Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މެންބަރު ޝިފާއު

މެންބަރު ޝިފާއުއަށް މަރުގެ އިންޒާރުދިން މައްސަލަ ބަލަމުންދާ ކޮމިޓީ ސިއްރު

މެންބަރު ޝިފާއުއަށް މަރުގެ އިންޒާރު ދީފައިވަނީ އާއްމުންގެ މީހަކު ފޭސްބުކުގައި ކުރި ޕޯސްޓެއްގައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 20 ޑިސެމްބަރު 2023 | ބުދަ 09:35
އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއު

އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއު

އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއުއަށް މަރުގެ އިންޒާރު ދިން މައްސަލަ ބެލުމަށް ބޭއްވި އިމްތިޔާޒާއި ސްލޫކް ކޮމިޓި ސިއްރުކޮށްފިއެވެ.

މަޖިލީހުން ވަނީ މެންބަރަށް މަރުގެ އިންޒާރު ދިން މައްސަލައިގައި އެކްޓިންގް ކޮމިޝަނަރ އޮފް ޕޮލިސް، އެސިސްޓެންޓް ކޮމިޝަނަރ ފަރުހާދު ފިކުރީ އަދި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނަށް ވެސް ސިޓީއެއް ފޮނުއްވާފައެވެ. ފުލުހުންނަށް ސިޓީ ފޮނުވީ މައްސަލަ ބަލައިދިނުމަށެވެ. އަދި ޑިފެންސް މިނިސްޓަރަށް ސިޓީ ފޮނުވީ ސެކިއުރިޓީ ފޯރުކޮށްދިނުމަށެވެ.

އިމްތިޔާޒާއި ސްކޫލް ކޮމިޓީން އިސްނަގައިގެން މި މައްސަލަ ބަލަމުން އަންނަ އިރު، ކޮމިޓީ ކުރިއަށް ގެންދިއުމާމެދު މެންބަރުންނަށް ފެންނަ ގޮތެއް ހުށަހެޅުއްވުމަށް ފުރުސަތު ހުޅުވާލުމުން، ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން ވަނީ ކޮމިޓީ ސިއްރުކުރުމަށް އެދިވަޑައިގަންނަވާފައެވެ.

މެންބަރު އިކްރާމް ވިދާޅުވީ މަޖިލީހުގައި މަސައްކަތްކުރާ ހުރިހާ މެންބަރުންނަކީ ވަރަށް މުހިންމު ދައުރެއް އަދާކުރަންޖެހޭ ބައެއް ކަމަށެވެ. އެއީ ރައްޔިތުންނަށް ބޭނުންވާ ގާނޫނުތައް ހިންގުމާއި، ސަރުކާރު ހިންގުމަށް ބޭނުންވާ ގާނޫނާއި ސަރުކާރު ޖަވާބުދާރީކޮށް ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާ ބައެއް ކަމަށް އިކްރާމް ވިދާޅުވިއެވެ. އަދި މެންބަރުންނަށް ރައްކާތެރިކަމާއި އިމްތިޔާޒްތަކެއް ގާނޫނުގައި ބަޔާންކޮށްފައިވަނީ ވެސް ނިޒާމުގެ ތެރެއިން އެކަންކަން ދެނެގަނެފައިވާތީ ކަމަށެވެ.

ކޮމިޓީ ސިއްރުކުރުމަށް ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހުށަހެޅުއްވި ހުށަހެޅުއްވުމަށް ތާއިދުކުރައްވާފައިވަނީ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފްއެވެ.

އަދި ކޮމިޓީ ބައްދަލުވުން ސިއްރުކުރުމަށް ހުށަހެޅި ހުށަހެޅުމާމެދު ކޮމިޓީގެ މެންބަރުންނަށް ފެންނަ ގޮތަކަށް ވޯޓަށް އެހުމުން، ކޮމިޓީއަށް ހާޒިރުވެތިބި މެންބަރުންގެ އިއްތިފާގުން ވަނީ ކޮމިޓީ ސިއްރުކުރުމަށް ފާސްކޮށްފައެވެ.

އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއުއަށް މަރުގެ އިންޒާރުދިން މައްސަލަ ބަލައިދިނުމަށް ރައްޔިތުންގެ މަޖިލީހުން ފުލުހުންނަށް ހުށަހަޅާ، އެ މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ. އަދި ޑިފެންސް މިނިސްޓްރީން އަންނަނީ މެންބަރަށް ސެކިއުރިޓީ ދެމުންނެވެ.

މަޖިލީހުން ބުނީ މެންބަރު ޝިފާއުއަށް މަރުގެ އިންޒާރުދިނުން އެ އިދާރާއިން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި ސޯޝަލް މީޑިއާގައި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއުއަށް މަރުގެ އިންޒާރުދިނުމާ ގުޅިގެން އެ މައްސަލަ ބަލާ، ތަހުގީގުކުރުމަށް އެދި ދިވެހި ފުލުހުންގެ ހިދުމަތަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މެންބަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދެއްވުން އެދި ދިފާއީ ވުޒާރާގައި ދަންނަވާފައިވާނެ ކަމަށް ވެސް މަޖިލީހުން ބުނެއެވެ.

ފުލުހުން ބުނީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއުއަށް މަރުގެ އިންޒާރު ދީފައިވާކަމަށް ބުނެ އެ މައްސަލަ ބަލައިދިނުމަށް އެދި ހޯމަ ދުވަހުގެ ވަގުތެއްގައި ރައްޔިތުންގެ މަޖިލީހުން، ސިޓީއަކުން މައްސަލަ ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

ރައީސް މުއިއްޒު މަގާމުން ވަކިކުރާނެކަމަށް ވިދާޅުވި ޚަބަރު ފޭސްބުކްގައި ޕޯސްޓުކުރަމުން މީހަކު ހުތުރު ބަހުރުވައިން ޝިފާއުއަށް މުޚާތަބުކޮށް ބުނެފައިވަނީ "ކަރުވެސް ކަނޑާލަން ޖެހިދާނެ" ކަމަށެވެ. ޝިފާއުއަށް މަރުގެ އިންޒާރު ދިން މީހާ ވަނީ އިންޒާރުދީ އެކި ޕޯސްޓްތައް ފޭސްބުކުގައި ލިޔެފައެވެ.

މެންބަރު ޝިފާއުއަށް މަރުގެ އިންޒާރުދިން މައްސަލަ އެމްޑީޕީން ވެސް ވަނީ ކުށްވެރިކޮށް އެކަމާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

އިހަވަންދޫ ދާއިރާގެ މެންބަރު، މުހައްމަދު ޝިފާއުރައްޔިތުންގެ މަޖިލިސްމޯލްޑިވްސް ޕޮލިސް ސަރވިސް

ކޮމެންޓް

އިތުރަށް ކިޔާލަން

911 އަށް ގުޅުމުން 5 ސިކުންތުން ފޯނު ނަގާ ކަމަށް ބުނެ ފުލުހުން ހެދީ ދޮގެއް!

911 އަށް ގުޅުމުން 5 ސިކުންތުން ފޯނު ނަގާ ކަމަށް ބުނެ ފުލުހުން ހެދީ ދޮގެއް!

23 ޑިސެމްބަރު 2025
ގަވާއިދާއި ޚިލާފަށް އެތެރެކޮށްފައި ވަނިކޮށް އަތުލައިގަތް ދުންފަތު ގެ ބާވަތްތަކު ގެ މަގުމަތީ އަގު ހަތް މިލިއަން ރުފިޔާ އަށް ވުރެ ބޮޑު!

ގަވާއިދާއި ޚިލާފަށް އެތެރެކޮށްފައި ވަނިކޮށް އަތުލައިގަތް ދުންފަތު ގެ ބާވަތްތަކު ގެ މަގުމަތީ އަގު ހަތް މިލިއަން ރުފިޔާ އަށް ވުރެ ބޮޑު!

23 ޑިސެމްބަރު 2025
ކުށްކުރާ މާހައުލުތަކުން ކުޑަކުދިން ފެންނަ ނިސްބަތް ދަނީ އިތުރުވަމުން، ބެލެނިވެރިން ހާއްސަ ސަމާލު ކަމެއް ދޭން ޖެހޭ: ކޮމިޝަނަރ އޮފް ޕޮލިސް

ކުށްކުރާ މާހައުލުތަކުން ކުޑަކުދިން ފެންނަ ނިސްބަތް ދަނީ އިތުރުވަމުން، ބެލެނިވެރިން ހާއްސަ ސަމާލު ކަމެއް ދޭން ޖެހޭ: ކޮމިޝަނަރ އޮފް ޕޮލިސް

21 ޑިސެމްބަރު 2025
ވައިބަރ އެކައުންޓް ކޮންޕްރޮމައިޒްކޮށް ދޮޅު ލައްކައަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

ވައިބަރ އެކައުންޓް ކޮންޕްރޮމައިޒްކޮށް ދޮޅު ލައްކައަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

17 ޑިސެމްބަރު 2025
މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

14 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު