޮގުހެކި ދިނުމަކީ ބޮޑު ފާފައެއް ކަމުގައި އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ ކަމަށެވެ. އަދި ބޮޑެތި ފާފަތަކުގެ ތެރެއިންވެސް އެންމެ ނުބައި ކަންކަމަކީ މާތް ﷲއަށް ޝަރީކުކުރުމާއި، މައިންބަފައިންނަށް ނުކިޔަމަންތެރިވުމާއި، މީހުންމެރުމާއި، ދޮގުހެކިދިނުން ކަމުގައި ކީރިތި ރަސޫލާ ހަދީސްކުރައްވާފައި ވާކަމަށެވެ.

ޚުތުބާގައި ބުނީ، ދޮގުހެކި ދިނުމަކީ މީސްތަކުންގެ ހައްގުތައް އޮޅުވާލައި އަފުރާދުންނާއި އުއްމަތަށް އެތައް ގެއްލުންތަކެއް ލިބޭ ކަމެއް ކަމަށެވެ.

މީގެ އިތުރުން ދޮގު ހެދުމުގެ ސަބަބެއް ކަމުގައި ގިނަ ފަހަރަށް ވެފައި އޮންނަނީ ތިމާއަށް ބޮޑު ފައިދާއެއް ލިބިގަތުން ނުވަތަ ބޮޑު ތުހުމަތަކުން ރެކުން ކަމަށެވެ. ނަމަވެސް ރަނގަޅަށް ވިސްނާއިރު، ދޮގުހެދުމުން މުސްލިމަކަށް ލިބޭނެ އެއްވެސް ފައިދާއެއް ނޯންނަ ކަމަށާއި، އެކަމުން ތިމާއަށް ލިބޭ ވަގުތީ ފައިދާއާއެކު، ދުނިޔޭގައި މީސްތަކުން ނަފްރަތުގެ އިތުރުން އާޚިރަތުގައި ތިމާ ﷲގެ ކޯފާއާއި އަޒާބަށް ހުށަހެޅޭނެ ކަމެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ ދޮގު ހެދުމަކީ މުނާފިގުންގެ އަލާމާތެއް ކަމަށާއި، އެއީ ވަރަށް ގިނަ އިޖުތިމާއީ ބަލިތައް ފެތުރުމުގެ ސަބަބެއް ކަމަށެވެ. އަދި ތެދުވެރި ޖީލެއް ބިނާކުރުމަށްޓަކައި ދަރިން ތަރުބިއްޔަތު ކުރުމުގައި ތެދުބުނުމުގެ މައްޗަށް އެކުދިން ހާނުވާންޖެހޭ ކަމަށާއި، އެކުދިންނަށް ނަމޫނާދައްކައި ހެޔޮގޮތުގައި އެކުދިން ތަރުބިއްޔަތު ކުރަންޖެހޭކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ އިސްލާމްދީނަކީ ފުރިހަމަ އުސޫލުތަކެއްގެ މަތީގައި ބިނާވެގެންވާ ދީން ކަމަށާއި، އެހެންކަމުން މުޖުތަމައު ރަނގަޅު ގޮތުގައި އޮތުމަށްޓަކައި އަޚުލާގީ މިންގަނޑުތަކެއް ކަނޑައަޅުއްވާފައި ވާކަމަށެވެ. އެ މިންގަނޑުތަކުގެ ތެރެއިން ނެއްޓިގެން ނުގޮސް، މީސްތަކުންގެ އުޅުންތަކާއި ގުޅުންތައް ބައްޓަންކުރެވިއްޖެނަމަ މުޖުތަމައު ހަމަޖެހުމާއި ސުލްހަމަސަލަސްކަން ދެމިއޮންނާނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ހުކުރު ޚުތުބާޚުތުބާ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

އިގްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ދިވެހީން ވާން ޖެހޭ ނަމަވެސް ބިދޭސީންގެ އަތްތަކަށް ދަނީ ބަރޯސާވަމުން: ޚުތުބާ

12 ޑިސެމްބަރު 2025
އިގްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ދިވެހީން ވާން ޖެހޭ ނަމަވެސް ބިދޭސީންގެ އަތްތަކަށް ދަނީ ބަރޯސާވަމުން: ޚުތުބާ
07 ނޮވެމްބަރު 2025

އުފާވެރިކަން އޮތީ ފައިސާއާއި މަޝްހޫރު ކަމުގައި ނޫން، ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ޚުތުބާ

07 ނޮވެމްބަރު 2025
އުފާވެރިކަން އޮތީ ފައިސާއާއި މަޝްހޫރު ކަމުގައި ނޫން، ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ޚުތުބާ
31 އޮކްޓޯބަރު 2025

ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި

31 އޮކްޓޯބަރު 2025
ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި
24 އޮކްޓޯބަރު 2025

ވަލިއްޔުންނަށް އިހްތިރާމުކުރުމުގެ ނަމުގައި، ބިދުއަތައް ވަނީ ފެތުރިފައި، މިއީ ޝިރުކުގެ އަމަލެއް: ޚުތުބާ

24 އޮކްޓޯބަރު 2025
ވަލިއްޔުންނަށް އިހްތިރާމުކުރުމުގެ ނަމުގައި، ބިދުއަތައް ވަނީ ފެތުރިފައި، މިއީ ޝިރުކުގެ އަމަލެއް: ޚުތުބާ
22 އޮކްޓޯބަރު 2025

މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު

22 އޮކްޓޯބަރު 2025
މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު
22 އޮކްޓޯބަރު 2025

ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި

22 އޮކްޓޯބަރު 2025
ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި
17 އޮކްޓޯބަރު 2025

ފަރުޟު ނަމާދަށް ރައްކާތެރިވޭ، ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވާނެ: ޚުތުބާ

17 އޮކްޓޯބަރު 2025
ފަރުޟު ނަމާދަށް ރައްކާތެރިވޭ، ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވާނެ: ޚުތުބާ
03 އޮކްޓޯބަރު 2025

މުސްލިމުންނަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި، ކޮންމެ ފަދަ ވާހަކައެއް ދެއްކުން ހުއްދަވެގެންވާ ބަޔެއް ނޫން: ޚުތުބާ

03 އޮކްޓޯބަރު 2025
މުސްލިމުންނަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި، ކޮންމެ ފަދަ ވާހަކައެއް ދެއްކުން ހުއްދަވެގެންވާ ބަޔެއް ނޫން: ޚުތުބާ
26 ސެޕްޓެމްބަރު 2025

އިސްލާމްދީނުގެ އަހުލުވެރީން ޣައިރުދީންތަކުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެ އުޅުމަކީ ދީނީ ޝަޚުސިއްޔަތު ހަލާކުވާނެ ކަމެއް: ޚުތުބާ

26 ސެޕްޓެމްބަރު 2025
އިސްލާމްދީނުގެ އަހުލުވެރީން ޣައިރުދީންތަކުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެ އުޅުމަކީ ދީނީ ޝަޚުސިއްޔަތު ހަލާކުވާނެ ކަމެއް: ޚުތުބާ
19 ސެޕްޓެމްބަރު 2025

މާތް الله ނުރުއްސަވާކަންތައް ގިނަވެ، ފާހިޝު ކަންތައްތައް އާންމު ވެއްޖެނަމަ އެ މުޖުތަމައެއް ފަސާދަވެ ފަނާވާނެ: ޚުތުބާ

19 ސެޕްޓެމްބަރު 2025
މާތް الله ނުރުއްސަވާކަންތައް ގިނަވެ، ފާހިޝު ކަންތައްތައް އާންމު ވެއްޖެނަމަ އެ މުޖުތަމައެއް ފަސާދަވެ ފަނާވާނެ: ޚުތުބާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް