Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމުއިއްޒުގެ ވައުދުފުޅުތައް

ރަސްމާލެއަކުން "ރަސް ވައުދުފުޅުތައް" ފޮރުވަން ނޫޅުއްވާ، ރައްޔިތުން ތިބީ ބަލަބަލާ

އެންމެ ކުޑަމިނުން ހާމަ ކުރަން އޭރު ގޮވި އުތުރުތިލަފަޅު އެއްބަސްވުން ހާމަކުރަންވީނޫންތޯ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 19 ޑިސެމްބަރު 2023 | އަންގާރަ 08:05
ފުށިދިއްގަރު ފަޅު ހިއްކަން ފެށުން

ފުށިދިއްގަރު ފަޅު ހިއްކަން ފެށުން

ދިވެހި ބަހުގެ ރަދީފުގައި "ރަސް" ގެ އެއް މާނައެއްކަމަށް އޮންނަނީ "އެންމެ ބޮޑެވެ". މިސާލަކަށް ރަސްމަގު، ރަސްރަނި، މިއީ ހައްތަހާ ވެސް މިސާލެވެ.

އެގޮތުން ބަލާނަމަ، މިހާރުގެ ރައީސް ޑރ މުޙައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަންނަވަން އެންމެ ބޮޑެތި، ނުވަތަ ރަސް ވައުދުފުޅުތަކަކީ ހަމަގައިމު ވެސް ރައްޔިތުންނަށް އޮޅިފައިވާ އެއްޗެއް ނޫނެވެ. ލިސްޓު އެންމެ ކުރުކޮށްލާއިރު ވެސް ހަތަރު ވަރަކަށް ކަންތައް ރަސް ވައުދުފުޅުގެ ތެރޭގައި ހިމެނެއެވެ.

އެއް ކަމަކީ، އަދި އެންމެ އިސްކަމަކީ މިހާރުގެ ރައީސް ޑރ މުއިއްޒުގެ ސިޔާސީ ސަމުގާކަމަށް ވިދާޅުވި ރައީސް އަބްދުﷲ ޔާމީނު މިނިވަން ކުރެއްވުމެވެ. އެކަމުގެ އަދާހަމައަށް ބަލާއިރު، އިވެނީ މުޅިން އެހެން އަޑެކެވެ. ޔާމީނުގެ އަރިސް ބޭފުޅުން މިހާރު ވިދާޅުވަމުން ގެންދަވަނީ މި ސަރުކާރަށްވުރެ، ނިމިދިޔަ ސަރުކާރު ވެސް ޔާމީނަށް މާ ހެޔޮފުޅުކަމެވެ.

ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ރިޔާސީ ބަހުސްގައި ވިދާޅުވީ ޔާމީނު މިނިވަންވާނީ ކޯޓުތަކަށް އޮތް ނުފޫޒު ނެތިގެންދާ ދުވަހުން ކަމަށާއި، އެ ދުވަހަކީ ތިމަން މަނިކުފާނު ވެރިކަމުގެ ހުވާ ކުރައްވާ ދުވަސްކަމަށެވެ. ވެރިކަމުގެ ހުވާ ކުރައްވައިފިއެވެ. ދެން ވީ ގޮތެއް ނޭނގުނެވެ.

ދެވަނަ ކަމަކީ އިންޑިއާ ސިފައިން މި ޤައުމުން ބޭލުމެވެ. އެއީ އަދި މާ ހެއްވާ ކަމަކަށްވެ ނިމިއްޖެއެވެ. ވެރިކަމަށް މަހެއް ވެގެން ދިޔައިރު، މި ޤައުމުގައި ތިބީ އިންޑިއާގެ ކިތައް ސިފައިންކަމެއް ސަރުކާރުގެ މަތީފަޑީގައި ތިއްބެވި އެއްވެސް ބޭފުޅަކަށް އެނގިވަޑައެއް ނުގަތެވެ.

ބައެއް މީހުން ބުނަނީ ޚާރިޖީ ވުޒާރާއާއި، އެމްއެންޑީއެފާއި، ނުވިތާކަށް އިންޑިއާ ސަރުކާރާއި ހައިކޮމިޝަނުން ލިބެން ހުރި އަދަދުތައް ކުޑަމިނުން ސަރުކާރަށް އެނގޭނެ ނޫންހެއްޔެވެ؟ ވީއިރު ސަރުކާރަށް މަހެއް ވެގެންދިޔައިރު، ވެރިކަމުގެ އާރާއި ބާރު އޮވެމެ، އިންޑިއާ ސިފައިންގެ އަދަދު އެނގިވަޑައިނުގެން މި އުޅުއްވަނީ ފަހަރުގައި އޭރު ވިދާޅުވެވުނު ގޮތަށް "ސެވެރަލް ތައުޒަންސް" ނެތްކަަމަށް ޤަބޫލު ކުރެވިގެންބާއެވެ؟

ތިންވަނަ ކަމަކީ އެއްބަސްވުންތައް ހާމަކުރުމެވެ. ވެރިކަމަށް މަހެއް ވެގެން ދިޔައިރު މި ޤައުމުގައި ތިބި ބަންގްލަދޭޝް މަސައްކަތްތެރިންގެ އަދަދު "ވަކިލާރިއަށް ދަންދެން" ގުނާފައި ކިޔާދީފިއެވެ. ނަމަވެސް އުޅެ އުޅެވެސް، އެއިން އެއްބަސްވުމެއް ދިރާސާ ކޮށްލައި، ހާމަކޮށްލެވޭވަރެއް އަދި ނުވެއެވެ. ރައްޔިތުން ބުނަނީ އެންމެ ކުޑަމިނުން ހާމަ ކުރަން އޭރު ގޮވި އުތުރުތިލަފަޅު އެއްބަސްވުން ހާމަކުރަންވީނޫންތޯއެވެ؟

ދެން އޮތީ ކަނޑު ވިއްކާލި ވާހަކައެވެ. ގެއްލުނު ކަނޑު ހޯދާނެ ވާހަކައެވެ. އެ ވާހަކަ އެންމެ އަޑަށް ބާރުލައްވާފައި ދެއްކެވި ބޭފުޅުން އުޅުއްވަނީ މަޤާމުތަކުގެ ކެމްޕޭނުގައެވެ. ރަސް ވައުދުފުޅުތައް އަދި މި ފެންނަނީ ތަންކޮޅެއް ބަލިކަށި އެއްޗެއް ގޮތަށެވެ.

ކަން މިހެން އޮއްވައި ބަޖެޓާއި ރައްޔިތުންގެ އާދޭހާ ޚިލާފަށް، ރަސްމާލެއެއް ހިއްކަވަން ފައްޓަވައިފިކަމަށްވެއެވެ. ކޮޅެއް މެދެއް އަދި ނޭނގޭ މި ރަސް މަޝްރޫއަކީ އަތޮޅުތެރޭގައި ހުރި ޕްރޮޖެކްޓުތައް ހުއްޓުވާލާފައި ބާއްވައިގެން ސަރުކާރުން އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދީގެން މިވަގުތަށް ފަށާފައިވާ މަޝްރޫއެވެ.

ކޮންމެއަކަސް، ރައްޔިތުން ތިބީ ބަލަބަލައެވެ. ރައްޔިތުން ބުނަނީ ރަސްމާލެއަކުން "ރަސް" ވައުދުފުޅުތައް ފޮރުވަން ނޫޅުއްވާށޭއެވެ.

ޑރ. މުހައްމަދު މުއިއްޒުޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަންކުރީގެ ރަައީސް، ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ
10 ޑިސެމްބަރު 2025

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!
10 ޑިސެމްބަރު 2025

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް
07 ޑިސެމްބަރު 2025

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް
06 ޑިސެމްބަރު 2025

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

06 ޑިސެމްބަރު 2025
އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!
06 ޑިސެމްބަރު 2025

ރައީސް މުއިއްޒު ޒަކާތު ގެ ބިލު ތަސްދީގު ކުރައްވައިފި

06 ޑިސެމްބަރު 2025
ރައީސް މުއިއްޒު ޒަކާތު ގެ ބިލު ތަސްދީގު ކުރައްވައިފި
05 ޑިސެމްބަރު 2025

ބުޅަލުގެ ހައްގުތަކަށް ވަކާލާތު ކުރާ މީހުން ގެ ކަންބޮޑުވުން ހުރި ކަމަށް ރައީސް ވިދާޅުވިއިރު މިޔަރު މަސްވެރިކަން ހުއްދަކުރީ ވަކާލާތު ކުރާނެ މީހުން ނެތިގެން؟

05 ޑިސެމްބަރު 2025
ބުޅަލުގެ ހައްގުތަކަށް ވަކާލާތު ކުރާ މީހުން ގެ ކަންބޮޑުވުން ހުރި ކަމަށް ރައީސް ވިދާޅުވިއިރު މިޔަރު މަސްވެރިކަން ހުއްދަކުރީ ވަކާލާތު ކުރާނެ މީހުން ނެތިގެން؟
04 ޑިސެމްބަރު 2025

ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ޤާނޫނު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައިފި

04 ޑިސެމްބަރު 2025
ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ޤާނޫނު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައިފި
04 ޑިސެމްބަރު 2025

ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ނިމިފައިވާކަން ރައީސް އިއުލާން ކުރެއްވި ދުވަހަކީ ނުފޫޒު ފޯރުވުން ފެށުނު ދުވަސް: މެންބަރު އަމީން ފައިސަލް

04 ޑިސެމްބަރު 2025
ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ނިމިފައިވާކަން ރައީސް އިއުލާން ކުރެއްވި ދުވަހަކީ ނުފޫޒު ފޯރުވުން ފެށުނު ދުވަސް: މެންބަރު އަމީން ފައިސަލް
03 ޑިސެމްބަރު 2025

ރައީސް މުއިއްޒު ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުން ޓެކުމާއި ފޭރުން: އިބްރާހިމް ރަޝީދު

03 ޑިސެމްބަރު 2025
ރައީސް މުއިއްޒު ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުން ޓެކުމާއި ފޭރުން: އިބްރާހިމް ރަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު