Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ހިއްކަން ފެށި ދުވަހު ހިއްކުނު ވަރަށްވުރެ އިތުރަށް އެއްކަމެއްވެސް ނުކުރޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 31 މާރިޗު 2024 | އާދީއްތަ 10:47
ފުށިދިއްގަރު ފަޅު ހިއްކަން ފެށި ދުވަހު އެތަން ރައީސް މުއިއްޒު ބައްލަވާލައްވަނީ

ފުށިދިއްގަރު ފަޅު ހިއްކަން ފެށި ދުވަހު އެތަން ރައީސް މުއިއްޒު ބައްލަވާލައްވަނީ

"މިއަދު މި ތަނުގައި މި ފެށޭ މަޝްރޫޢަކީ، މިއަދާ ހަމަޔަށް ރާއްޖޭގައި ހިންގާ ބިން ހިއްކުމުގެ އެންމެ ބޮޑު މަޝްރޫޢު. މި މަޝްރޫޢުގެ ދަށުން 1153 ހެކްޓަރުގެ ބިން އިރާދަކުރެއްވިއްޔާ، މިއަދު މި ފެށޭ ގޮތަށް ގޮސް، މެދުނުކެނޑި ގޮސް، ގާތްގަނޑަކަށް 8 މަސް ދުވަހުގެ ތެރޭގައި ނިންމާލާއިރުގައި އޮންނާނީ ހިކިފައި. 1153 ހެކްޓަރުގެ ބިމަކީ، ބޮޑުމިނަށް ބަލާނަމަ، ހުޅުމާލެ ދެ ފިޔަވަހި އެއްކޮށްލީމާ ވާވަރުގެ ގާތްގަނޑަކަށް ތިންގުނަ" މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެތަކެއް ދިވެހި ރައްޔިތުންނެއް ވަޒީފާއިން ވަކިކޮށް، އެތައް ބައެއްގެ ބޯހިޔާވަހިކަމަށް އަރައިގަނެ ނެތް ފައިސާއަކުން ފެށި މަޝްރޫއު ފެއްޓެވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކައެވެ.

18 ޑިސެމްބަރު 2023 ވަނަ ދުވަހު ބޭއްވިގެން ދިޔަ ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫޢު ރަސްމީކޮށް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތެވެ. 400 މިލިއަން ރުފިޔާގެ މި ޕްރޮޖެކްޓް ފެށީވެސް ދައުލަތުގެ ބަޖެޓުގައި ނުޖަހައެވެ. ރައްޔިތުންގެ މަޖިލީހުން ފާސްނުކޮށެވެ. ނަމަވެސް އެތައް ބިލިއަނެއްގެ އަގުހުރި ބިން ބަޔަކަށްދީގެންނެވެ. ރަސްމާލެ މަޝްރޫއު ރައީސް ފެއްޓެވި އިރުވެސް މަޖިލީހުން ވަނީ އެ މަޝްރޫއަށް ކަނޑައެޅި 400 މިލިއަން ރުފިޔާ ބަޖެޓުން އުނިކޮށްފައެވެ. އެއީ އެފަދަ މަޝްރޫއެއް ގެންދިއުމަށްވުރެ ރައްޔިތުންނަށް ކޮށްދޭންޖެހޭ މުހިންމު އެހެންކަންކަން ހުރުމުން ރައްޔިތުންގެ މަންދޫބުންނަށް އެކަން އެގޮތަށް ގަބޫލުކުރެވިގެންނެވެ.

ނަމަވެސް މަޖިލީހުން އެގޮތަށް ނިންމި ނަމަވެސް، އެއަށް ބަލާލުމެއް ނެތި ދައުލަތުގެ ފައިސާ ފޮއްޗެއްގައި ނުޖެހި، ދައުލަތުން ފައިސާ ހަރަދުކުރަން ނުޖެހި މި މަޝްރޫއު ހިންގާ ސަރުކާރުގެ ކުންފުނި އެޗްޑީސީން ބުންޏެވެ. ހުދު ރައީސުލްޖުމްހޫރިއްޔާ ވެސް ވިދާޅުވިއެވެ. "ކަންގަތި އެވޯޑް 2023" ގެ ޖަލްސާ ގައި ވާހަކަ ދައްކަވަމުން 20 ޑިސެމްބަރު 2023 ގައި ރައީސް ވިދާޅުވީ ފުށިދިއްގަރު ފަޅުގައި ތަރައްގީ ކުރާ ސަހަރު ވެގެންދާނީ ދައުލަތުގެ ބަޖެޓުން އެއްވެސް ހަރަދެއް ކުރަން ނުޖެހޭ ގޮތަށް ނިންމާނެ މަޝްރޫއެއްގެ ގޮތުގައި ކަމަށެވެ.

މިއިން ސާފުވަނީ ބަޖެޓުގައި ނެތަން އެކަން ކުރާނެ ގޮތްތައް ހޯދާފައި އޮތް ވާހަކައެވެ. އެހެންވީމާ މި މަޝްރޫއަކާއި ބަޖެޓަކާއި ގުޅުމެއް ނެތެވެ. އެ ގުޅުން އުފެދިފައިވެސް ނެތެވެ. "މަޝްރޫއު ކުރިއަށް އެ ދަނީ ދިވެހި ދައުލަތުގެ ބަޖެޓުން އެއްވެސް ހަރަދެއް ކުރަން ނުޖެހޭ ގޮތަށް. އިރާދަކުރެއްވިއްޔާ އެ މަޝްރޫއު އެގޮތުގައި ކުރިއަށް ގެންގޮސް ނިންމައިލާނަން،" ރައީސް ވިދާޅުވިއެވެ.

މަޖިލީހުން ފުށިދިއްގަރުގެ ފައިސާ ބަޖެޓުން އުނިކުރުމާއެކު އެހެން ގޮތްތަކެއް ހޯއްދަވާ އެކަން ފެއްޓެވިއެވެ. ނަމަވެސް އެއްވެސް ޕްލޭނެއް ނެތިއެވެ. ފައިސާއެއް ނުހޯދައެވެ. ކޮންޓްރެކްޓަރެއް ހޯދާ ބިން ހިއްކާ ނިމުމުގެ ކުރިން މާލޭގެ ބިލިއަން ރުފިޔާގެ ބިންވެސް ދީފިއެވެ. މާލޭގެ ދެބައިކުޅަ އެއްބައިހާ ބޮޑު ބިމެކެވެ. ނަމަވެސް އެ މަޝްރޫއު ފެށިތާ 31 މާޗް އަށް 3 މަސް ވެއްޖެއެވެ. 8 މަސް ދުވަހުން ހިއްކާ ނިންމަންޖެހޭ 1153 ހެކްޓަރުގެ ބިމުން ހިއްކުނީ އަދި ދެތިން ހެކްޓަރެވެ. އެއީވެސް މަންޒަރު ދައްކާލަން ކުރި ކަމެކެވެ.

ބަޖެޓައި ނެތަސް ކުރެވޭނެކަމަށް ވިދާޅުވެ މަސައްކަތް ފެށުމަށްފަހު އެންމެފަހުން އެ މަސައްކަތް ހުއްޓުނީމާ އަނެއްކާވެސް ގޯވީ ބަޖެޓެވެ. ބަޖެޓުގައި ނެތްކަނެއް ފަށާ އެކަން ހުއްޓުނީމާ ބަޖެޓް ގޯސް ވެއްޖެއެވެ. ރައިސް ވިދާޅުވީ ފުށިދިއްގަރު ހިއްކާނެ އިންވެސްޓަރު ހަމަޖެހިފައިވާ ކަމަށެވެ. އަދި އަނެއްކާ ބަޖެޓްގެ ވާހަކަވެސް އެބަވިދާޅުވެއެވެ. މީގައި ކޮންމެވެސް ގޯހެއް އެބަ އުޅެއެވެ.

ފުށިދިއްގަރު ފަޅަކީ ބޯހިޔާވަހިކަމުގެ ހައްލަކަށްވުރެ ދަރަނީގެ ދަންތުރައެކެވެ. ބޭރު މީހުންނަށް ބިން ނުދޭނަކަމަށް ބުނެ ވަޑައިގެން 70 ހެކްޓަރުގެ ބިން އެދިނީ ބޭރު މީހަކަށެވެ. ރައީސްގެ ފުރެންޑު ރާޖޫއަށެވެ. ބިންވެސް ނުހިއްކުނެވެ. ހަގީގަތަކީ އެ 400 މިލިއަން ރުފިޔާއަކީ ސީދާ މަޖިލިސް އިންތިހާބަށް ޖީބަށް ކަހާލަށް އުޅުނު ފައިސާއެވެ. އެނޫން އެހެން އެއްވެސް ގޮތަކަށް ގަބޫލެއް ނުކުރެވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބަޖެޓުން ދެކޮޅު ނުޖެހިގެން ހުށަހެޅި ސަޕްލިމެންޓަރީ ބަޖެޓަށް ހެދީ ކިހިނެއް؟

ބަޖެޓުން ދެކޮޅު ނުޖެހިގެން ހުށަހެޅި ސަޕްލިމެންޓަރީ ބަޖެޓަށް ހެދީ ކިހިނެއް؟

30 ޑިސެމްބަރު 2017
ރައްޔިތުންގެ ހައްގުތައް ގެއްލިގެން ދާއިރު ދައުލަތުގެ މުއައްސަސާތައް ހިމޭނުން

ރައްޔިތުންގެ ހައްގުތައް ގެއްލިގެން ދާއިރު ދައުލަތުގެ މުއައްސަސާތައް ހިމޭނުން

18 ޑިސެމްބަރު 2017
މާލީ ވަޒީރަށް ދައުލަތުގެ މާލިއްޔަތު މަސައްކަތްކުރާ ގޮތް އެނގިލައްވާތޯ؟

މާލީ ވަޒީރަށް ދައުލަތުގެ މާލިއްޔަތު މަސައްކަތްކުރާ ގޮތް އެނގިލައްވާތޯ؟

19 ނޮވެމްބަރު 2017
އަބުރުވެރި، ޝަރަފުވެރި މަޖިލީހަކަށް ހަދާނެ ކަމަށް ބުނި ވައުދާއެކު މަޖިލީހުގައި އެޅުވީ "ތަޅު"

އަބުރުވެރި، ޝަރަފުވެރި މަޖިލީހަކަށް ހަދާނެ ކަމަށް ބުނި ވައުދާއެކު މަޖިލީހުގައި އެޅުވީ "ތަޅު"

16 ނޮވެމްބަރު 2017
ފުޓުބޯޅައަށް އިންޤިލާބެއް ގެންނަން ބުނި އެފްއޭއެމްގެ ލީޑަރޝިޕް ފެއިލްވެއްޖެ!

ފުޓުބޯޅައަށް އިންޤިލާބެއް ގެންނަން ބުނި އެފްއޭއެމްގެ ލީޑަރޝިޕް ފެއިލްވެއްޖެ!

08 ނޮވެމްބަރު 2017

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު