Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކްލަބް ވޯލްޑް ކަޕް

ދުނިޔޭގެ ޗެމްޕިއަންކަން މެންޗެސްޓާ ސިޓީ އަށް

23 ޑިސެމްބަރު 2023 | ހޮނިހިރު 00:46

މިއީ ސިޓީ މި އަހަރު ކާމިޔާބުކުރި ފަސް ވަނަ ތަށި

ރާއްޖެ އެމްވީ | 23 ޑިސެމްބަރު 2023 | ހޮނިހިރު 00:46
މެންޗެސްޓާ ސިޓީގެ ކުޅުންތެރިން ކްލަބް ވޯލްޑްކަޕް އުފުލާލަނީ

މެންޗެސްޓާ ސިޓީގެ ކުޅުންތެރިން ކްލަބް ވޯލްޑްކަޕް އުފުލާލަނީ

ދުނިޔޭގެ ޗެމްޕިއަން ކުލަބުތަކުގެ މެދުގައި ބާއްވާ ކްލަބް ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް ފުރަތަމަ ފަހަރަށް މެންޗެސްޓާ ސިޓީން ކާމިޔާބުކޮށްފި އެވެ.

ސައުދީ އަރަބިއާގައި ކުޅުނު ފައިނަލް މެޗުގައި ސިޓީ މޮޅުވީ ބްރެޒިލްގެ ފުލުމިނޭޒީ އަތުން 4-0އިންނެވެ. އެންމެ އިސް ފޯވަޑް އާލިން ހާލަންޑާއި ކެޕްޓަން ކެވިން ޑެބްރޫނޭ އަށް މެޗަށް ނުކުތުމަށް ގަވާއިދު ތަން ނުދިނުމުން އެކުޅުންތެރިން ނުލައި ކުޅުނު މެޗުގައި އާޖެންޓީނާގެ ފޯވަޑް ހޫލިއަން އަލްވަރާޒް ފުރަތަމަ މިނިޓާއި 88 ވަނަ މިނިޓްގައި ގޯލު ޖެހި އެވެ. އަނެއް ދެ ގޯލުގެ ތެރެއިން ޖެހީ ފިލް ފޮޑެން ދެ ވަނަ ގޯލު ޖެހިއިރު ސިޓީގެ ތިން ވަނަ ގޯލަކީ ފުލުމިނޭޒީގެ މޮޓާ ފިލޯ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މި މުބާރާތުގެ މޮޅު ކުޅުންތެރިއަކަށް ހޮވި، ރަންބޯޅަ ލިބުނީ ސިޓީގެ ސްޕޭން މިޑްފީލްޑަރު ރޮޑްރީ އެވެ. ރިހި ބޯޅަ ލިބުނީ ސިޓީގެ ކެޕްޓަން ކޭލްވޯކާ އަށެވެ. ރަންވަންލޯ ބޯޅަ ލިބުނީ ފުލުމިނޭޒީގެ ޖޯން އަރިއާސް އަށެވެ.

މިއީ ސިޓީ އަށް ވަރަށް ތާރީހީ ކާމިޔާބީ އެކެވެ. އެ ޓީމު ވަނީ ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން މި އަހަރު އިނގިރޭސި ޕްރެމިއާ ލީގާއި އެފްއޭކަޕާއި ޔޫރަޕިއަން ޗެމްޕިއަންސް ލީގާއި ޔޫރަޕިއަން ސުޕަކަޕް ވެސް ކާމިޔާބުކޮށްފަ އެވެ. އަދި މިއީ 2015 ވަނަ އަހަރު ސިޓީއާ ހަވާލުވުމަށް ފަހު ގާޑިއޯލާ ކާމިޔާބުކުރި 16 ވަނަ ތައްޓެވެ.

މެޗަށް ފަހު ފޯޑެން ބުނީ ފުލުމިނޭޒީ ކުޅުނީ ވަރަށް ކުރު ޕާސްތަކަކާއެކު މޮޅު ކުޅުމެއް ކަމަށާއި ހަތަރު ގޯލު ޖެހުނަސް މެޗަކީ ފަސޭހަ މެޗެއްނޫން ކަމަށެވެ.

ކުލަބް ވޯލްޑް ކަޕް މެންޗެސްޓަރ ސިޓީ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
03 ޑިސެމްބަރު 2025

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް
26 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ

26 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ
11 ނޮވެމްބަރު 2025

ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

11 ނޮވެމްބަރު 2025
ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި
03 ނޮވެމްބަރު 2025

ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް

03 ނޮވެމްބަރު 2025
ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް
19 އޮކްޓޯބަރު 2025

ހާލަންޑުގެ ދެ ލަނޑާ އެކު ސިޓީ މޮޅުވެއްޖެ

19 އޮކްޓޯބަރު 2025
ހާލަންޑުގެ ދެ ލަނޑާ އެކު ސިޓީ މޮޅުވެއްޖެ
06 އޮކްޓޯބަރު 2025

ހާލަންޑުގެ ލަނޑާ އެކު ސިޓީ މޮޅުވެއްޖެ

06 އޮކްޓޯބަރު 2025
ހާލަންޑުގެ ލަނޑާ އެކު ސިޓީ މޮޅުވެއްޖެ
28 ސެޕްޓެމްބަރު 2025

ހާލަންޑުގެ ދެ ލަނޑާ އެކު، ސިޓީ އިން ބާންލީ ބަލިކޮށްފި

28 ސެޕްޓެމްބަރު 2025
ހާލަންޑުގެ ދެ ލަނޑާ އެކު، ސިޓީ އިން ބާންލީ ބަލިކޮށްފި
25 ސެޕްޓެމްބަރު 2025

ހަޑްސްފީލްޑް ޓައުން ބަލިކޮށް ސިޓީ ވެސް ގަދަ 16 އަށް

25 ސެޕްޓެމްބަރު 2025
ހަޑްސްފީލްޑް ޓައުން ބަލިކޮށް ސިޓީ ވެސް ގަދަ 16 އަށް
22 ސެޕްޓެމްބަރު 2025

ފަހު ވަގުތު އާސެނަލް އިން ސިޓީއާ އެއްވަރު ކޮށްފި

22 ސެޕްޓެމްބަރު 2025
ފަހު ވަގުތު އާސެނަލް އިން ސިޓީއާ އެއްވަރު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް