Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕޮލިސް ބޯޑު

ޕޮލިސް ބޯޑަށް ކުރީގެ ކޮމިޝަނަރު ފަސީޙް

ފަސީހު އައްޔަން ކުރީ އެ ބޯޑުގެ ރައީސްގެ މަގާމުގައި ހުންނެވި އަލީ ފާއިޒު، ސްރީލަންކާއަށް ރާއްޖޭން ކަނޑައަޅުއްވާ ސަފީރުކަމުގެ މަގާމަށް އައްޔަން ކުރެއްވުމާ ގުޅިގެން

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 12 ޑިސެމްބަރު 2022 | ހޯމަ 11:01
ކުރީގެ ޕޮލިސް ކޮމިޝަނަރު އަޙްމަދު ފަސީޙް

ކުރީގެ ޕޮލިސް ކޮމިޝަނަރު އަޙްމަދު ފަސީޙް

ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ދަށުން އެކުލަވައިލާފައިވާ ޕޮލިސް ބޯޑު މެމްބަރު ކަމަށް ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ފަސީހް އައްޔަން ކޮށްފިއެވެ.

ޕޮލިސް ބޯޑަށް ފަސީހު އައްޔަން ކުރީ އެ ބޯޑުގެ ރައީސްގެ މަގާމުގައި ކުރިން ހުންނެވި އަލީ ފާއިޒު، ސްރީލަންކާއަށް ރާއްޖޭން ކަނޑައަޅުއްވާ ސަފީރުކަމުގެ މަގާމަށް އައްޔަން ކުރެއްވުމާ ގުޅިގެންނެވެ. އެ ބޯޑުގެ ރައީސްގެ މަގާމު އަދިވެސް އޮތީ ހުސްކޮށެވެ.

Advertisement - newsAdvertisement

ބޯޑަށް ފަސީހް އައްޔަންކޮށްފައިވާއިރު އޭނާ ވަނީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމާއި އެމްޓީސީސީގެ ޑެޕިއުޓީ ސީއީއޯގެ މަގާމު ވެސް މީގެ ކުރިން އަދާ ކުރައްވާފައެވެ. އޭނާ ވަނީ ފުލުހުންގެ ޚިދުމަތަށް 23 އަހަރު ޙިދުމަތް ކުރައްވާފައެވެ. އެ ޚިދުމަތުން އޭނާ ރިޓަޔަރ ކުރެއްވީ 2012 ވަނަ އަހަރުއެވެ.

ޕޮލިސް ބޯޑަކީ ފުލުހުންގެ ޚިދުމަތުގެ ކަންކަން ރަނގަޅު ކުރުމަށް ފުލުހުންގެ ޚިދުމަތުގެ ޤާނޫނަށް ގެނައި އިސްލާހާއެކު 2021 ވަނަ އަހަރު ރައީސުލްޖުމްހޫރިއްުޔާ އިބްރާހިމް މުޙައްމަދު ޞާލިހު އެކުލަވައިލެއްވި ބޯޑެކެވެ. އެ ބޯޑުގައި ހަތް މެމްބަރު ތިއްބަވައެވެ.

އެއީ:

ފުލުހުންގެ ބޯޑުގައި ހިމެނޭ ހަތް މެމްބަރުންގެ ތެރެއިން ދެ މެމްބަރުނަކީ ރައީސް އައްޔަން ކުރައްވާ ދެ މެމްބަރުންނެވެ. އޭގެ އިތުރުން ފަންނީ ދާއިރާއިން ތައުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މެމްބަރުންނާއި އާއްމުންގެ ތެރެއިން ދެ މެމްބަރަކު މި ބޯޑުގައި ހިމެނެއެވެ.

ޕޮލިސް ބޯޑުމޯލްޑިވްސް ޕޮލިސް ސަރވިސް

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
22 ނޮވެމްބަރު 2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި
19 ނޮވެމްބަރު 2025

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު