Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރަސްމާލެ

ރަސްމާލެ ބިން ހިއްކުމާއި ގުޅޭގޮތުން ވަޒީރު ދެއްކެވި ވާހަކަ ރައީސް ދޮގުކުރައްވައިފި

ބަޖެޓުން ހަރަދު ނުކުރާނެކަމަށް ބުނެފައި މަސައްކަތް ހުއްޓުނީމާ ގޯސްވީ ބަޖެޓާއި މަޖިލިސް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 31 މާރިޗު 2024 | އާދީއްތަ 07:57
ފުށިދިއްގަރުފަޅު ހިއްކުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ކޮންސްޓްރަކްޝަން މިނިސްޓަރާއި ސަލާމް ކުރައްވަނީ

ފުށިދިއްގަރުފަޅު ހިއްކުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ކޮންސްޓްރަކްޝަން މިނިސްޓަރާއި ސަލާމް ކުރައްވަނީ

ރަސްމާލެ ބިން ހިއްކުމުގެ މަސައްކަތް އޮތީ ހުއްޓިފައި ނޫން ކަމަށް ވަޒީރު އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވި ވާހަކަ ރައީސް ޑރ. މުހައްމަދު މުއިއްޒު ދޮގުކުރައްވައިފިއެވެ.

މި ސަރުކާރުގެ އެންމެ ބޮޑު އެއް ޕްރޮޖެކްޓްކަމުގައިވާ ފުށިދިއްގަރު ފަޅު ހިއްކައިގެން ރަސްމާލެ ހިއްކުމުގެ މަސައްކަތް ފެށީ 18 ޑިސެމްބަރު 2023 ގައެވެ. މި މަޝްރޫޢުގެ ދަށުން 1153 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވަނީ 8 މަސް ދުވަހުގެ ތެރޭގައެވެ. ރައީސް ވިދާޅުވެފައިވަނީ މިއަދު މި ފެށޭ ގޮތަށް ގޮސް، މެދުނުކެނޑި ގޮސް މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.

Advertisement - newsAdvertisement

ނަމަވެސް ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށި ދުވަހު އެމްޓީސީސީގެ ޑްރެޖަރެއް ބޭނުންކޮށްގެން އެޅީ ވެލިކޮޅު ފިޔަވައި އިތުރު މަސައްކަތެއް ނުކުރެއެވެ. އަދި އެ މަސައްކަތް މަޑުޖެހިފައި އޮންނާތީ އެކަމާއި ގުޅިގެން އާންމުންގެ ފާޑުކިއުން ވަނީ އަމާޒުވެފައެވެ.

ނަމަވެސް ކޮންސްޓްރަކްޝަން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ ރަސްމާލެ މަޝްރޫޢަކީ ބަޖެޓުން އުނިކޮށްފައިވާ މަޝްރޫޢަކަށްވާތީ، އެއީ ސަރުކާރުން އެވުޒާރާގެ ތެރެއިން ކުރިއަށްގެންދާ މަޝްރޫޢެއް ނޫންކަމަށެވެ. މިމަޝްރޫޢަކީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީ އާއި ކޮންޓްރެކްޓަރަކާ ދެމެދު ސޮއިކޮށްގެން ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ.

މުއްޠަލިބު ވިދާޅުވީ މިވަގުތު ސީދާ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ނުދިޔަ ނަމަވެސް، ރަސްމާލެ މަޝްރޫޢުގެ މަސައްކަތްތައް އޮތީ ހުއްޓިފައި ނޫން ކަމަށެވެ.

ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިނިސްޓަރުގެ ވާހަކަ ދޮގުކުރައްވާފައެވެ. ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ދެއްވި އިންޓަރވިއުއެއްގައި ރައީސް ވިދާޅުވެފައިވަނީ އެ މަޝްރޫއު ލަސްވަނީ ރައްޔިތުންގެ މަޖިލީހުން އެ ކަމަށް ހުރަސްއަޅާތީ އާއި އެ މަޝްރޫއަށް ބަޖެޓުގައި ހިމެނި 400 މިލިއަން އުނިކުރުމުން ކަމަށެވެ.

ރައީސް ވިދާޅުވެފައިވަނީ މަޖިލީހުން ކަންތައްތައް ކުރަނީ އަދި ކުރިއަށް ގެންދަނީވެސް ރައްޔިތުންނަކަށް ކަންތައްތަކެއް ކޮށްދޭ ވިސްނުމަކު ނޫން ކަމަށެވެ. އަދި އެ ސަބަބާ ހެދި މަޝްރޫއު ލަސްވެފައިވީނަމަވެސް، އެޗްޑީސީއާއެކީގައި އެ ފަރާތުން ކޮށްފައިވާ އެގްރީމަންޓުގެ ދަށުން ވަރަށް އަވަހަށް އަނެއްކާވެސް ބިން ހިއްކަން ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ބަޖެޓުގައި ހިމެނި 400 މިލިއަން ރުފިޔާ އުނިކުރުމުން މަޝްރޫ ހުއްޓިފައިވާ ކަމަށް ރައީސް ވިދާޅުވެފައިވާއިރު، އެމަނިކުފާނު ވަނީ މި ޕްރޮޖެކްޓް ކުރިއަށް ގެންދާނީ ބަޖެޓުން ހަރަދު ނުކޮށް ކަމަށް ވިދާޅުވެފައެވެ. އަަދި ކޮންސްޓްރަކްޝަން މިނިސްޓަރުވެސް ވަނީ ރަސްމާލެ މަޝްރޫޢަކީ ބަޖެޓުން އުނިކޮށްފައިވާ މަޝްރޫޢަކަށްވާތީ، އެއީ ސަރުކާރުން އެ މިނިސްޓްރީގެ ތެރެއިން ކުރިއަށްގެންދާ މަޝްރޫޢެއް ނޫންކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ފެނަކަ ކޯޕަރޭޝަންގެ އެމްޑީއާ ގުޅޭގޮތުން ހުށަަހަޅާފައިވާ މައްސަލައާ ގުޅިގެން ޝަރީފާއި ސުވާލުކުރާނަން: އޭސީސީ

ފެނަކަ ކޯޕަރޭޝަންގެ އެމްޑީއާ ގުޅޭގޮތުން ހުށަަހަޅާފައިވާ މައްސަލައާ ގުޅިގެން ޝަރީފާއި ސުވާލުކުރާނަން: އޭސީސީ

15 ފެބުރުއަރީ 2017
ފިލިޕީންސަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ފިލިޕީންސަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

11 ފެބުރުއަރީ 2017
ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު

ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު

10 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި

08 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު