Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވިލިމާލެއަށް އާޒިމްގެ ތަސައްވަރު

ވިލިމާލެއަށް އޮތީ އަޅާނުލެވި، މޭޔަރުކަމަށް ހޮވިއްޖެނަމަ ބަދަލުތަކެއް ގެންނާނަން - އާޒިމް

26 ޑިސެމްބަރު 2023 | އަންގާރަ 04:01

ބުޅާ ފެސިލިޓީގެ މަސައްކަތް އިންތިހާބުވާތާ 6 ވަރަކަށް މަސް ދުވަސްތެރޭގައި ނިންމާނަން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 26 ޑިސެމްބަރު 2023 | އަންގާރަ 04:01
އެމްޑީޕީގެ މޭޔަރު ކެންޑިޑޭޓް އާދަމް އާޒިމް

އެމްޑީޕީގެ މޭޔަރު ކެންޑިޑޭޓް އާދަމް އާޒިމް

ވިލިމާލެއަށް އޮތީ އަޅާނުލެވި ކަމަށާއި، މޭޔަރުކަމަށް ހޮވިއްޖެނަމަ ވިލިމާލޭގެ ރައްޔިތުން އެދިފައިވާ ކަންކަމުގެ އިތުރުން ޕްލޭންކުރެވިފައިވާ ބަދަލުތައް ގެންނަވާނެކަމަށް އެމްޑީޕީގެ މޭޔަރު ކެންޑިޑޭޓް އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާސްކް އާޒިމް ޕްރޮގްރާމުގައި ވިލިމާލޭގެ ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އާޒިމް ވިދާޅުވީ ވިލިމާލެ، މާލެ އަދި ހުޅުމާލެއަށް ވެސް އޮތީ އަޅާނުލެވި ކަމަށެވެ. އެގޮތުން ވިލިމާލެއަށް އިސްކަމެއް ދެއްވާނެ ކަމަށާއި، އެތަނަށް ޕްލޭންތަކެއް ހެދިފައިވާ ކަމަށެވެ. ވިލިމާލެ އަކީ ސާފްތާހިރުތަނަކަށް ހަދަންޖެހޭ ކަމަށާއި، ވިލިމާލޭގައި އުޅޭ ބުޅާތަކަށް ވެސް ރަނގަޅު ގޮތެއް ހޯދައިދީ ރައްޔިތުންގެ ޝަކުވާތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށެވެ.

އާޒިމް ވިދާޅުވީ ވިލިމާލެ ބަނދަރުތެރޭގައި ހުރި ބޯޓުތަކުގެ މައްސަލައަކީ ވެސް ރައްޔިތުންގެ ޝަކުވާއެއް އޮތްކަމެއް ކަމަށެވެ. އަދި ރައްޔިތުން މައްސަލަ ޖައްސަނީ އެތަނުގައި އެ ހުރެގެން ނޫން ކަމަށާއި، އެތަނުގައި އެ އެއްޗެހި އަޅާފައި ހުންނަ އިރު، ކުރިމަތީގައި ހޮސްޕިޓަލް ހުރެފައި ވައި ޖެހޭއިރު ހޮސްޕިޓަލް ތެރޭގައި ތޮޔޮ ވަސް ދުވުމާއި، ބަލިމީހުންނަށް ވެސް އެތަކެއް ދަތިތަކެއް ދިމާވާތީ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ވިލިމާލޭގައި ވަޒީފާގެ ފުރުސަތު ހުޅުވާލުމަށް ކުދި އިންވެސްޓްމަންޓް ގެންނަން ޖެހޭ ކަމަށެވެ. އަދި އެކަމަށް ބީޗް ސަރަހައްދުގައި މަސައްކަތްތަކެއް ކުރުމަށް ޕްލޭން ރާވާފައިވާ ކަމަށެވެ. އަދި މި މަސައްކަތް ކުރާއިރު، މޫދަށް އެރޭ ސަރަހައްދުގައި ޗޭންޖް ކުރެވޭނެ އިންތިޒާމްތަކާއެކު ހިދުމަތްތައް ގާއިމްކުރައްވާނެ ކަމަށެވެ.

އާދަމް ޢާޒިމްވިލިމާލެމާލޭ ސިޓީ ކައުންސިލްމާލެ ސިޓީގެ މޭޔަރުމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
03 ޑިސެމްބަރު 2025

އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

03 ޑިސެމްބަރު 2025
އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް
27 ނޮވެމްބަރު 2025

ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

27 ނޮވެމްބަރު 2025
ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި
27 ނޮވެމްބަރު 2025

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025
ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި
27 ނޮވެމްބަރު 2025

ވިލިމާލޭގައި ހުރި ނިކަގަހުގެ ކަންތަކުގައި ވެސް ރައީސް މުއިއްޒު ކުޅުއްވީ ޑްރާމާ އެއްކަން އެނގިއްޖެ

27 ނޮވެމްބަރު 2025
ވިލިމާލޭގައި ހުރި ނިކަގަހުގެ ކަންތަކުގައި ވެސް ރައީސް މުއިއްޒު ކުޅުއްވީ ޑްރާމާ އެއްކަން އެނގިއްޖެ
23 ނޮވެމްބަރު 2025

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ

23 ނޮވެމްބަރު 2025
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ
22 ނޮވެމްބަރު 2025

މުއިއްޒު ގެ މޭޔަރ ކަމުގެ ދޮޅު އަހަރު ދުވަހުގެ ތެރޭގައި މާލެ އާއި ވިލިމާލޭގެ 63 ބިން ކުއްޔަށް ދިން

22 ނޮވެމްބަރު 2025
މުއިއްޒު ގެ މޭޔަރ ކަމުގެ ދޮޅު އަހަރު ދުވަހުގެ ތެރޭގައި މާލެ އާއި ވިލިމާލޭގެ 63 ބިން ކުއްޔަށް ދިން
20 ނޮވެމްބަރު 2025

މާލެ ސިޓީ ކައުންސިލުން ކުށްޔަށްދީފައިވާ ތަންތަނާއި ބިންތަކުގެ ތަފްސީލު ހާމަކޮށްފި

20 ނޮވެމްބަރު 2025
މާލެ ސިޓީ ކައުންސިލުން ކުށްޔަށްދީފައިވާ ތަންތަނާއި ބިންތަކުގެ ތަފްސީލު ހާމަކޮށްފި
19 ނޮވެމްބަރު 2025

އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް

19 ނޮވެމްބަރު 2025
އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް