Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕޮލިސް ބޯޑު

ޕޮލިސް ބޯޑުން ލަފާ ދިނީ ކޮމިޝަނަރަކަށް ޝުޖާއު އައްޔަންކުރަން

ކޮމިޝަނަރު އައްޔަން ކުރާނީ ޕޮލިސް ބޯޑުން ހުށަހަޅާ ނަންތަކުގެ ތެރެއިން މިނިސްޓަރުގެ ލަފާގެ މަތިން ރައީސް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 24 ޑިސެމްބަރު 2023 | އާދީއްތަ 08:21
ޕޮލިސް ކޮމިޝަނަރު ކަމަށް ކުރިމަތިލެއްވި ދެ އޮފިސަރުން

ޕޮލިސް ކޮމިޝަނަރު ކަމަށް ކުރިމަތިލެއްވި ދެ އޮފިސަރުން

ޕޮލިސް ކޮމިޝަނަރުގެ މަގާމަށް އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އައްޔަންކުރަން ފެންނަ ކަމަށް ޕޮލިސް ބޯޑުން ލަފާ ދީފިއެވެ.

ޕޮލިސް ކޮމިޝަނަރު ކަމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތު މި މަހު 19 ވަނަ ދުވަހު ހަމަވިއިރު، އެ މަގާމަށް ހުށަހެޅުއްވީ ޝުޖާއުގެ އިތުރުން އެސިސްޓެންޓު ޕޮލިސް ކޮމިޝަނަރު އިސްމާއީލް ނަވީންއެވެ.

Advertisement - newsAdvertisement

ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވަނީ ކޮމިޝަނަރަކަށް ޝުޖާއު އައްޔަންކުރަން ޕޮލިސް ބޯޑުން ލަފާ ދިންކަން ރާއްޖެއެމްވީއަށް ކަށަވަރުކޮށްދެއްވާފައެވެ.

ކޮމިޝަނަރު އައްޔަން ކުރާނީ ޕޮލިސް ބޯޑުން ވަޒަންކޮށް މިނިސްޓަރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.

ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ބޭފުޅަކު އައްޔަންކުރަން ހުޅުވާލީ އެ މަގާމުގައި ކުރިން ހުންނެވި މުޙައްމަދު ހަމީދު ނޮވެމްބަރު 15 ގައި ރިޓަޔަރ ކުރެއްވުމާ ގުޅިގެންނެވެ. އެ މަގާމާ ވަގުތީގޮތުން ހަވާލުވެ ހުންނެވި ޑެޕިއުޓީ ކޮމިޝަނަރު އަބްދުލް މަންނާނު ޔޫސުފް ވެސް ވަނީ ރިޓަޔަރ ކުރައްވާފައެވެ.

ފުލުހުންގެ ހިދުމަތުގެ ގާނޫނުގައިވާ ގޮތުން ޕޮލިސް ކޮމިޝަނަރު ކަމަށް އައްޔަންކުރަންޖެހޭނީ އެސިސްޓެންޓް ކޮމިޝަނަރުގެ ރޭންކުން ފެށިގެން މަތީގެ ރޭންކުގެ ބޭފުޅެކެވެ.

ޕޮލިސް ބޯޑު

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2022

ޕޮލިސް ބޯޑަށް ކުރީގެ ކޮމިޝަނަރު ފަސީޙް

12 ޑިސެމްބަރު 2022
ޕޮލިސް ބޯޑަށް ކުރީގެ ކޮމިޝަނަރު ފަސީޙް
21 ފެބުރުއަރީ 2022

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ގޯސްތަކެއް ހިނގައިފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ސީޕީ ހަމީދު ޕޮލިސް ބޯޑަށް ހާޒިރުކުރަނީ

21 ފެބުރުއަރީ 2022
މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ގޯސްތަކެއް ހިނގައިފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ސީޕީ ހަމީދު ޕޮލިސް ބޯޑަށް ހާޒިރުކުރަނީ
24 ފެބުރުއަރީ 2017

އެމްޑީޕީގެ ވެރިކަމުގައި އެންމެ ބޮޑު އިސްކަމެއްދިނީ ދީނީ ވަހުދަތު އާލާކުރަން:އަމީރު

24 ފެބުރުއަރީ 2017
އެމްޑީޕީގެ ވެރިކަމުގައި އެންމެ ބޮޑު އިސްކަމެއްދިނީ ދީނީ ވަހުދަތު އާލާކުރަން:އަމީރު
22 ފެބުރުއަރީ 2017

މައުމޫނާއި، ނަޝީދު މަސައްކަތްކުރައްވަނީ ނުލަފާ ރޭވުމެއްގެ ދަށުން ޤައުމުގެ އިޤްތިސާދު ހަލާކުކޮށްލަން: ޑރ. ޝައިނީ

22 ފެބުރުއަރީ 2017
މައުމޫނާއި، ނަޝީދު މަސައްކަތްކުރައްވަނީ ނުލަފާ ރޭވުމެއްގެ ދަށުން ޤައުމުގެ އިޤްތިސާދު ހަލާކުކޮށްލަން: ޑރ. ޝައިނީ
22 ފެބުރުއަރީ 2017

އުމުރުން ދުވަސްވީ މީހެއްގެ މޫނަށް ކެމިކަލް ޖެހި މައްސަލާގައި މީހަކު ހައްޔަރެއް ނުކުރަން: ޕޮލިސް

22 ފެބުރުއަރީ 2017
އުމުރުން ދުވަސްވީ މީހެއްގެ މޫނަށް ކެމިކަލް ޖެހި މައްސަލާގައި މީހަކު ހައްޔަރެއް ނުކުރަން: ޕޮލިސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު