Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހުކުރު ޚުތުބާ

ޖުވާކުޅުމާއި ގޮތްނޭނގޭ ސްކީމުތަކުގައި ބައިވެރިވުމަކީ އެކަމަކަށް ދެވިހިފައި، ހަމަބުއްދިއަށް ހުރަސްއެޅޭ ކަމެއް: ޚުތުބާ

މާތް الله އިންސާނާ އެހެން މަޚުލޫގާތުތަކުގެ މައްޗަށް މާތްކުރެއްވީ އޭނާއަށް ދެއްވި ވިސްނުމާއި ބުއްދީގެ ބާރު

އަމްނާ އިމާދު
އަމްނާ އިމާދު | 25 ޖުލައި 2025 | ހުކުރު 08:44
ހުކުރު ޚުތުބާ އަޑުއަހަނީ

ހުކުރު ޚުތުބާ އަޑުއަހަނީ

އޮންލައިންކޮށް ޖުވާކުޅުމާއި ގޮތްނޭނގޭ ތަފާތު ސްކީމުތަކުގައި ބައިވެރިވުމަކީ އެކަމަށް ދެވިހިފައި، ހަމަބުއްދީން ވިސްނައި ފިކުރުކުރުމަށް ހުރަސްއެޅޭ ކަމެއް ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

''ބުއްދި ހިމާޔަތްކުރުން'' މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ، ބުއްދި ރައްކާތެރިކުރުމަކީ، އިސްލާމްދީން އެ ފަސްކަމެއް ރައްކާތެރިކުރުމަށް ބާވައިލެއްވުނު މައިގަނޑު މަގުސަދުތަކުގެ ތެރެއިން އެއް މަގުސަދު ކަމަށެވެ. ބުއްދި ރައްކާތެރިކުރުމުގެ މުރާދަކީ އިންސާނާގެ ބުއްދިޔަށް ގެއްލުންވެދާނެ އެންމެހައި ކަންކަމާ ދުރުކޮށް، އިންސާނާ ރައްކައުތެރިކުރުން ކަމަށާއި، އިންސާނާ ބޭނުންކުރާ ކާއެއްޗަކުން، ނުވަތަ ބޯއެއްޗަކުން، ނުވަތަ ކުރާ އަމަލަކުން، ނުވަތަ ވިސްނާ ވިސްނުމަކުން ވިޔަސް ބުއްދިއަށް އެ ކަމުގެ ނުބައި އަސަރުކުރާ ނަމަ އެއީ އިސްލާމްދީން ނަހީކުރާކަމެއް ކަމަށެވެ.

މާތް الله އިންސާނާ އެހެން މަޚުލޫގާތުތަކުގެ މައްޗަށް މާތްކުރެއްވީ އޭނާއަށް ދެއްވި ވިސްނުމާއި ބުއްދީގެ ބާރުންކަން ފާހަގަކޮށް ޚުތުބާގައި ބުނީ މާތް الله އިންސާނާއަށް ބުއްދި ދެއްވައިފައި ކައުނުގައި ތަފާތު ހެކިތައް ލައްވައި، ފޮތް ބާވައިލައްވައި އެ ހުރިހައި ކަމަކާ މެދު ވިސްނައި ފިކުރުކުރުމަށް އަމުރުކުރެއްވި ކަމަށެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ، އޮންލައިންކޮށް ޖުވާކުޅުމާއި ގޮތްނޭނގޭ ތަފާތު ސްކީމުތަކުގައި ބައިވެރިވުމަކީ އެކަމަށް ދެވިހިފައި މާތް الله ތިމާއަށް ދެއްވި ހަމަބުއްދީން ވިސްނައިފިކުރުކުރުމަށް ހުރަސްއެޅޭ ކަމެއް ކަމަށެވެ. އަދި ޝައިތާނާގެ ދަންތުރައިގައި ޖެހިދާނެ ކަންކަމެއް ކަމަށާއި، އެފަދަ ކަންކަމުން ދުރުވުމަށް ޚުތުބާގައި ގޮވާލާފައިވެއެވެ.

އޭނާގެ އުފެއްދެވުމާއި ސޫރަކުރެއްވުން އެހެން މަޚުލޫގުންނަށްވުރެ ފުރިހަމަވުމުންނެވެ. މާތް الله ވަހީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، އެންމެ ރިވެތި ސޫރައިގައި އިންސާނާ ހެއްދެވީމެވެ." މާތް الله އިންސާނާއަށް ދެއްވި ބުއްދީގެ ބާރުން އޭނާއަށް ހެޔޮ ނުބައި، ހައްގާއި ބާތިލު ވަކިކޮށް ދަނެގަންނާން އެނގެއެވެ. ބުއްދިއަކީ އިންސާނާއަށް ތަކުލީފު ލިބިގެންވާ ސަބަބުވެސްމެއެވެ. ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ހަދީޘްކުރައްވައިފައި ވެއެވެ. (رُفِعَ الْقَلَمُ عَنْ ثَلَاثَةٍ: عَنِ النَّائِمِ حَتَّى يَسْتَيْقِظَ، وَعَنِ الصَّبِـيِّ حَتَّى يـَحْتَلِمَ، وَعَنِ الْـمَجْنُوْنِ حَتَّى يَعْقِلَ) މާނައީ: "ތިން މީހެއްގެ މަތީން ގަލަން އުފުލިގެންވެއެވެ. (އެބަހީ: އޭނާގެ މައްޗަށް ކުށެއް ނެތެވެ.) ނިދައިފައި އޮތް މީހާ ހޭލުމާއި، ކުޑަކުއްޖާ ބާލިޣުވުމާއި، ބުއްދި ފިލައިގޮސްފައިވާ މީހާ ބުއްދި ހަމަޖެހުމަށް ދާންދެނެވެ.
ހުކުރު ޚުތުބާ

ޚުތުބާގައި ބުނީ، ވަލުޖަނަވާރުންނާއި އިންސާނާ ތަފާތުވާ އެންމެ ބޮޑު ސަބަބަކީ މާތް الله އިންސާނާއަށް ދެއްވައިފައިވާ ބުއްދީގެ ނިއުމަތް ކަމަށާއި، މާތް الله އިންސާނާއަށް ދެއްވައިފައިވާ ބުއްދީގެ ބޭނުން ހެޔޮގޮތުގައި ނުހިފައި ތިމާގެ ހަވާނަފުސަށް ހެއްލި ހިތުހުރި ގޮތަކަށް އުޅޭ އިންސާނާ ވެއްޓިފައިވަނީ، ވެސް ވަލުޖަނަވާރުންނަށްވުރެ ދަށު ދަރަޖައަކަށް ކަމަށެވެ.

މީގެ އިތުރުން މާތް الله އިންސާނާއަށް ދެއްވި ބުއްދީގެ ނިއުމަތް ހެޔޮ ގޮތުގައި ބޭނުންކުރުމުގެ ސަބަބުން އިންސާނިއްޔަތު ކުރިއަރާ ކަމަށާއި، ސައިންސާއި ފަންނިއްޔާތާއި ތަފާތު އެކިއެކި ދާއިރާތަކުގައި އިންސާނާ އޭނާ ހޯދައިފައިވާ ކުރިއެރުންތަކާ މެދު ވިސްނައިފި ނަމަ، އަންތަރީސްވާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މި ކައުނުގައި އިންސާނާއަށް ދެނެގަނެވިފައިނުވާ ގިނަ ކަންކަންވާ ކަމަށާއި، އިސްލާމީ ޝަރީއަތުގައި اللهއާއި އެކަލާނގެ ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَގެ އިލްމު އުނގެނުމަށް އެންގިވެކިން ފާހަގަކޮށްފައިވެއެވެ.އަދި އިލްމީ ދިރާސާތައްކޮށް، ތަފާތު ހޯދުންތައް ހޯދުމަށާއި، ދުނިޔެއާއި އާޚިރަތުގެ ލާބަޔާއި މަންފާ ލިބިގަތުމަށް މަސައްކަތްކުރުމަށް ޚުތުބާގައި ނަސޭހަތްތެރިވެފައިވެއެވެ.

އިތުރަށް ކިޔާލަން

16 އޯގަސްޓު 2024

ގާރލްގައިޑް ހަރަކާތުގައި ބައިވެރިވުމަކީ ސަގާފީ ސިންދަފާތުތަކަށް ހޭލުންތެރިކުރުވާނެ، ގައުމީ ހަޔާތަށް ބޭނުންވާ ހުނަރުތައް ދަސްވާނެ ކަމެއް - ފަސްޓްލޭޑީ

16 އޯގަސްޓު 2024
ގާރލްގައިޑް ހަރަކާތުގައި ބައިވެރިވުމަކީ ސަގާފީ ސިންދަފާތުތަކަށް ހޭލުންތެރިކުރުވާނެ، ގައުމީ ހަޔާތަށް ބޭނުންވާ ހުނަރުތައް ދަސްވާނެ ކަމެއް - ފަސްޓްލޭޑީ
26 ޖޫން 2023

ގޮތްނޭނގޭ ޖަނަވާރެއް މާފަރުން ފެނިއްޖެ

26 ޖޫން 2023
ގޮތްނޭނގޭ ޖަނަވާރެއް މާފަރުން ފެނިއްޖެ
15 މާރިޗު 2023

ޖުވާކުޅުމާއި ހަށިވިއްކުމުގެ ކުށަށް އަރައިގަންނަ ބިދޭސީން ގިނަވެއްޖެ: މިނިސްޓަރު

15 މާރިޗު 2023
ޖުވާކުޅުމާއި ހަށިވިއްކުމުގެ ކުށަށް އަރައިގަންނަ ބިދޭސީން ގިނަވެއްޖެ: މިނިސްޓަރު
13 އޯގަސްޓު 2021

އެމް.އޭ.އޭ.ސީގައި ރާއްޖެއިން ބައިވެރިވުމަކީ ބޭރު ގައުމުތަކުން ރާއްޖެއަށް އިތުބާރުކޮށް ލޯނުދޫކުރާނެކަމުގެ ހެއްކެއް: ޝާހިދު

13 އޯގަސްޓު 2021
އެމް.އޭ.އޭ.ސީގައި ރާއްޖެއިން ބައިވެރިވުމަކީ ބޭރު ގައުމުތަކުން ރާއްޖެއަށް އިތުބާރުކޮށް ލޯނުދޫކުރާނެކަމުގެ ހެއްކެއް: ޝާހިދު
10 މެއި 2021

ބިހުރޯޒުކަމަނާ މިސްކިތުގެ ތެރޭގައި ގޮތްނޭނގޭ އެއްޗެއް އޮވެގެން ސިފައިން ހަރަކާތްތެރި ވެއްޖެ

10 މެއި 2021
ބިހުރޯޒުކަމަނާ މިސްކިތުގެ ތެރޭގައި ގޮތްނޭނގޭ އެއްޗެއް އޮވެގެން ސިފައިން ހަރަކާތްތެރި ވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު