Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ފުށިދިއްގަރުފަޅު ހިއްކުން

ދިވެހިންނަށް ބިމެއް ދިނުމުގެ ކުރިން ބިން ކަށަވަރުވީ ބިދޭސީއަކަށް - އަގު އެތައް ބިލިއަނުން ގުނާލެވޭ

މި ބިންތައް ސީއެމްސީސީއަށް 99 އަހަރަށް ލިބޭނެ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 22 ޑިސެމްބަރު 2023 | ހުކުރު 14:04
ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތް ފެށުން

ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތް ފެށުން

ވެރިކަމަށް ވަޑައިގެންނެވީ މި ޤައުމުން ކައިވަތެއްވެސް އެހެންބަޔަކަށް ނުދެއްވާނެކަމަށް ވިދާޅުވެއެވެ. އެއްވެސް ހާލެއްގައި އެއްވެސް ބޭނުމެއްގައި ދިވެހި ބިމުން ކިތަންމެ ކުޑަތަންކޮޅެއް ވިޔަސް ދޫކޮށްނުލައްވާނެ ކަމަށް ވިދާޅުވިޔެވެ. ތިމާމެންނަކީ ޤައުމިޔަތުގެ މާ މަތިވެރި ބަހާއެއްގައި ހިފައިގެން ތިބި ބައެއް ކަަމަށް ދައްކާ ޤައުމުން ބައެއް ބޭރުބަޔަކަށް ލިބޭގޮތަށް ބޭރު މީހަކަށް ދޭ ގޮތަށް އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށާއި، ތިމަންމާމެންނަކީ ޤައުމީ ކެނޑިޑޭޓުންކަމަށް ވެރިކަމަށް ވަޑައިގަތުމުގެ ގޮތުން ވިދާޅުވިއެވެ. އެކަމަކު މިއަދު ވެރިކަމަށް ވަޑައިގަތީމަތޯއެވެ؟ މަންޒަރު އެހެރަ ބަދަލުކޮށްލާ ގޮތެއްތާއެވެ. ވާހަކައިގެ ރާގު ބަދަލުކޮށްލި ގޮތް ކިހާ އަވަސްތޯއެވެ؟

މި ސަރުކާރުން ފުށިދިއްގަރުފަޅުގެ މަޝްރޫޢު ތެޅިގަނެގެން ފެށި އިރު އެކަމާއި ގުޅުން ހުރި އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރައްވައެވެ. މަޝްރޫޢުއަށް 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެކަމަށް ފުރަތަމަ ވިދާޅުވިއެވެ. އޭރުވެސް އެކަމަށް ބޭނުންވާ ފައިސާގެ ތަފްސީލެއް އަދި އެހެނިހެން ތަފްސީލެއް ވެސް ހާމައެއް ނުކުރައްވައެވެ. މިވެރިންގެ މަޤްސަދާއި މި މަޝްރޫޢުގެ ފަހަތުގައި ފޮރުވިފައި އޮތް ސިއްރުތަކެއް ހުރިކަމަށް ތުހުމަތުކުރެވެން ފެށި ހިސާބަކީ އެއީއެވެ. އެ ޝައްކުތައް ޔަޤީނަށް ބަދަލުވީ ބަޖެޓްކޯޑުވެސް އުނިކޮށްފައި ވަނިކޮށް ގަދަ ބަސް ބުނެ މި މަޝްރޫޢު ފެށި ހިސާބުންނެވެ. ދެފުށް ފެންނަ ސިޔާސަތެއް ގެންގުޅުއްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވި ނަމަވެސް މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސިއްރިއްޔާތުގައޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. އެ ވިދާޅުވާ ބިޔަ ބޮޑު މަޝްރޫޢުގައި ސޮއިކުރުމުގެ ކުރިން އެ މަޝްރޫޢުގެ ސްކޯޕެއް އަދި އެ ނޫންވެސް ތަފްސީލެއް ނުދެއްވައެވެ. މަޝްރޫއުގައި ސޮއިކުރެއްވުމަށް ފަހު އެ މަޝްރޫޢު އާއި ގުޅޭގޮތުން ކުރި ހުރިހާ ސުވާލަކަށް މި ސަރުކާރުން ޖެހީ "އިގްނޯ ބޯޑެވެ."

ދެން މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ފެނުނީ އެމްޓީސީސީ އިން ގެނެސްފައި އޮތް ޑްރެޖަރެއް ބޭނުން ކުރިތަނެވެ. ސުވާލުތައް ހައްތަހާ އިތުރުވިއެވެ. ބޭރުގެ ސީއެމްސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢުއަށް އެ ޑްރެޖަރު ހަވާލުކުރީ ރަސްމީ އެއްބަސްވުމެއް ނެތިއެވެ. މިހެންގޮސް މަޝްރޫޢުގެ ތަފްސީލްތައް އެނގި ހާމަވީ ވަރަކަށް އެނގުނީ މަޝްރޫޢު އާއި މެދު ގޮތްނޭނގޭ އެތައްކަމެއް ހުރިކަމެވެ. އެންމެ ފަހުން ޕްރެޝަރ ބޮޑުވެ ސަރުކާރަށް ކޮންމެވެސް ވަރެއްގެ މައުލޫމާތުތަކެއް ނުދީ ފަރު ނުޖެހޭނެކަން އެނގުމުން އަރބަންކޯ އިން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފިއެވެ.

ކަމަކުދާކަށް ނެތެވެ. ރަސްމާލެ ތަރައްގީކުރުމަށްޓަކައި ފުށިދިއްގަރު ފަޅު ހިއްކަނީ ހުޅުމާލެއިން 10 ހެކްޓަރު، އަދި ރަސްމާލެއިން 60 ހެކްޓަރުގެ ބިން ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ)އަށް ދޭގޮތަށް ކަމަށް އާބަންކޯގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ. ދިވެހިންގެ ކަންބޮޑުވުންތައް އިންތިހާއަށް އޮތްކަމެއްގައި މިވަރުކަމެއް ފޮރުވައިގެން، ވަޅުޖައްސާލަން މަސައްކަތްކުރި ސަބަބު މި އިނގެނީ ނޫންހެއްޔެވެ؟ ހާމަކަން ބޮޑު ސަރުކާރުން މިވަރު ކަމެއް ނިންމި އިރު މީޑިއާ އަށް ވެސް އާއްމުންނަށް ވެސް އަންގާ ނުލައްވައެވެ.

މި މަޝްރޫއަށް ސަރުކާރުންނާއި އާބަންކޯއިން އެއްވެސް ޚަރަދެއް ނުކުރާނެ ކަމަށާއި، ބިން ހިއްކުމަށް ހުރިހާ ޚަރަދެއް ކުރާނީ ސީއެމްސީސީ ކުންފުނިން ކަމަށް ވިދާޅުވާ އިރު ހަގީގަތަކީ އެ މަޝްރޫޢު އަށް އަގު ދައްކަނީ އަޅުގަނޑުމެންގެ ބިމުންނެވެ. އެހެނީ މި މަޝްރޫއު ހިންގަނީ ސީއެމްސީސީއަށް ޖުމްލަ 70 ހެކްޓަރުގެ ބިން ދީގެންކަމަށް ވާތީއެވެ. އޮޅުވާލުމަށްޓަކާ މި މަޝްރޫއާއެކު ކުންފުނީގެ ކޭޝް ފްލޯއަށް އެއްވެސް އަސަރެއް ނުކުރާނެކަމަށާއި، ކުރިއަށް އޮތް ތަނުގައި މި ޕްރޮޖެކްޓްގެ ސަބަބުން ކޭޝް ފްލޯއަށް އިތުރު ތިޔާގިކަން ލިބޭނެ ކަމަށް ވިދާޅުވާއިރު ދިވެހިންގެ ބިމެއް އެގޮތަށް ދޫކޮށްލެއްވުމުގެ ކުރިން ކުޑަމިނުން ރައްޔިތުންގެ މަޖިލީހުގައި ވެސް އައްސަވާލައްވަން ކީއްތޯއެވެ.

މާލެ ސަރަހައްދުން އެންމެ އަކަފޫޓެއްގެ އަގަށް ބަލާލިއަސް ބިން ވިއްކާ އެންމެ ކުޑަ އަގަކީ 5000 ރުފިޔާއެވެ. އެހެންކަމުން ހަތްދިޔަ ހެކްޓަރުގެ އަގު، އަކަފޫޓަޖަށް ޖެހޭ ނިސްބަތުން ބަލާނަމަ 7،534،737 އަަކަފޫޓުގެ އަގަކީ 37،673،685،000 ( ތިރީސް ހަތް ބިލިއަން ހަސަތޭކަ ހަތްދިހަ ތިން މިލިއަން ހަ ލައްކަ އަށްޑިހަ ފަސް ހާސް ރުފިޔާއެވެ. ނުވަތަ ޑޮލަރުން ބަލާނަމަ އެއީ 2.4 ބިލިއަން ޑޮލަރެވެ. އެހެންނަމާވެސް

ފަހުން ބިން ވިއްކަން އިޢުލާންކޮށްފައި ހުރި އިރު ގިނައިން ބިން ވިއްކާ އެންމެ ކުޑަ އަގުވެސް ހުރީ މިއަށް ވުރެ މަތީގައެވެ. ކަންމިހެން އޮތުމާއި އެކު މިއީ ރައްޔިތުންގެ އެސެޓެއް ރައްޔިތުންނަށް ނޭނގި ދިނުން ނޫންތޯއވެެ.

ތިޔަވިދާޅުވާ ޤައުމިއްޔަތު ދިރުވުމަކީ މިއީތޯއެވެ؟ އެންމެ އިންޗި އެއްވެސް ބިން ނުދޭން ބުނި ސަރުކާރުން އަމަލުތައް ބަހައްޓަވަނީ އެއާއި ދިމާ އިދިކޮޅަށެވެ. އަދި އިންޓަރނޭޝަނަލް ބިޑަކާއި ނުލާ، ސިއްރިއްޔާތުގައި މިފަަދަ ކަމެއް ކުރެއްވުމުން ރައްޔިތުން ސުވާލު ނުކުރާންވީ ސަބަބެއް އެބައޮތްތޯއެވެ؟ ތިޔަ ވިދާޅުވަނީ ރައްޔިތުންގެ ބިމަކީ އެއްވެސް އަގެއް ނެތްތަނެކޭތޯއެވެ؟

ފުށިދިއްގަރުފަޅު

ކޮމެންޓް

އިތުރަށް ކިޔާލަން

ސީއެމްސީއަށް ދޭ ބަދަލުގެ ބޮޑުބައި ލިބޭނީ މުއިއްޒު އަށް - ޔާމީން

ސީއެމްސީއަށް ދޭ ބަދަލުގެ ބޮޑުބައި ލިބޭނީ މުއިއްޒު އަށް - ޔާމީން

26 ޖެނުއަރީ 2025
ރަސްމާލެ ހިއްކުމަށް، ހިމާޔަތްކޮށްފައިވާ ސަރަހައްދަކުން ވެލި ނެގޭގޮތަށް ގަވާއިދު އިސްލާހުކޮށްފި

ރަސްމާލެ ހިއްކުމަށް، ހިމާޔަތްކޮށްފައިވާ ސަރަހައްދަކުން ވެލި ނެގޭގޮތަށް ގަވާއިދު އިސްލާހުކޮށްފި

08 އެޕްރީލު 2024
ރަސްމާލެ ޕްރޮޖެކްޓުގެ ތަފްސީލީ މައުލޫމާތު ހާމަކުރުމަށް ސަރުކާރަށް ގޮވާލުމަށް މަޖިލީހަށް މައްސަލައެއް

ރަސްމާލެ ޕްރޮޖެކްޓުގެ ތަފްސީލީ މައުލޫމާތު ހާމަކުރުމަށް ސަރުކާރަށް ގޮވާލުމަށް މަޖިލީހަށް މައްސަލައެއް

28 ޑިސެމްބަރު 2023
ފުށިދިއްގަރުފަޅު ހިއްކުމުގައި އަޑި ނޭނގޭ ކަންތައްތަކެއް ހުރުމުން، މަޖިލީހުގައި ސަރުކާރު ޖަވާބުދާރީކުރުވަނީ

ފުށިދިއްގަރުފަޅު ހިއްކުމުގައި އަޑި ނޭނގޭ ކަންތައްތަކެއް ހުރުމުން، މަޖިލީހުގައި ސަރުކާރު ޖަވާބުދާރީކުރުވަނީ

24 ޑިސެމްބަރު 2023
ފުށިދިއްގަރު ހިއްކުމުގެ ގާބިލުކަން އެމްޓީސީސީގައި ހުންނާނެ، ބޭނުން ކުރަނީވެސް އެމްޓީސީސީން ގެނެސްފައި އޮތް ޑްރެޖަރެއް - އާޒިމް

ފުށިދިއްގަރު ހިއްކުމުގެ ގާބިލުކަން އެމްޓީސީސީގައި ހުންނާނެ، ބޭނުން ކުރަނީވެސް އެމްޓީސީސީން ގެނެސްފައި އޮތް ޑްރެޖަރެއް - އާޒިމް

22 ޑިސެމްބަރު 2023

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު