Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާއަށް އެހީފޯރުކޮށްދިނުމަށް ގަރާރެއް

ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ގޮވާލައި އދ.ން ގަރާރެއް ފާސްކޮށްފި

މި ގަރާރު ފާސްކުރުމާ ދެކޮޅަށް އެއްވެސް ގައުމަކުން ވޯޓު ދީފައެއްނުވޭ

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 23 ޑިސެމްބަރު 2023 | ހޮނިހިރު 09:38
އދ.ގެ ސެކިއުރިޓީ ކައުންސިލުގެ ބައްދަލުވުން

އދ.ގެ ސެކިއުރިޓީ ކައުންސިލުގެ ބައްދަލުވުން

އިސްރާއީލުގެ ނިރުބަވެރިން ދެމުންދާ އިންސާނިއްޔަތާ ޚިލާފު ހަމަލާތަކުގެ ސަބަބުން ހަފުސްވެފައިވާ ފަލަސްތީނުގެ ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ގޮވާލައި، އދ.ގެ ސެކިއުރިޓީ ކައުންސިލުން ގަރާރެއް ފާސްކޮށްފިއެވެ.

މުސްލިމް ގިނަ ގައުމުތަކެއްގެ ބައިވެރިވުމާއެކު، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ން އދ.ގެ ސެކިއުރިޓީ ކައުންސިލަށް ހުށަހެޅި ގަރާރު ފާސްކޮށްފައިވަނީ 13 ގައުމެއްގެ ވޯޓާއެކުގައެވެ. މި ގަރާރަށް ވޯޓަށް އެހުމުން، އެމެރިކާއާއި ރަޝިއާއިން ވަކި ގޮތަކަށް ވޯޓު ދީފައެއް ނުވެއެވެ. މި ގަރާރު ފާސްކުރަން ވޯޓު ދޭނެ ކަމަށް އެމެރިކާއިން ކުރިން ބުނެފައިވެއެވެ. މި ގަރާރު ފާސްކުރުމާ ދެކޮޅަށް އެއްވެސް ގައުމަކުން ވޯޓު ދީފައެއްނުވެއެވެ.

މި ގަރާރު ފާސްކުރަން އެމެރިކާއިން ވޯޓު ނުދޭއިރު، އދ.ން ފާސްކޮށްފައި މި ވަނީ ޔޫއޭއީން ފުރަތަމަ އެކުލަވާލި ގަރާރެއް ނޫނެވެ. އެމެރިކާގެ ފިއްތުންތަކާއި ޕްރެޝަރާހެދި އެ ގަރާރަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. ޔޫއޭއީން އެންމެ ފުރަތަމަ ހުށަހެޅި ގަރާރުގައި ވަނީ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ އުދުވާންތައް ހުއްޓާލުމަށް ގޮވާލައި، އެކަމުގެ ވާހަކަތައްވެސް ހިމަނާފައެވެ. އެކަމަކު، ގަރާރު ފާސްކުރިއިރު އެ ބައެއް ނެތެވެ.

ގަރާރުގައި ގޮވާލާފައިވަނީ، އިސްރާއީލާ ފަލަސްތީނާ ދެމެދު ކުރިއަށްދާ ހަނގުރާމަ ހުއްޓާލުމަށް މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމުކުރުމަށެވެ.

ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި، މިހާތަނަށް އައިއިރު 20،057 މީހުން ޝަހީދުކޮށްލާފައިވެއެވެ. ޝަހީދުވި މީހުންގެ ގާތްގަނޑަކަށް 70 އިންސައްތައަކީ އަންހެނުންނާއި ކުޑަކުދިން ކަމަށް އދ.ން ވަނީ ރިޕޯޓްކޮށްފައެވެ. އަދި ހަމަލާތަކުގެ ސަބަބުން 53،320 މީހުންނަށް އެކި ވަރުގެ އަނިޔާތައް ވެފައިވާކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.

އިސްރާއީލާ ހަމާސްއާ ދެމެދު ކުރިއަށްދާ ހަނގުރާމަ ހުއްޓާލުމާގުޅޭ މަޝްވަރާތަކަށް ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާ ވަނީ މިދިޔަ ބުދަ ދުވަހު މިސްރަށް ވަޑައިގެންފައެވެ. އަދި އިސްލާމިކް ޖިހާދުގެ ވަފުދެއްވެސް މިއަދު މިސްރަށް ވަޑައިގަންނަވާގޮތަށް ވަނީ ހަމަޖެހިފައެވެ.

އެމެރިކާއިން މި ގަރާރަށް އެއްވެސް ކޮޅަކަށް ވޯޓުދީފައި ނުވާއިރު، އެމެރިކާގެ ރައީސް ޖޯ ބައިޑެން ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ އިސްރާއީލުގެ ހަމަލާތައް ޣައްޒާއަށް ދިންނަމަވެސް އާންމު ރައްުޔިތުންނަށް މަރައިގެން ނުވާނެކަމަށެވެ. އަދި ހަމާސް ނައްތާލުމަކީ އިސްރާއީލަށް އޮތް ހައްގެއްކަމަށް ބައިޑެން ވަނީ ވިދާޅުވެފައެވެ.

ދުނިޔެޣައްޒާއިޒްރޭލް

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު