Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިންޓަ މިއާމީ

ސުއަރޭޒްގެ އަމާޒަކީ އިންޓަ މިއާމީއާއެކު ގިނަ ތަށި ކާމިޔާބުކުރުން

ސުއަރޭޒް ފާހަގަކުރިގޮތުގައި މިއީ އޭނާގެ ކެރިއަރުގައި އަނެއްކާވެސް ކުރިމަތިލާ އައު ޗެލެންޖެއް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 23 ޑިސެމްބަރު 2023 | ހޮނިހިރު 05:13
އިންޓަ މިއާމީއަށް ސޮއިކުރުމަށްފަހު ސުއަރޭޒް

އިންޓަ މިއާމީއަށް ސޮއިކުރުމަށްފަހު ސުއަރޭޒް

އަމާޒަކީ އިންޓަ މިއާމީއާއެކު ގިނަ ތަށިތަކެއް ކާމިޔާބުކުރުން ކަމަށް، އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް ބުނެފިއެވެ.

ސުއަރޭޒް މިހެން ބުނީ، މޭޖާ ލީގު ސޮކާ (އެމެރިކާ ލީގު)ގެ އިންޓަ މިއާމީއަށް ސޮއިކުރުމަށްފަހު ދިން އިންޓަވިއުއެއްގައެވެ. އޭނާ ބުނީ، މިއާމީއަށް ބަދަލުވެވުމަކީ ވަރަށް އުފާވާ ކަމެއް ކަމަށާއި، އެއީ އޭނާއަށް ލިބުނު ހިތްހަމަޖެހުމެއް ކަމަށެވެ. އުމުރުން 36 އަހަރުގެ ސުއަރޭޒް ފާހަގަކުރިގޮތުގައި މިއީ އޭނާގެ ކެރިއަރުގައި އަނެއްކާ ވެސް ކުރިމަތިލާ އައު ޗެލެންޖެކެވެ. ސުއަރޭޒް ހުރީ އެ ޗެލެންޖުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައިގެން، ހިތްވަރާއެކު ކުރިއަށް ދިޔުމުގެ އަމާޒުގައެވެ.

މީގެއިތުރުން އޭނާ ބުނީ، މިއާމީގައި ކުޅެން މިހާރުވެސް ކެތްމަދުވެފައި ހުރި ކަމަށެވެ. ސުއަރޭޒް ބުނިގޮތުގައި މިއާމީއަކީ މިހާރު ވަރުގަދަ ކުލަބެކެވެ. އެގޮތުން އެ ކުލަބުންވެސް އައު ކުޅުންތެރިން ހޯދައި، އިތުރު ހަރުފަތަކަށް ކުރިއަށްދާން މަސައްކަތް ކުރާކަން އޭނާ ފާހަގަކުރިއެވެ. އެހެންކަމުން، މިއާމީއާއެކު ގިނަ ތަށިތަކެއް ކާމިޔާބުކޮށް، އެންމެ ފުރިހަމަ ކާމިޔާބީއަށް ވާސިލްވާން ބޭނުންވާކަމަށް އޭނާ ވަނީ ބުނެފައެވެ.

މިއީ ސުއަރޭޒް، އޭނާގެ ކެރިއަރުގައި ކުޅޭނެ ނުވަވަނަ ކުލަބެވެ. އުރުގުއޭގެ ނަސިއޯނަލްއިން ސީނިއަރ ކެރިއަރު ފެށި ސުއަރޭޒް ވަނީ، ޔޫރަޕުގެ ބޮޑެތި ކުލަބުތަކަށް ކުޅެ، ގިނަ ކާމިޔާބީތަކެއް ވެސް ހޯދާފައެވެ. އޭނާ ވަނީ ނެދަލެންޑްސްގެ އަޔެކްސްގެ އިތުރުން، އިނގިރޭސި ޕްރިމިއަރ ލީގުގެ ލިވަޕޫލް، ސްޕެއިންގެ ބާސެލޯނާ އަދި އެތުލެޓިކޯ މެޑްރިޑަށްވެސް ކުޅެފައެވެ. ސުއަރޭޒް ވަނީ ޔޫރަޕުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށް ދޭ ރަން ބޫޓު ވެސް ހާސިލްކޮށްފައެވެ.

އިންޓަ މިއާމީލުއިސް ސުއަރޭޒް

ކޮމެންޓް

އިތުރަށް ކިޔާލަން

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

14 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

07 ޑިސެމްބަރު 2025
"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

18 އޮކްޓޯބަރު 2025
ޖޯޑީ އަލްބާ، ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމައިފި

ޖޯޑީ އަލްބާ، ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމައިފި

08 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު