Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓެކްސް ނުދައްކާ މައްސަލަ

ދައުލަތަށް ޓެކްސް ނުދައްކަންވެގެން ޑރ. ޚަލީލުގެ ބައްޕަ ހައިކޯޓަށް

21 ޑިސެމްބަރު 2023 | ބުރާސްފަތި 10:20

މި ދޯނި ވިއްކާލާފައިވަނީ ޚަލީލް މަޖިލިސް މެންބަރުކަމުގައި ހުންނަވަނިކޮށް

މަޚްތޫމް
މަޚްތޫމް | 21 ޑިސެމްބަރު 2023 | ބުރާސްފަތި 10:20
ހެލްތު މިނިސްޓަރު، ޑރ. އަބްދުﷲ ޚަލީލް

ހެލްތު މިނިސްޓަރު، ޑރ. އަބްދުﷲ ޚަލީލް | ފޭސްބުކް

ދައުލަތަށް ޓެކްސް ނުދައްކަންވެގެން, ޑރ. ޚަލީލުގެ ބައްޕަ ހައިކޯޓަށް ހިނގައްޖެއެވެ.

މި މައްސަލައަކީ މިހާރުގެ ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލުގެ ބައްޕަ މޫސާ އަހުމަދުގެ ނަމުގައި އޮތް ދޯންޏެއް ވިއްކާލިއިރު، ދައުލަތަށް ދައްކަންޖެހޭ ޓެކްސް ނުދައްކައިގެން، މީރާއިން ޓެކްސް އެޕީލް ޓްރަބިއުނަލަށް ހުށަހެޅި މައްސަލައެކެވެ.

Advertisement - newsAdvertisement

ޓެކްސް އެޕީލް ޓްރަބިއުނަލުން ބެލި މި މައްސަލައިގައި، މޫސާ އަހުމަދުގެ ފަރާތުން ހިންގަމުން ގެންދިޔަ ވިޔަފާރި ހަރަކާތް "ބަގީޗާ ދުވެލި" މަސް ދޯނި މީރާގައި ރަޖިސްޓްރީކޮށްފައި ނުވާ ފަރާތަކަށް ވިއްކާލުމާގުޅިގެން، އެ މުއާމަލާތުގެ އަގުން ޓެކްސް ދައްކަންޖެހޭނެކަމަށް މީރާއިން ނިންމާފައިވެއެވެ.

ވުމާއެކު، މީރާގެ އެ ނިންމުން 17 އޮގަސްޓު 2020ގައި އިސްތިއުނާފުކުރާ ފަރާތުން މީރާގައި އިއުތިރާޒުކުރިއެވެ.

އަދި އެ އިއުތިރާޒާ ގުޅިގެން "އިއުތިރާޒުކުރި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް"ގައި، މީރާގެ އޮޑިޓުގެ ނިންމުން ރަނގަޅުކަމާއި ޓެކުހުގެ ގޮތުގައި އޮޑިޓުން ކަނޑައެޅި ފައިސާއަކީ އިސްތިއުނާފުކުރާ ފަރާތުން ދައްކަންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅާފައިވެއެވެ. ދައްކަން އިއުތިރާޒުކޮށްފައި ވަނީ 67،924 ރުފިޔާއެވެ.

މި މައްސަލައިގައި ޓެކްސް އެޕީލް ޓްރަބިއުނަލުން ބުނެފައިވަނީ، މީރާއިން އޮޑިޓްކޮށްފައިވާ މުއްދަތުކަމަށްވާ 1 ޖަނަވަރީ 2017އިން ފެށިގެން 31 ޑިސެންބަރު 2018ގެ ނިޔަލަށް, އިސްތިއުނާފުކުރާ ފަރާތުން ހިންގަމުން ގެންދިޔަ މަސްވެރިކަމުގެ ވިޔަފާރީގެ ހަރަކާތް "ބަގީޗާ ދުވެލި" ނަމަކަށް ކިޔާ މަސް ދޯނ،ި މީރާގައި ރަޖިސްޓްރީކޮށްފައި ނުވާކަން ފާހަގަވެގެން، ޓެކްސް ދައްކާ ފަރާތުގެ ވަކި ވިޔަފާރީގެ ހަރަކާތެއްގެ ގޮތުގައި ރަޖިސްޓްރީކުރުމަށް އަންގައި، އެ ހަރަކާތުން ވިއްކާފައިވާ މުދަލުން ޖީއެސްޓީ ނަގަންޖެހޭ އާމްދަނީ ކަނޑައަޅައި، ގާނޫނުގައި ކަނޑައަޅާފައިވާ ރޭޓުން ޓެކްސް ނެގުމަށް ނިންމާފައިވާކަމަށެވެ.

ހަމަ އެއާއެކު، އޮޑިޓްކޮށްފައިވާ މުއްދަތުގައި، ޖީއެސްޓީއަށް ރަޖިސްޓްރީކޮށްފައި ނުވާ ފަރާތަކަށް ބަގީޗާ ދުވެލި ވިއްކާފައިވާކަން ފާހަގަވެގެން، ހިނގަމުންދިޔަ ވިޔަފާރިއެއް ވިއްކާލުމުން، އެ މުއާމަލާތުގެ އަގުން، ޖީއެސްޓީ ގާނޫނާއި ޖީއެސްޓީ ގަވާއިދުގައި ކަނޑައާޅައިފައިވާ ރޭޓުން ޓެކްސް ނަގަންޖެހޭނެކަމަށް މީރާއިން ނިންމާފައިވެއެވެ.

އަދި މީރާގެ ނިންމުން ބިނާވާ ގާނޫނީ ހުއްޖަތަކީ، ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ 39 ވަނަ މާއްދާއާއި ޖީއެސްޓީ ގަވާއިދުގެ 42 ވަނަ މާއްދާގެ (ހ)އެވެ. މީރާގެ އޮޑިޓް ނިންމުންތަކަށް 17 އޮގަސްޓު 2020ގައި ހުށަހެޅި އިއުތިރާޒަށް، މީރާއިން އިސްތިއުނާފުކުރާ ފަރާތަށް 7 މޭ 2022ގައި ފޮނުވާފައިވާ، އިއުތިރާޒުކުރި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް މެދުވެރިކޮށް މީރާގެ އޮޑިޓް ނިންމުން ދަމަހައްޓަން ނިންމާފައިވެއެވެ.

މި މައްސަލައިގައި ޓެކްސް އެޕީލް ޓްރަބިއުނަލުން ވަނީ ޓެކްސް އެޕީލް ޓްރަބިއުނަލުގައި މޫސާ އަހުމަދުގެ ފަރާތުން އިސްތިއުނާފުކޮށްފައިވާ މީރާގެ އިއުތިރާޒުކުރި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓާ ގުޅިގެން، އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ގާނޫނު 2020ގެ 43 ވަނަ މާއްދާގެ (ހ) އަދި (ރ) އަށް ރިއާޔަތްކުރާއިރު، ޓެކްސް އެޕީލް ޓްރަބިއުނަލަށް އިސްތިއުނާފުކޮށްފައިވާ "އިއުތިރާޒުކުރި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް" ނިންމާފައިވަނީ ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ 43 ވަނަ މާއްދާގެ (ނ)ގައި ކަނޑައަޅާފައިވާ މުއްދަތުން ބޭރުން ކަމަށް ބެލެވެން ނެތްކަމަށް ވަނީ ކަނޑައަޅާފައެވެ.

އަދި މީރާގެ އިއުތިރާޒުކުރި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި އިއުތިރާޒުކޮށްފައިވާ ކަންތައްތަކާ ގުޅިގެން މީރާއިން ނިންމި ނިންމުން ނިންމާފައިވަނީ ގާނޫނާއި ގަވާއިދާ އެއްގޮތަށް ވަނީ ކަނޑައަޅާފައެވެ.

އޭނާގެ ފަރާތުން މިހާރު ވަނީ މި ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލްޓެކްސް އެޕީލް ޓްރައިބިއުނަލްހައި ކޯޓުޓެކްސްމީރާ

އެންމެ ހިނގާ

1

ކޮންމެ މީހަކުވެސް އެމީހަކު އުފައްދާ ކުނިބުނި އަމިއްލައަށް ސާފުކުރުން ޖެހޭނެ ކަމަށް ބުނެ ޣައްޒާއާ ބެހޭގޮތުން ދެއްކި ވާހަކަތަކަށް، ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރަށް ގިނަ ބައެއްގެ ނުރުހުން!

2

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ފައިސަލް އިއުލާނު ކުރައްވައިފި، ރަނިންމޭޓަކަށް މޭޔަރު އާޒިމް

3

ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު ޔަހޫދީންގެ ކައިވެނީގެ ހަފުލާއެއްގައި ދުޢާކުރި މަައްސަލަ، މިއީ އަނިޔާ ލިބެމުންދާ ފަލަސްތީނުގެ އަޚުންނާއި އުޚުތުންނަށް ކުރެވޭ ފުރައްސާރައެއް!

4

މާލެއާއި ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ދުވާ މީހުން އިތުރުވެ އާންމުންގެ ކަންބޮޑުވުން

5

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގައި ކާފަރުން ދާއިމީކޮށް ވަޒަންވެރިވެ، އެހެން ދީންތަކަށް އުޅުމުގެ މިނިވަންކަން ހޯދުމަށް ހުޅުވޭ ދޮރަކަށް ވެގެން ހިނގައިދާނެ: ޝެއިހް ނިޝާން

އިތުރަށް ކިޔާލަން

21 ސެޕްޓެމްބަރު 2026

ދައުލަތަށް ނުލިބި ހުރި ފައިސާގެ އަދަދު 14.5 ބިލިއަނަށް، 3.82 ބިލިއަން ރުފިޔާއަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދައްކަންޖެހޭ ފައިސާ!

21 ސެޕްޓެމްބަރު 2026
ދައުލަތަށް ނުލިބި ހުރި ފައިސާގެ އަދަދު 14.5 ބިލިއަނަށް، 3.82 ބިލިއަން ރުފިޔާއަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދައްކަންޖެހޭ ފައިސާ!
18 ސެޕްޓެމްބަރު 2026

މީރާގެ އާމްދަނީ އިތުރުވި ނަމަވެސް، ފަތުރުވެރިކަން ދަށްވުމާ ގުޅިގެން ޑޮލަރު ލިބުނު މިންވަރު ދަށަށް!

18 ސެޕްޓެމްބަރު 2026
މީރާގެ އާމްދަނީ އިތުރުވި ނަމަވެސް، ފަތުރުވެރިކަން ދަށްވުމާ ގުޅިގެން ޑޮލަރު ލިބުނު މިންވަރު ދަށަށް!
10 ސެޕްޓެމްބަރު 2026

އޮގަސްޓު މަހު މީރާ އަށް 98.08 މިލިއަން އެމެރިކާ ޑޮލަރު ދައްކައިފި

10 ސެޕްޓެމްބަރު 2026
އޮގަސްޓު މަހު މީރާ އަށް 98.08 މިލިއަން އެމެރިކާ ޑޮލަރު ދައްކައިފި
07 ސެޕްޓެމްބަރު 2026

ކުއްލި ގޮތަކަށް ޓެކްސް ބޮޑުކުރުމަށް ނިންމި ނިންމުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އޮތް އިތުބާރު ކުޑަވެއްޖެ ކަމަށް ތަޖުރިބާކާރަކު ވިދާޅުވެއްޖެ

07 ސެޕްޓެމްބަރު 2026
ކުއްލި ގޮތަކަށް ޓެކްސް ބޮޑުކުރުމަށް ނިންމި ނިންމުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އޮތް އިތުބާރު ކުޑަވެއްޖެ ކަމަށް ތަޖުރިބާކާރަކު ވިދާޅުވެއްޖެ
06 ސެޕްޓެމްބަރު 2026

ޓެކްސްއަށް ގެނައި ކުއްލި ބަދަލާއެކު ފަތުރުވެރިކަމުގެ ކުދި އޮޕަރޭޓަރުން ރާއްޖޭގެ ޕެކޭޖުތައް ވިއްކުން ހުއްޓާލަން ޖެހިދާނެ ކަމުގެ އިންޒާރު ސަރުކާރަށް ދީފި

06 ސެޕްޓެމްބަރު 2026
ޓެކްސްއަށް ގެނައި ކުއްލި ބަދަލާއެކު ފަތުރުވެރިކަމުގެ ކުދި އޮޕަރޭޓަރުން ރާއްޖޭގެ ޕެކޭޖުތައް ވިއްކުން ހުއްޓާލަން ޖެހިދާނެ ކަމުގެ އިންޒާރު ސަރުކާރަށް ދީފި
06 ސެޕްޓެމްބަރު 2026

ޝަރުއީ ދާއިރާގައި 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވުމަށްފަހު ހައިކޯޓުގެ ފަނޑިޔާރު މާހިރު ރިޓަޔަރ ކުރައްވައިފި

06 ސެޕްޓެމްބަރު 2026
ޝަރުއީ ދާއިރާގައި 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވުމަށްފަހު ހައިކޯޓުގެ ފަނޑިޔާރު މާހިރު ރިޓަޔަރ ކުރައްވައިފި
03 ސެޕްޓެމްބަރު 2026

ނައުޝާދުގެ މަރު: ހައިކޯޓުން ނިންމީ ފައިހުއާ ސިރުހާންގެ މައްޗަށް ޝަރުތުކުރަންޖެހޭ ސަބަބެއް ނެތްކަމަށް

03 ސެޕްޓެމްބަރު 2026
ނައުޝާދުގެ މަރު: ހައިކޯޓުން ނިންމީ ފައިހުއާ ސިރުހާންގެ މައްޗަށް ޝަރުތުކުރަންޖެހޭ ސަބަބެއް ނެތްކަމަށް
31 އޯގަސްޓު 2026

މީރާގެ އޮޑިޓްތަކާއި ތަޙްޤީޤުތައް ހިންގުމުގެ އިޖުރާއަތުތައް ވަރުގަދަކޮށް، ޓެކުހާ ގުޅޭ މަޢުލޫމާތު ހޯދުމަށް ކޮމިޝަނަރ ޖެނެރަލަށް ބޮޑެތި ބާރުތަކެއް ދީފި

31 އޯގަސްޓު 2026
މީރާގެ އޮޑިޓްތަކާއި ތަޙްޤީޤުތައް ހިންގުމުގެ އިޖުރާއަތުތައް ވަރުގަދަކޮށް، ޓެކުހާ ގުޅޭ މަޢުލޫމާތު ހޯދުމަށް ކޮމިޝަނަރ ޖެނެރަލަށް ބޮޑެތި ބާރުތަކެއް ދީފި
31 އޯގަސްޓު 2026

ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރަކަށް ދައްކާ ފައިސާގެ ޖުމްލައިން ވިތްހޯލްޑިންގ ޓެކުހުގެ ގޮތުގައި އުނިކުރުމަށް ކަނޑައަޅައިފައިވާ މިންވަރު 10 އިންސައްތައަށް ބޮޑުކޮށްފި

31 އޯގަސްޓު 2026
ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރަކަށް ދައްކާ ފައިސާގެ ޖުމްލައިން ވިތްހޯލްޑިންގ ޓެކުހުގެ ގޮތުގައި އުނިކުރުމަށް ކަނޑައަޅައިފައިވާ މިންވަރު 10 އިންސައްތައަށް ބޮޑުކޮށްފި
25 އޯގަސްޓު 2026

ކުއްލި ކޮމިޓީ ބައްދަލުވުމެއް ބާއްވައި، ޓެކްސްއަށް މަކަރު ހަދާ މީހުން ޖަލަށް ލެވޭ ބިލު ކޮމިޓީ އިން ފާސްކޮށްފި

25 އޯގަސްޓު 2026
ކުއްލި ކޮމިޓީ ބައްދަލުވުމެއް ބާއްވައި، ޓެކްސްއަށް މަކަރު ހަދާ މީހުން ޖަލަށް ލެވޭ ބިލު ކޮމިޓީ އިން ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް