Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މެންޗެސްޓަރ ސިޓީ

ކުލަބު ވޯލްޑް ކަޕާ އެކު، ގާޑިއޯލާ އަށް ޚާއްސަ އުފަލެއް

ކުލަބު ވޯލްޑް ކަޕްގެ ތައްޓާއެކު ސިޓީ ވެގެން ގޮސްފައި ވަނީ، ކަލަންޑަރު އަަހަރެއްގައި ފަސް ތަށި ހޯދި އިނގިރޭސި ފުރަތަމަ ޓީމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 24 ޑިސެމްބަރު 2023 | އާދީއްތަ 00:38
މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ

މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ

މެންޗެސްޓަރ ސިޓީން މިއަހަރުގެ ފީފާ ކުލަބު ވޯލްޑް ކަޕް ކާމިޔާބު ކުރުމުން، އޭނާ އަށް ޚާއްސަ އުފަލެއް ލިބުނު ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ސްޕެއިންގެ ތަޖުރިބާކާރު ކޯޗު، ގާޑިއޯލާގެ އިރުޝާދުގެ ދަށުން ސިޓީން ވަނީ ހުކުރު ދުވަހުގެ ރޭ ފީފާ ކުލަބު ވޯލްޑް ކަޕް ކާމިޔާބު ކޮށްފަ އެވެ. މިއީ ސިޓީގެ ތާރީޚުގައި ވެސް އެ ޓީމަށް ކުލަބު ވޯލްޑް ކަޕް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން، ކުލަބު ވޯލްޑް ކަޕްގެ ތައްޓާއެކު ސިޓީ ވެގެން ގޮސްފައި ވަނީ، ކަލަންޑަރު އަަހަރެއްގައި ފަސް ތަށި ހޯދި އިނގިރޭސި ފުރަތަމަ ޓީމަށެވެ.

އެ މެޗަށް ފަހު ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ، އެ ކާމިޔާބީ އާއެކު އޭނާ އަށް ކުރެވުނީ ޗެޕްޓަރެއް ބަންދު ކުރެވުނު އިޙުސާސް ކަމަށެވެ. ގާޑިއޯލާ ބުނީ، ސިޓީ އަށް ހުރިހާ ތައްޓެއް ކާމިޔާބު ކުރެވިއްޖެ ކަމަށާއި، އޭގެ ތެރެއިން ބައެއް ތަށިތައް ޖެހިޖެހިގެން ކާމިޔާބު ކޮށްފައިވާ ކަމަށެވެ. އެހެންކަމުން މަސައްކަތް ކާމިޔާބު ވެއްޖެ ކަމަށާއި، އިތުރަށް ދެން ކުރަން ޖެހޭނެ މަސައްކަތެއް ކުރަން ނެތް ކަމުގެ އިޙުސާސް ކުރެވޭ ކަމަށް ވެސް ގާޑިއޯލާ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ގާޑިއޯލާ ބުނީ، ކުލަބު ވޯލްޑް ކަޕްގެ ތައްޓާއެކު ސިޓީ އަށް ޕެރޭޑެއް ނުބޭއްވިދާނެ ކަމަށެވެ. އެހެން ނަމަވެސް، އެ ތައްޓަކީ ތާއަބަދަށް ހަނދާން ހުންނާނެ ތައްޓެއް ކަމުގައި ކުޅުންތެރިން ގާތުގައި ވެސް ބުނެފައިވާނެ ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ، އެ ތަށި ހޯދޭނީ އެ އަހަރުގެ އެންމެ މޮޅު ކުލަބަށް ކަމަށާއި، ސިޓީ އަށް ފުރިހަމަ އަށް އެކަން ހާސިލް ކުރެވިއްޖެ ކަމަށެވެ. އެހެންކަމުން އެއީ ވަރަށް ޚާއްސަ، އަދި ތަފާތު ކާމިޔާބީއެއް ކަމަށް ވެސް އޭނާ ވަނީ ފާހަގަކޮށްފަ އެވެ.

އުމުރުން 52 އަހަރުގެ ގާޑިއޯލާ، ސިޓީގެ ކޯޗުކަމާ ހަވާލުވީ 2016 ވަނަ އަހަރު އެވެ. އޭގެ ފަހުން މިހާތަނަށް އޭނާ ވަނީ ސިޓީ އާއެކު 15 ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރޭގައި އިނގިރޭސި ޕްރިމިއާ ލީގު ފަސް ފަހަރު ކާމިޔާބު ކުރުން ހިމެނެ އެވެ. ސިޓީގެ ތާރީޚުގައި ވެސް އެ ޓީމުން ފުރަތަމަ ފަހަރަށް ޔުއެފާ ޗެމްޕިއަންސް ލީގު ވެސް ކާމިޔާބު ކުރީ ގާޑިއޯލާގެ އިރުޝާދުގެ ދަށުންނެވެ.

ފީފާ ކުލަބް ވޯލްޑް ކަޕްމެންޗެސްޓަރ ސިޓީޕެޕް ގާޑިއޯލާ

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025
އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ

އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ

26 ނޮވެމްބަރު 2025
ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

11 ނޮވެމްބަރު 2025
ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް

ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް

03 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު