Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް

ބައްސާމް ހުދުމުޚުތާރު، އުޅެނީ މައްސަލަ ނުބަލާނެ މީހަކަށް ރައީސްކަންދޭން: އަލީ އާޒިމް

20 ޑިސެމްބަރު 2023 | ބުދަ 01:48

އާޒިމް ވިދާޅުވީ، ބައްސާމްގެ ރައީސްކަމުގައި އެފްއޭއެމް ހިންގަމުން ދިޔައީ، އެ އެސޯސިއޭޝަންގެ ހިންގާ ޤަވާއިދާ އެއްގޮތަށް ނޫން ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 20 ޑިސެމްބަރު 2023 | ބުދަ 01:48
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް | އަވަސް

އިސްތިއުފާ ނުދެއްވައި އައު ބޭފުޅަކު އެ މަގާމަށް ގެންނަން އިންތިހާބު އިއުލާނުކުރި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލަކީ ވަރަށް ހުދު މުޚުތާރު ވެރިޔެއް ކަމަށް އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

އެފްއޭއެމްގެ އެންމެ ފުރަތަމަ އިންތިޚާބީ ރައީސް އާޒިމް މިހެން ވިދާޅުވީ، ރާއްޖެ ޓީވީގެ ކުޅިވަރު ފައިލް ޕްރޮގްރާމްގަައި ވާހަކަ ދައްކަވަމުންނެވެ. އާޒިމް ވިދާޅުވީ، ބައްސާމްގެ ރައީސްކަމުގައި އެފްއޭއެމް ހިންގަމުން ދިޔައީ، އެ އެސޯސިއޭޝަންގެ ހިންގާ ޤަވާއިދާ އެއްގޮތަށް ނޫން ކަމަށެވެ. އެކަން އެގޮތަށް ނުކުރާ ނަމަ، އެއީ ހުދު މުޚުތާރު ވެރިޔެއް ކަމަށް ޤަބޫލު ކުރެވޭނެ ކަމުގައި އާޒިމް ވަނީ ވިދާޅުވެފަ އެވެ. ހަމައެހެންމެ، އެސޯސިއޭޝަންގެ އިންތިޚާބު ކުރިއަށް ގެންދަމުން އައީ ޑިމޮކްރަޓިކް މުޖުތަމެއްގައި އެކަން ކުރަން އޮންނަ ގޮތަކަށް ނޫން ކަމަށް ވެސް އާޒިމް ވަނީ ފާހަގަ ކުރައްވައިފަ އެވެ.

މީގެ އިތުރުން އާޒިމް ވިދާޅުވީ ބައްސާމް އިސްތިއުފާ ނުދެއްވައި މަޑު ކުރެއްވީ، އެކަމުން އެހެން ކޮންމެ ވެސް ބޭނުމެއް ހާސިލް ކުރުމަށް ކަަމަށެވެ. އާޒިމް ސިފަ ކުރެއްވި ގޮތުގައި ބައްސާމްގެ ބޭނުމަކަށް ވާނީ، މިހާރު އޭނާއާ ދެކޮޅަށް ކުރެވޭ ތުހުމަތުތައް ނުބަލައި، ދޫކޮށްލާނެ ކަހަލަ މީހަކަށް ހަވާލުކުރުން ކަމަށެެވެ. ނުވަތަ ބައްސާމްގެ މައްސަލަތައް ނުބަލާނެ ކަމަށް ބުނާ ފަރާތަކާއެކު، "ޑީލެއް" ހެދުމުގެ ފުރުސަތު ވެސް އޮތް ކަމަށް އާޒިމް ޤަބޫލު ކުރައްވަ އެވެ. އާޒިމް ވިދާޅުވި ގޮތުގައި، އެއީ އާންމު ގޮތެއްގައި ހުދު މުޚުތާރު ވެރިން ވެރިކަން ކޮށްފައި ދާއިރު، އެސޯސިއޭޝަންތަކުގައި ވެސް އަދި ޤައުމުތަކުގައި ވެސް ދިމާވާ ކަންކަން ކަމަށެވެ. އެހެންކަމުން ފުޓުބޯޅައިގެ ކަންކަމަށް ބަލާއިރު، ފެންނަމުން ދަނީ އެ ބައްޓަމަށް ކަންކަން ގެންދަން ބައްސާމް މަސައްކަތް ކުރައްވާ މަންޒަރު ކަމަށް ވެސް އާޒިމް ވަނީ ވިދާޅުވެފަ އެވެ.

އެހެން ނަމަވެސް، އާޒިމް އުންމީދު ކުރައްވާ ގޮތުގައި ކުޅިވަރު ކުލަބުތައް ހަމަހޭ ޖެހިގެން މިހާރު ކަންކަމާމެދު ވިސްނަން ޖެހެ އެވެ. އެގޮތުން ފުޓުބޯޅަ އަށް އެންމެ ރަނގަޅު ގޮތަކީ، ފުޓުބޯޅައިގެ ކަންކަން އިނގޭ، ފުޓުބޯޅަ ދެކެ ލޯބިވާ ފަރާތެއް ނުވަތަ ކުރިއަށް ދިޔުމުގެ މަގު އޮތް މީހަކަށް ފުރުސަތު ދިނުން ކަމަށް ވެސް އާޒިމް ވަނީ ވިދާޅުވެފަ އެވެ.

އާޒިމް ފާހަގަ ކުރެއްވި ގޮތުގައި މިހާތަނަށް ފެނުނީ ކުލަބުތަކުގެ ވެރިން ވެސް އެހެން ކަމެއް ހާސިލް ކުރަން އުޅުނު މަންޒަރު ކަމަށެވެ. އެގޮތުން، ކުލަބުތަކުގެ ތެރެއިން ފުޓުބޯޅަ އަށް ނިކުމެ، އަމިއްލަ މުއްސަނދި ކަމެއް ނުވަތަ ތަނަވަސްކަމެއް ހޯދުމަށް މަސައްކަތް ކުރި މަންޒަރު ފެންނަން އޮތް ކަމަށް އާޒިމް ވިދާޅުވި އެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ބައްސާމް އަދީލް ޖަލީލްއަލީ އާޒިމް

އިތުރަށް ކިޔާލަން

10 ޖޫން 2026

ބައްސާމްގެ މައްސަލައިގައި ހިމެނޭ އަމީން އެވެނިއުގެ 2 އެޕާޓްމަންޓުން މުއާމަލާތު ކުރުން ހުއްޓުވުމުގެ އަމުރެއް ހައިކޯޓުން ނެރެފި

10 ޖޫން 2026
ބައްސާމްގެ މައްސަލައިގައި ހިމެނޭ އަމީން އެވެނިއުގެ 2 އެޕާޓްމަންޓުން މުއާމަލާތު ކުރުން ހުއްޓުވުމުގެ އަމުރެއް ހައިކޯޓުން ނެރެފި
01 ޖޫން 2026

އެމްއެމްޕީއާރުސީ މައްސަލައިގައި ބައްސާމްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކޮށްދިނުމަށް އެދި ޕީޖީ އަށް

01 ޖޫން 2026
އެމްއެމްޕީއާރުސީ މައްސަލައިގައި ބައްސާމްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކޮށްދިނުމަށް އެދި ޕީޖީ އަށް
23 މެއި 2026

ކުޑަހުވަދޫ މެޗު ހުރާ އަށް ދިނުމާ އެކު، ލީގުގެ ޗެމްޕިއަންކަން އެ ޓީމަށް ލިބިއްޖެ

23 މެއި 2026
ކުޑަހުވަދޫ މެޗު ހުރާ އަށް ދިނުމާ އެކު، ލީގުގެ ޗެމްޕިއަންކަން އެ ޓީމަށް ލިބިއްޖެ
18 މާރިޗު 2026

ބައްސާމްގެ މައްސަލަ: ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ކަމަށް ނިންމި ބައި ދައުލަތުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފި

18 މާރިޗު 2026
ބައްސާމްގެ މައްސަލަ: ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ކަމަށް ނިންމި ބައި ދައުލަތުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފި
17 މާރިޗު 2026

ސަރޖަރީއަކަށް ފަހު ބައްސާމް އަނެއްކާވެސް ޖަލަށް ބަދަލުކޮށްފި

17 މާރިޗު 2026
ސަރޖަރީއަކަށް ފަހު ބައްސާމް އަނެއްކާވެސް ޖަލަށް ބަދަލުކޮށްފި
07 މާރިޗު 2026

އެފްއޭއެމްގެ ކޮންގްރެސް ހޮނިހިރު ދުވަހުގެ ރޭ

07 މާރިޗު 2026
އެފްއޭއެމްގެ ކޮންގްރެސް ހޮނިހިރު ދުވަހުގެ ރޭ
24 ފެބުރުއަރީ 2026

ފީފާ އިޖުތިމާއީ ކޮމެޓީ އަށް އެފްއޭއެމްގެ ހިންގާ ކޮމެޓީގެ މެމްބަރު ނަސްރާ އައްޔަން ކޮށްފި

24 ފެބުރުއަރީ 2026
ފީފާ އިޖުތިމާއީ ކޮމެޓީ އަށް އެފްއޭއެމްގެ ހިންގާ ކޮމެޓީގެ މެމްބަރު ނަސްރާ އައްޔަން ކޮށްފި
23 ފެބުރުއަރީ 2026

ރާއްޖޭގެ އައްޑޯ އާއި ސިމަން، ސާފްގެ މަޤާމު ތަކަކަށް އިންތިޚާބު ވެއްޖެ

23 ފެބުރުއަރީ 2026
ރާއްޖޭގެ އައްޑޯ އާއި ސިމަން، ސާފްގެ މަޤާމު ތަކަކަށް އިންތިޚާބު ވެއްޖެ
12 ފެބުރުއަރީ 2026

ރަން މެޑަލް ހޯދި ފުޓްސަލް ޓީމާ އަދިވެސް ރައީސް ބައްދަލު ނުކުރައްވާ، ސަރުކާރުގެ އިސްވެރިޔަކު ވެސް ބައްދަލެއް ނުކުރޭ

12 ފެބުރުއަރީ 2026
ރަން މެޑަލް ހޯދި ފުޓްސަލް ޓީމާ އަދިވެސް ރައީސް ބައްދަލު ނުކުރައްވާ، ސަރުކާރުގެ އިސްވެރިޔަކު ވެސް ބައްދަލެއް ނުކުރޭ
09 ފެބުރުއަރީ 2026

އެފްއޭއެމް އޮތީ ބާރު ގަދަ ބައެއްގެ އަތް ދަށުގައި ކަމަށް ބުނެ، ވެލެންސިއާ އިން ފީފާ އާއި އޭއެފްސީ އަށް މައްސަލަ ހުށަހަޅައިފި

09 ފެބުރުއަރީ 2026
އެފްއޭއެމް އޮތީ ބާރު ގަދަ ބައެއްގެ އަތް ދަށުގައި ކަމަށް ބުނެ، ވެލެންސިއާ އިން ފީފާ އާއި އޭއެފްސީ އަށް މައްސަލަ ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް